ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 47 / 179

ޙަބަރު

ރާއްޖޭގައި ކޮމާޝަލް ބޭންކިންގ ވިޔަފާރިކުރުމަށް ބޭނުންވާ ފުރިހަމަ ލައިސަންސް އަދި އޮޕަރޭޝަނަލް އެޕްރޫވަލް “މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑް” އަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފިއެވެ. އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެމްއެމްއޭގެ ޝަރުތުތައް ފުރިހަމަކޮށް، ނަމާއި އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ރާއްޖޭގައި ކޮމާޝަލް ބޭންކިންގ ވިޔަފާރިކުރުމުގެ ފުރިހަމަ ލައިސަންސް އަދި އޮޕަރޭޝަނަލް ހުއްދަ ދޫކޮށްފައިވާ ކަމަށެވެ، އެމްއެމްއޭ އިން ބުނީ،މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ލައިސަންސް ދިނުމަކީ […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން (އެސެޓް ޑެކްލަރޭޝަން) ރަސްމީކޮށް އާންމު ކުރައްވައިފިއެވެ. ދައުލަތުގެ މަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ކަންކަން ދެފުށް ފެންނަ ގޮތަށް ހާމަކުރުމުގެ ސިޔާސަތުގެ ދަށުން އާންމުކުރި މި ބަޔާނުގައި، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެމަނިކުފާނަށާއި އަނބިކަނބަލުންނަށް ލިބިވަޑައިގެންނެވި އާމްދަނީއާއި މިލްކިއްޔާތުގައި ހުރި މުދަލުގެ ތަފްޞީލުތައް ވަނީ ހާމަކުރައްވާފައެވެ. ބަޔާނުގައިވާ ގޮތުން ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ރައީސް މުޢިއްޒަށް އާމްދަނީގެ ގޮތުގައި ޖުމުލަ 705,024.00 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. […]

ޙަބަރު

ބިންވެރިޔާ ސްކީމްގެ ދަށުން ކުރީގެ ސަރުކާރުން ހުޅުމާލޭގެ ފޭސް 2 އަދި ފޭސް 3 އިން ހިލޭ ގޯތި ދޫކުރުމުގެ ސަބަބުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 14.85 ބިލިއަނާއި 15.93 ބިލިއަން ރުފިޔާގެ ދެމެދުގެ ބޮޑު މާލީ ގެއްލުމެއް ވެފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ޚާއްސަ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. ރިޕޯޓުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ، ދައުލަތުގެ މާލިއްޔަތަށް ވާނެ ގޮތުގެ އެކަށީގެންވާ ދިރާސާއެއް ނުހަދާ މި މަޝްރޫޢު […]

ޙަބަރު

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންއިން އޮސްޓްރޭލިއާގެ މެލްބަންއަށް ކުރި ފުރަތަމަ ސީދާ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ ރާއްޖޭގެ ވައިގެ އުދުހުންތަކުގެ ތާރީޚަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. މި ތާރީޚީ ދަތުރަށްފަހު، ގިނަ އަދަދެއްގެ ފަސިންޖަރުންނާއެކު ފުލް ފްލައިޓެއްގެ ގޮތުގައި އެނބުރި ރާއްޖެ އައުމަށް މި ބޯޓު ފުރުމަށް ވަނީ ހަމަޖެހިފައެވެ. އިއްޔެ ހެނދުނު އޯސްޓްރޭލިއާގެ މެލްބަން އަށް ފުލައިޓު ޖައްސާފައިވާއިރު،ފްލައިޓް މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް […]

ޙަބަރު

އެބޯލާ ވައިރަސް ބައެއް ގައުމުތަކުގައި ފެތުރުނަސް. ރާއްޖެއިން މި ބަލި ފެނުމުގެ ފުރުސަތު ކުޑަ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ. އެޗްޕީއޭ އިން ބުނީ، އެބޯލާ އަކީ ބައިނަލް އަގުވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް، ޕަބްލިކް ހެލްތު އިމަރޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސަރން ކަމުގައި، ދުނިޔޭ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅައިފި ކަމަށެވެ. މިދިޔަ ހަފުތާގައި ޑިމޮކްރެޓިކް،ރިޕަބްލިކް އޮފް ކޮންގޯ އަދި އުގާންޑާގައި ވަނީ، އެބޯލާ އައުޓްބްރޭކްގެ ހާލަތު އިއުލާނުކޮށްފައެވެ. އެޗްޕީއޭ އިން […]

ޙަބަރު

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ގެ ވިޔަފާރިތަކަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އިތުރުވުމާ ގުޅިގެން، ހިއްސާދާރުންނަށް ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ރަސްމީކޮށް ފާސްކޮށްފިއެވެ. މިއީ އެސްޓީއޯގެ ފަހުގެ ތާރީޚެއްގައި ހިއްސާއަކަށް މިހާ ބޮޑު އަދަދެއް ބަހަން ފާސްކުރި ފުރަތަމަ ފަހަރެވެ. އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި މި ގޮތަށް ފާސްކުރީ ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ. މި ޖަލްސާގައި ޖުމްލަ 263 ހިއްސާދާރުން ބައިވެރިވިއިރު، […]

ޙަބަރު

މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކާއި ޚާއްޞަ ސްކޮލަރޝިޕް ފުރުޞަތުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޒަކާތު ހައުސް އިން ބުނީ، މި ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓަރސް (ލެވެލް 9) އަދި ޕީ.އެޗް.ޑީ (ލެވެލް 10)އަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި އިސްލާމީ ޝަރީޢާ، ޤުރްއާނާ ބެހޭ ޢިލްމު، އިސްލާމީ ތަޢުލީމު، އިސްލާމީ ދިރާސާއާއި ޝާއިޢުކުރުން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، […]

ޙަބަރު

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ދަސްވެނިވެއްޖެއެވެ. އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ. މިއަހަރުގެ ޖަނަވަރީމަހު 31 ވަނަ ދުވަހުން ފެށިގެންމެއި 16އަށް ކުރިއަށްގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމްގައި ރާއްޖޭގެ 112 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވިއެވެ.އެމްއެންޑީއެފް އިން ބުނީ،އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުން ބައިވެރިވި މި ކޯހުގައި ދަސްވެނިވި ދަރިވަރުންގެ އެވްރެޖް […]

ޙަބަރު

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން، ތިން ސެގްމެންޓެއްގެ 347 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލްކުރުމުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލައިފިއެވެ. އެމްޓީސީސީ އިން ބުނީ،މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ (ފޭސް 1) ދަށުން، ސެގްމެންޓް 2، 3 އަދި 4 ގެ ކޭޕިންގ ކޮންކްރީޓް މަސައްކަތްތައް ފަށައި، 100 މީޓަރުގެ ސަރަހައްދެއްގައި ކޭޕިންގ ކޮންކްރީޓް ނިންމާލެވިފައިވާ ކަމަށެވެެ.އަދި މި ސެގްމެންޓްތަކުގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތުގެ 68 އިންސައްތަ މިހާރު ފުރިހަމަ […]

ޙަބަރު

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން އިންތިޚާބުކުރި އައު މޭޔަރުންނާއި، ކައުންސިލަރުން ހުވާކޮށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާަ ކޮމެޓީއިން އިގުރާރުގައި ސޮއިކޮށްފިއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ރާއްޖޭގެ ހުރިހާ ރަށެއްގައާއި ސިޓީތަކެއްގައި ކުރިއަށްދިޔައީ އިއްޔެއެވެ. ފަހަރުގެ އިންތިޚާބުގައި މުޅި ރާއްޖެއިން ޖުމްލަ 678 ކައުންސިލަރުން އިންތިޚާބު ކުރަންޖެހެއެވެ. މީގެ ތެރެއިން އިންތިޚާބުވި 677 ކައުންސިލަރުންގެ ތެރެއިން 676 ކައުންސިލަރުން ވަނީރަސްމީކޮށް މަގާމުގެ ހުވާކޮށްފައެވެ.އެލްޖީއޭ އިން އާންމުކުރިގޮތުގައި، އިންތިހާބު ނުކުރެވި ވަނީ ދ. މީދޫ ކައުންސިލްގެ ރައީސް އެވެ. ހުވާކުރުމުގެ ރަސްމިއްޔަތަށްފަހު،ދައުރުގެ ފުރަތަމަ […]

ޙަބަރު

ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާއާއި ގުޅިގެން، ގެއްލުނު ޑައިވަރުން ހޯދުމަށް އިޓަލީ އިން ޓީމެއް ރާއްޖެ ގެނެސްފިއެވެ. މި ޓީމު ފޮނުވައިފައިވަނީ، އިޓަލީވިލާތުގެ ސަރުކާރުންނެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މައުލޫމާތު ދިންގޮތުގައި، އިޓަލީގެ ފިންލޭންޑްގެ ޑައިވަރުން މިހާރު އެމްއެންޑީއެފްގެ ކޯސްޓްގާޑައި ވަނީ ބައްދަލުކޮށްފައެވެ. އޮޕަރޭޝަން އަލުން ފަށާނެ ވަގުތަކާއި، ކުރިއަށްދާނެ އިސްތިރާޖީ ގޮތްތަކާ ބެހޭގޮތުން ދަނީ ވާހަކަދެކެވެމުންނެވެ. ޑައިވަރުން ހޯދުމަށް، އެމްއެންޑީއެފް އިން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަން ވަނީ ޑައިވަރު ސްޓާފް ސާޖަންޓް މުޙައްމަދު މަޙުދީ ނިޔާވުމާ ގުޅިގެން […]

ޙަބަރު

ޤައުމީ ދިފާޢީ ބާރުގެ ޑައިވަރު، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ޚަބަރާއި ގުޅިގެން އިޓަލީވިލާތުގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ޓަޔާނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު، އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުންގެ ތެރެއިން އެކަކު ނިޔާވެ، އިތުރު ހަތަރު ޑައިވަރުން ގެއްލުނު ހިތާމަވެރި ހާދިސާ އާ ގުޅިގެން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް […]