ޙަބަރު

އަދަދު ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ވަނުން މަނާކޮށްފި

އާމިނަތު ރޫޔާ

1 މިނިޓު
އަދަދު ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ވަނުން މަނާކޮށްފި

ދަދު ނޫހުގެ މީސްމީޑިއާ އެކައުންޓަކުން އާންމުކުރި ވީޑިއޯ ކޮންޓެންޓަކާ ގުޅިގެން، ކްރިމިނަލް ކޯޓުގައި ޖިނާއީ މައްސަލައެއްގެ ތަހުގީގު ހިނގަމުންދާތީވެ،އަދަދު ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ވަނުން މަނާކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ،ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ އުސޫލުގެ 13 ވަނަ މާއްދާގެ ދަށުން، އަދަދު ނޫހަށާއި އެ ނޫހުގެ ނޫސްވެރިންނަށް ރައީސް އޮފީހުގެ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް ވަނުމުގެ ހުއްދަ ދޫނުކުރުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.

“ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު” ގެ 13 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، ބުނެވިދިޔަ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ، އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް މިއަދުން ފެށިގެން ދޫނުކުރުމަށް ނިންމައިފައިވާކަމުގައި ދަންނަވަމެވެ.”

ރައީސް އޮފީހުން ފާހަގަކުރިގޮތުގައި، މިގޮތަށް ފިޔަވަޅު އަޅަން ޖެހުނީ، 10 މޭ 2026 ގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފަށް، ޖެހިގެން އައި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޛާން އަމަލުކޮށްފައިވާތީއެވެ.

މި ނިންމުމަކީ މީޑިއާގެ މިނިވަންކަމުގެ ތެރެއިންވެސް، ޤާނޫނީ އިމުގެ ތެރޭގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރުން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ފާހަގަކުރެއެވެ.

‘އަދަދު’ ނޫހުގެ ދެ ނޫސްވެރިއަކު މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.މި ދެ ނޫސްވެރިން ކޯޓަށް ހާޒިރުކުރަނީ ގުޅިގެން ކޯޓުން ނެރުނު ކޯޓު އަމުރަކާ ޚިލާފުވި ކަމުގެ ތުހުމަތުގައެވެ.

ޝެއާ

ކޮމެންޓު