ސަރުކާރުގެ ޓެކްސީލައިން ކަަމަށްވާ މާލެ ޓެކްސީ ލައިން އިން މިހާތަނަށް 13073 ދަތުރުކޮށްފައިވާ ކަަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް މާލޭ ޓެކްސީ ލައިނުން ކޮށްފައިވާ ދަތުރުތަކުގެ ތަފާސްހިސާބެވެ.އެގޮތުން: މާލޭ- 9395 ދަތުރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް- 429 ދަތުރު ހުޅުމާލޭ ފޭސް 1- 1966 ދަތުރު ހުޅުމާލޭ ފޭސް 2- 1283 ދަތުރު މީގެއިތުުރުން،މި ޓެކްސީ ލައިން އިން ޖުމުލަ 9550 […]
ޙަބަރު
ފަހުގެ ޚަބަރުތައް
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް މިވަގުތު ބިން ލިބިފައިވަނީ 10,700 ޔުނިޓަށް ކަމަށާއި، އިތުރު ބިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ހާމަކުރައްވައިފިއެވެ. ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު ވިދާޅުވީ،ގުޅީފަޅުގައި އަޅާ 4,000 ޔުނިޓާއި، ސައުދީ ފަންޑުގެ އެހީގައި އަޅާ 400 ފްލެޓްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއާއި އިންޓްރެސްޓް ފްރީ ލޯނުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތައް ފައިނަލްވެފައިވާ ކަމަށެވެ. މީގެ ތެރެއިން 3,260 ޔުނިޓެއްގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުން […]
ކޯޓު އަމުރަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ‘އަދަދު’ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޛާން އާއި ލީވާން ޢަލީ ނަޞީރު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. އަދަދު’ ނޫހުގެ ސީއީއޯ ފިޔާޒާއި އެޑިޓަރު ހަސަންގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި، އެ މައްސަލައިގެ ވާހަކަ ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރެއް ނެރެފައެވެ. މި އަމުރަކީ ޕީޖީ އޮފީހުގެ އެދުމުގެ މަތިން އެންމެންގެ މައްޗަށް އާންމުކޮށް ނެރުނު އަމުރެކެވެ. […]
ދަދު ނޫހުގެ މީސްމީޑިއާ އެކައުންޓަކުން އާންމުކުރި ވީޑިއޯ ކޮންޓެންޓަކާ ގުޅިގެން، ކްރިމިނަލް ކޯޓުގައި ޖިނާއީ މައްސަލައެއްގެ ތަހުގީގު ހިނގަމުންދާތީވެ،އަދަދު ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ވަނުން މަނާކޮށްފިއެވެ. ރައީސް އޮފީހުން ބުނީ،ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ އުސޫލުގެ 13 ވަނަ މާއްދާގެ ދަށުން، އަދަދު ނޫހަށާއި އެ ނޫހުގެ ނޫސްވެރިންނަށް ރައީސް އޮފީހުގެ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް ވަނުމުގެ ހުއްދަ ދޫނުކުރުމަށް ވަނީ ނިންމާފައިވާ ކަމަށެވެ. “ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް […]
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދުނިޔޭގެ ބައެއް އިސް ލީޑަރުން ބައިވެރިވެގެން ހިންގާ ‘ކޮމަންވެލްތު ޔޫނިއަން ބްލޮކްޗެއިން ނެޓްވޯކް’ (ސީޔޫބީއެން) އަކީ މަކަރާ ހީލަތުން ފުރިގެންވާ ކްރިޕްޓޯ މަޝްރޫޢެއް ކަމަށް ތުހުމަތުކޮށްފިއެވެ. ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މި ނެޓްވޯކުގެ ސީޑަބްލިއު ޓޯކެންއަކީ މަކަރާ ހީލަތުން ފުރިގެންވާ ސައްހަ ނޫން އެއްޗެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ރައީސް ނަޝީދުގެ ތާއީދު އޮތްކަން ދައްކައިގެން ސީޔޫބީއެން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދިޔަ ނަމަވެސް، މިއީ […]
މީހުންގެ އަމިއްލަ ނުވަތަ ޒާތީ މަޢުލޫމާތު އެއްކޮށް ބޭނުންކުރުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމުގެ މަޤްޞަދުގައި، ސަރުކާރުން ތައްޔާރުކުރި “ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު” ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް ހުށަހެޅުއްވި މި ބިލަކީ، މީހުންގެ އަމިއްލަ މަޢުލޫމާތު އެއްކޮށް ބޭނުންކުރުމުގައި އެ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް، މަޢުލޫމާތު ގެންގުޅޭ ފަރާތްތަކުން އުފުލަންޖެހޭ ޒިންމާތައް ޤާނޫނީގޮތުން ކަނޑައެޅުމަށް އެކުލަވާލާފައިވާ ބިލެކެވެ. މީގެ އިތުރުން، ނާޒުކު މަޢުލޫމާތު ރައްކާތެރިކުރުމާއި، […]
ކުރީ ސަރުކާރުން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން މިއަދަށް ތާވަލުކުރެވިފައި އޮތް 50 މިލިއަން ޑޮލަރުގެ ލޯނު، މިއަދު ދައްކައި ނިންމާފައިވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، ސަރުކާރުން ދަރަނި މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލް ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. “މިދިޔަ ސަރުކާރުން ރައްޔިތުން ބޮލުގައި އެޅުވި ދަރަނި،150 މިލިއަން ޑޮލަރު ގެ ދަންތުރައިން ރައްޔިތުން ސަލާމަތްކުރެވުނީ. ހަމަ އެފަދައިން ސުކޫކު ވެސް ޕޭ ކޮށް ނިންމީ. […]
ނެޝަނަލް ޕޭކޮމިޝަނުން، ޕޭ ހަރމަނައިޒް ކުރިއިރު އެކި ސަބަބުތަކާހުރެ މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ފަރާތްތަކަށް މިމަހު، މުސާރައިގެ ކުރިއެރުން ލިބިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕޭ ހަރމަނައިޒޭޝަންގެ ތެރެއިން ހިއުމަން ރިސޯސަސް، ލީގަލް ދާއިރާ އަދި ކައުންސިލްތަކުގެ ބައެއް މަޤާމުތަކުގެ މުސާރައަށް ކުރިއެރުން ނުލިބި ހުރި މައްސަލައަށް މި މޭ މަހުން ފެށިގެން ހައްލެއް ލިބޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ […]
ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން، ކުށުގެ ޝިކާރައަށްވީ މީހާގެ އަބުރާއި ކަރާމާތް ރައްކާތެރިކުރުމަށްޓަކައި،އެ މައްސަލައާ ގުޅޭ ވީޑިއޯ ޑޮކިއުމަންޓަރީއެއް މުޖުތަމައުގެ ތެރޭގައި ފެތުރުން މަނާކޮށް ކޯޓުން އަމުރެއް ނެރެފި އެވެ. އަދަދު ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާ އާއި އެޑިޓަރ ޙަސަން މުޙައްމަދުގެ މައްޗަށް ޤަޛުފުގެ ދަޢުވާ ހުށަހެޅުމާއި ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ، “ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު” ނެރެފައެވެ. ކްރިމިނަލް ކޯޓުން […]
ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކަށް،މިހާރު ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ. މެޓް އޮފީހުން ބުނީ، ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ކަމަށެވެ. ހުޅަނގު މޫސުމަކީ ގާތްގަނޑަކަށް މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. މެޓް އިން ބުނީ، ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި […]
ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢު “ބިންވެރިޔާ” ސްކީމްގެ ގަވާއިދަށް ގެނައި އިޞްލާޙުތަކާއެކު، އޭގެ ތިންވަނަ ގިންތި (ކެޓަގަރީ 3) އަށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ގެންނެވި ބަދަލުތަކާއެކު، ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އާ އުސޫލުގެ ދަށުން ކެޓަގަރީ 3 އަށް ފުރުސަތު އޮތީ ބިންވެރިޔާ ސްކީމުން ކުރިން ލިބުނު ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ބަދަލުވާން ބޭނުންވާ […]
ކުޑަކުދިން ހެދިބޮޑުވަމުން އަންނަ މަރުހަލާތަކާ އެކަށީގެންވާ ތަޢުލީމާއި ރަނގަޅު ތަރުބިއްޔަތު އެކުދިންނަށް ފޯރުކޮށްދިނުމަކީ، ދައުލަތާއި ރައްޔިތުން އެކުގައި އުފުލަންޖެހޭ ޤައުމީ ވާޖިބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކުޑަކުދިންގެ ދުވަހާ ގުޅިގެން، އެމަނިކުފާނު ފޮނުއްވި ޚިތާބުގައެވެ.ކުޑަކުދިންނަށް ދީނީ އަދި ދުނިޔަވީ އިލްމު އުނގަންނައިދީ، މާދަމާގެ ޒިންމާދާރު ބަޔަކަށް އެކުދިން ތައްޔާރުކޮށްދިނުމަކީ އެކުދިންނަށް ދެވޭނެ އެންމެ ބޮޑު ލޯބިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ، ކުދިންގެ މައުސޫމްކަމަށް ގެއްލުންވާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދިނުމަކީ […]










