ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 39 / 179

ޙަބަރު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ “މޯލްޑިވްސް 2.0” ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުން،ކޮރަޕްޝަންތައް ބަންދުވާނެ ކަމަށާއި، ޑޭޓާ ރައްކާތެރިކުރެވޭނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ގެ މެންބަރުން ވިދާޅުވެއްޖެ އެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ “މޯލްޑިވްސް 2.0” ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލަށް ބަހުސްކުރައްވަމުން ،ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވީ، މި ބިލު ގާނޫނަކަށް ވުމުން ދައުލަތުގެ ތެރޭގައި މަތީ ފަންތީގައި ކުރާ ވައްކަންތަކާއި […]

ޙަބަރު

މިހާރުގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި މަސް މާރުކޭޓެއް އެޅުމަށް އަމިއްލަ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުން އުވާލަދިނުމަށް އެ ކުންފުނިން އަމިއްލައަށް އެދުމުންވެސް، އެ އެއްބަސްވުން ބާތިލުކުރަން މާލޭ ސިޓީ ކައުންސިލް ފެއިލްވެފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ބިމުގައި ކުރިން މަސް މާރުކޭޓު އެޅުމަށް ހަވާލުކުރި އަމިއްލަ ކުންފުނިން އެއްބަސްވުން ބާތިލުކޮށްދިނުމަށް އެދި ސިޓީ ކައުންސިލްގައި ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، ކައުންސިލުން އެ އެއްބަސްވުން ޤާނޫނީ އިމުގެ […]

ޙަބަރު

ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ބެލެވިގެން، ޖޫން 20 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި،ގިނަ އަދަދެއްގެ ވޭޕް ކާޓްރީޖްތަކެއް އަނެއްކާވެސް އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނީ، ހިފަހައްޓާފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި، 6328 ވޭޕް ކާޓްރީޖެވެ.ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި ރާއްޖެ އެތެރެކުރަން އުޅުނީ އާންމު މުދާ ނުވަތަ “ޖެނެރަލް ކާގޯ” ގެ ގޮތުގައި […]

އަޕްޑޭޓު
ޙަބަރު

ރަސްމީކޮށް ރަޖިސްޓްރީނުކޮށް ތިބި ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކުރި މައްސަލައެއްގައި އެވިޑް ކޮލެޖު ޖޫރިމަނާކޮށްފިއެވެ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ބުނީ،މި ފިޔަވަޅު އަޅާފައިވަނީ އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން ކަމަށެވެ.އެމްކިއުއޭ އިން ހާމަކުރިގޮތުގައި،އި، މިއަހަރުގެ ކުރީކޮޅު ވެސް އެވިޑް ކޮލެޖުން ރަޖިސްޓްރީނުކޮށް ތިބި ސްރީލަންކާގެ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކުރި މައްސަލައެއް ފެންމަތިވެފައިވެއެވެ. އެ ފަހަރު އެ ކޮލެޖަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅާފައި ވަނިކޮށް، ގަވާއިދާ ޚިލާފަށް ސެޓްފިކެޓް ދޫކުރުމުގެ އަމަލުތައް އަލުން ތަކުރާރުވަމުންދާކަން އެ […]

އަޕްޑޭޓު
ޙަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. އެގޮތުން، ކޮލެޖަށް 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ދިން ހަނދާނީ ފިލާތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، މިއާންޒް ކޮލެޖަކީ ކުރު މުއްދަތެއްގެ ތެރޭގައި ހަލުވިކަމާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދި މުއައްސަސާއެއް ކަމަށެވެ. އަދި ޤައުމީ ފެންވަރުގައި އަޚްލާޤީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަށް […]

އަޕްޑޭޓު
ޙަބަރު

ސައުދީގެ ބަޖެޓް އެއާލައިން “ފްލައިނާސް” އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައި، އެ އެއާލައިންގެ ފުރަތަމަ ބޯޓުމިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ. އެމްއޭސީއެލް އިން ބުނީ، މި ފެށުނު ދަތުރުތަކުގެ ދަށުން ސައުދީގެ ރިޔާދުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ މުހިންމު ފުރުސަތެއް ކަމަށް އެމްއޭސީއެލް އިން […]

އަޕްޑޭޓު
ޙަބަރު

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަރުހަބާ ކިޔައިފިއެވެ. އެގޮތުން، މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް އެމްއޭސީއެލް އިން މަރުހަބާ ކިޔާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އެމްއޭސީއެލް އިން ހާމަކުރިގޮތުގައި، މި ޝަރަފުވެރި ފަތުރުވެރިޔާއަކީ ދޯހާ އިން ފުރައިގެން ގަތަރް އެއާވޭސް އިން ރާއްޖެއަށް ދަތުރުކުރި ސްޕެއިން އަށް ނިސްބަތްވާ ފަސިންޖަރެކެވެ. އެމްއޭސީއެލްއިން ވަނީ، މި މުހިއްމު ލަނޑުދަނޑި ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި […]

އަޕްޑޭޓު
ޙަބަރު

“ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026” މުބާރާތް ފެށުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި، މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސްގެ އަނބިކަނބަލުން ވަނީ މުބާރާތުގެ ރަސްމީ ބޯޅައިގައި ސޮއިކުރައްވާފައެވެ. އެއަށްފަހު، މުބާރާތް ހުޅުވުމުގެ މެޗުގައި ކުޅުނު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ އެކަމަނާ ބައްދަލުކުރައްވައި ސަލާމްކުރެއްވިއެވެ. މުބާރާތް ހުޅުވުމުގެ މެޗުގައި ބައްދަލުކުރީ ހުރަވީ ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. ހަތް މިނެޓުގެ […]

ޙަބަރު

ކާބޯތަކެތީގެ ބާވަތްތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު،1000 އަށް ވުރެ ގިނަ ވޭޕް ކާޓްރިޖާއި ވޭޕް ޑިވައިސްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގަނެފިއެވެ. ކަސްޓަމްސް އިން ހާމަކުރި ގޮތުގައި،ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ޖޫން 14 އަދި 15 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި،ޚާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. އެގޮތުން މިއޮޕަރޭޝަންގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން، ޕޮޓޭޓޯ ޗިޕްސް ދަޅު އަދި […]

ޙަބަރު

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފޯރިގަދަ ޤައުމީ ފަރުމަސް ބޭނުމުގެ މުބާރާތުގެ ވަނަވަނަ އަށް ހޮވުނު ޓީމުތައް އިއުލާނުކޮށް، އިނާމު ހަވާލުކޮށްފިއެވެެ. މި މުބާރާތުން އެއްވަނަ ހޯދައި، 30،000 ރުފިޔާގެ ފައިސާގެ އިނާމު ކާމިޔާބުކުރީ ބ. ތުޅާދޫގެ “ދޮންއިސްމާއިލް” ޓީމެވެ. މުބާރާތުގެ ދެވަނަ ޏ. ފުވައްމުލަކު “މެޖިކްލީން” ޓީމު ހޯދިއިރު، ތިންވަނަ ލިބުނީ ތ. ހިރިލަންދޫ “ކަޅަކައުންޑު” ޓީމަށެވެ. ދެވަނައަށް ދިޔަ […]

އަޕްޑޭޓު
ޙަބަރު

ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ހުރަސް އަޅައިގެން ވާނެ ފައިދާއެއް ނޯންނާނެކަމަށާއި، މަސްވެރިކަމުގެ ސިނާޢަތް އަލުން ކޮޅަށްޖެހުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، “ދަ ޕަލްސް” ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މަސްވެރިކަމުގެ މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ،ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިކަމުގެ ސިނާޢަތް އޮތް ހާލަތު ރަނގަޅުކޮށް އެ ސިނާއަތް ކޮޅަށްޖެއްސެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، މިރޮނގުން މިހާތަނަށް ހޯއްދެވުނު […]

އަޕްޑޭޓު
ޙަބަރު

މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެމްޓީސީސީ އިން ދެމުންދާ މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ވިލިމާލޭގައި ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ވިލިމާލޭގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެެވެ.މި ޙިދުމަތް ރަަސްމީކޮށް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަު ސައީދެވެ. އެމްޓީސީސީިއިން ބުނީ، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ، ރައްކާތެރި، ހަރުދަނާ، ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު އިތުރު ޓެކްސީ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު […]

އަޕްޑޭޓު