ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 5 / 179

ޙަބަރު

އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި އުސޫލުތަކުގެ ތެރެއިން ރާއްޖޭގައި ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުމަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅިފައިވާ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހްއްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ރަސްމީ ‘އެކްސް’ އެކައުންޓް މެދުވެރިކުރައްވައި ފޮނުއްވި މެސެޖުގައެވެ. އެ މެސެޖުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަޒުމު […]

ޙަބަރު

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރަމުން އަންނަ “އަމާން އުދަރެސް” ޓަވަރުތަކުގެ ދެ އެޕާޓްމެންޓެއް ގަވާދުން ކުލި ނުދެއްކުޟާއި ގުޅިގެން އެއްބަސްވުން ބާތިލްކޮށް އެތަން ހުސްކުރުމަށް އެ ފަރާތްތަކަށް އަންގައިފިއެވެ، އެފްޑީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ފިޔަވަޅު އަޅާފައިވަނީ 4000 ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ ކުރިން ވެފައިވާ “ކުއްޔަށްދިނުމާއި މިލްކުކުރުމުގެ އެއްބަސްވުން” ގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެެވެ. އެގޮތުން، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ […]

އަޕްޑޭޓު
ޙަބަރު

“ޑިޖިޓަލް ފޯ އޯލް” ގައުމީ ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ “އޭ.އައި އެސެންޝަލްސް އަންޑަސްޓޭންޑިންގ އެންޑް ވޯކިންގ ވިތް އޭ.އައި” ތަމްރީނު ޕްރޮގްރާމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ފުރިހަމަކޮށްފި އެވެ. މި ތަމްރީނު ޕްރޮގްރާމްގައި އެ ކުންފުނީގެ ސީ.އީ.އޯ ގެ އިތުރުން އިސް މެނޭޖްމަންޓުގެ އެންމެހައި ބޭފުޅުން ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. “ޑިޖިޓަލް ފޯ އޯލް” ކެމްޕޭނަކީ “މޯލްޑިވްސް 2.0” ތަސައްވުރުގެ ދަށުން، ޑިޖިޓަލް ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އަށް މުވައްޒަފުންނާއި […]

އަޕްޑޭޓު
ޙަބަރު

ސިއްހީ ފައިދާތަކެއް ލިބޭނެ ކަމަށް ބުނެ ކާބޯތަކެތި އިޝްތިހާރު ކުރާތީ މޯލްޑީވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ އޮތޯރިޓީ އިން ބުނެފައިވަނީ ރާއްޖޭގައި އުފައްދާ، ވިއްކާ އަދި އިޝްތިހާރުކުރާ ބައެއް ކާބޯތަކެތީގެ އިޝްތިހާރުތަކުގައި، ޞިއްޙީ އެތައް މަންފާއެއް ލިބިގެންދާނެ ކަމަށް ދޭހަވާ ގޮތަށް، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީތަކުން ދޫކޮށްފައިވާ ރިޕޯޓުތައް ބޭނުންކުރަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށެވެ. އެ އޮތޯރިޓީން ހާމަކުރި ގޮތުގައި، ކާބޯތަކެތި އިޝްތިހާރުކުރުމުގައި ކާބޯތަކެތި ތަޙުލީލުކުރާ […]

އަޕްޑޭޓު
ޙަބަރު

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިޔަފާރިކުރަމުންދިޔަ ނެޓްވޯކަކާ ދެކޮޅަށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ތިން މީހުން ބަންދުގެ މުއްދަތުޖަހައިފިއެވެ. ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން 2026 އޮކްޓޫބަރު 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ހ. މާދޫގޭގެ ދެ ފަންގިފިލާއެއް ބަލައިފާސްކޮށް ޖުމްލަ 826 ފުޅި ބަނގުރާ ވަނީ އަތުލައިގެންފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަލް އަމީން (34އ) އާއި، […]

ޙަބަރު

ނޫހެއްގައި ޝާއިއުކޮށްފައިވާ، ޕީ.އެން.ސީ.އަށް ސޮއިނުކުރެއްވުމުން އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި އަހުމަދު ސަރީރު މަގާމުން ވަކިކުރެއްވި ކަމަށް ބުނާ ހަބަރަކީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށް ހާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ. ހާރިޖީ ވުޒާރާއިން ބުނެފައިވަނީ، ސަފީރުން މަގާމަށް އައްޔަނުކުރުމާއި މަގާމުން ވަކިކުރުމަކީ ދިވެހިރާއްޖޭގެ ފޮރިން ސާރވިސް ޤާނޫނުގެ ދަށުން، ވަކި އުސޫލުތަކެއްގެ މަތީން ހިނގަމުންދާ ކަމެއް ކަމަށެވެ. އެގޮތުން، ސަފީރުން ވަކިކުރުމުގެ ނިންމުންތައް ނިންމަވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ. ސަރީރު ގެންދެވީ 2024 ވަނަ […]

ޙަބަރު

ރާއްޖެއިން ބޭރަށް ފުރައިގެން ދާން އުޅުނު އިންޑިއާގެ ފަސިްނޖަރެއް އަތުން، ގިނަ އަދަދެއްގެ ބޭރު ފައިސާ ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނީ، އެއްވެސް މައުލޫމާތެއް ނުދީ ބޭރުކުރަން އުޅުނު 9 ލައްކައަށްވުރެ ގިނަ ރުފިޔާއާ އަތުލައިގަނެފައިވާ ކަމަށެވެ ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މިފައިސާގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ފައިސާ ހިމެނެއެވެ. ބޭރު ފައިސާ ރާއްޖެއިން ބޭރުކުރުމަށްޓަކައި ކަސްޓަމްސްއަށް ޑިކްލެއަރ ކުރުމަކީ ގާނޫނީ ލާޒިމު ކަމެކެވެ. ނަމަވެސް، މި ފައިސާ ބޭރުކުރަން އުޅުނު ފަރާތުން […]

ޙަބަރު

ޕީ.އެމް.އައި މެލޭޝިޔާގެ ފަރާތުން އިންތިޒާމުކޮށްގެން، ބޭއްވި “ޕްރިޒަމް އެންޑް އިގްނައިޓް 2026” ކޮންފަރެންސްގައި އެމްޓީސީސީގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދެއް ބައިވެރިވެވަޑައިގެންފިއެވެ. މި ކޮންފަރެންސް ކުރިއަށް ގެންދިޔައި މި އޮކްޓޫބަރު މަހުގެ 12 އިން 13 އަށް ކުއާލަލަމްޕޫރުގައެވެ. މި ކޮންފަރެންސްގައި އެމްޓީސީސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެ ކުންފުނީގެ ޗެއާޕާސަން އަލްފާޟިލާ ސާޢަދާ އިބްރާހީމާއި، ސީނިއާ ޖެނެރަލް މެނޭޖަރު އަލްފާޟިލް އުމަރު ޒާހިރާއި، ޖެނެރަލް މެނޭޖަރު އަލްފާޟިލް އިބްރާހީމް ޙަސަންގެ އިތުރުން ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ […]

އަޕްޑޭޓު
ޙަބަރު

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކާ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފޮ އެބެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި، ބަލައިފާސްކޮށްފައިވަނީ ހ. މާދޫ ގޭގެ އެއްވަނަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއެވެ. މި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރެވުނު ތިން މީހުންނަކީ މި ނެޓްވޯކުގެ މުހިންމު ފަރާތްތަކެއް ކަމަށް ފުލުހުން ބުނެ އެވެ. […]

ޙަބަރު

ހއ. ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކޯޓު ހުޅުވައިދެއްވީ ޔޫތު، އެމްޕަވަރމަންޓް، ސްޕޯޓްސް، އެންޑް ފިޓްނަސް މިނިސްޓަރ ޢަބްދުﷲ ރާފިޢުއެވެ. މި ވޮލީ ކޯޓު ހެދުމުގެ މަސައްކަތުގެ ދަށުން، ބިންގަނޑު އެއްވަރު ކުރުމާއި، ކޮންކްރީޓް މަސައްކަތްތަކާއި، ދަގަނޑުގެ މަސައްކަތްތަކާއި، އިކުއިޕްމަންޓް ހަރުކުރުމުގެ މަސައްކަތްތަކާއި، ޓާރފް އެޅުމާއި، ކަރަންޓުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ. މިއީ 1.24 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. 4186 މީހުންގެ އާބާދީއެއް އޮންނަ ހއ. ދިއްދޫގައި […]

ޙަބަރު

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަރަފުވެރި “ވޯލްޑް ޓްރެވަލް އެވޯޑްސް 2026” ގެ “ވޯލްޑްސް ލީޑިންގ އެއަރޕޯޓް2026” އަދި “ވޯލްޑްސް ލީޑިންގ އެއަރޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026” ގެ ކެޓަގަރީއިން ވީ.އައި.އޭ ނޮމިނޭޓްވެއްޖެއެެވެ. މި ނޮމިނޭޝަންތަކާއެކު، “ވޯލްޑްސް ލީޑިންގ އެއަރޕޯޓް 2026” ކެޓަގަރީގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިންގަޕޫރުގެ ޗާންގީ އެއަރޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އިސްތަންބޫލުގެ އައި.ޖީ.އޭ އެއަރޕޯޓާއި، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އިންޓަނޭޝަނަލް އެއަރޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް. ކެނެޑީ […]

އަޕްޑޭޓު
ޙަބަރު

މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް ހަރުދަނާކޮށް، އަވަސްކުރުމަށާއި، ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް އިތުރަށް މަތިކުރުމުގެ ގޮތުން “ސްމާޓް ޑްރޯ” ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މި ސޮފްޓްވެއަރ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަން މެދުވެރިކޮށެވެ. މީގެ މަޤްސަދަކީ އެކްސިޑެންޓުތަކުގެ ތަހުގީގުތައް ހިންގާ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހޯދޭ ހެކިތަކުގެ ސައްހަކަން ކަށަވަރުކުރުމެވެ. “ސްމާޓް ޑްރޯ” އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި […]