ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 38 / 179

ޙަބަރު

ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނަށް ވިސާ ފީ ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބޭންކަށް އެދި ހުށަހެޅުމުން ހުރިހާ ދަރިވަރުންނަށްވެސް ކާޑު ލިމިޓް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެެވެ. ބީއެމްއެލްގެ ސްޕޯކްސްޕާރސަން މުހައްމަދު ސައީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެކުރިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކުމަށް ބޭންކުން ކާޑަށް ލިމިޓް ދެމުން އައީ ‘ކޭސް ބައި ކޭސް’ އުސޫލުން، ކޮންމެ މައްސަލައަކަށް ވަކިވަކިން […]

ޙަބަރު

ލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ (ފޭސް 1) ގެ ދަށުން ކުރިއަށްދާ މުހިންމު ޔުޓިލިޓީ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިމިއްޖެ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ. އެމްޓީސީސީ އިން ހާމަކުރި ގޮތުގައި،މި މަޝްރޫޢުގެ ދަށުން ބަދަލުކުރަންޖެހޭ ނަރުދަމާގެ ހުރިހާ ލައިންތަކާއި، ފެން ހޮޅިތަކުގެ ގުޅުންތަކާއި، ފެންހިންދާ ވަޅުތައް ބެހެއްޓުމުގެ އިތުރުން ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ 100 އިންސައްތަ ނިމިފައެވެ. މީގެއިތުރުން، ޔުޓިލިޓީ މަސައްކަތްތައް ނިމުމާއެކު، ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ […]

ޙަބަރު

ސްރީލަންކާގެ ކޮލަމްބޯއިން ފުރައިގެން ރާއްޖޭގެ ވެރިރަށް މާލެއަށް ބަނދަރުކުރި މަޝްހޫރު ލަކްޝަރީ ކްރޫޒްލައިނާ “އެމް.އެސް ވައިކިންގް ޔީ ޑުން” ގައި ތިބި ހުރިހާ ސިންޖަރުންނާއި ފަޅުވެރިންނަށް ދަތުރުމަތީގައި އިމިގްރޭޝަން ކްލިއަރެންސްގެ ޚިދުމަތް ދީފިއެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެ އިދާރާގެ ސީޕޯޓް ޑިވިޜަންގެ އޮފިސަރުން ވަނީ މި އުޅަނދު ރާއްޖެއަށް ދަތުރުކުރަމުންދިޔަ ވަގުތު ބޯޑަށް އަރައި، އޭގައި ތިބި 732 ފަސިންޖަރުންނާއި 486 ފަޅުވެރިންގެ އިމިގްރޭޝަން ޗެކްތައް ، ފުރިހަމަކޮށްދީފައެވެ. މިގޮތަށް ދަތުރުމަތީގައި،ޚިދުމަތް ދިނުމުގެ މައިގަނޑު ބޭނުމަކީ […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދަފްތަރު. ނަންބަރު ރސ 13449، އަލްފާޟިލް މުޙައްމަދު ޝަކީލު މިއަދު ޢައްޔަންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އަލްފާޟިލް މުޙައްމަދު ޝަކީލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. ރައީސް ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ޝަކީލާއި ޙަވާލުކޮށްދެއްވާފައެވެ. ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) […]

ޙަބަރު

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބާކީ ހުރި ހުރިހާ މަސައްކަތްތަކެއް އަންނަ ޖުލައި މަހުގެ 26 ގެ ކުރިން އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. އެމްޓީސީސީ އިން ފާއިތުވި ހަފުތާގައި ފާހަގަކުރި ގޮތުގައި، މި މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން ކުރިއަށްދާ ނަރުދަމާއާއި ފެނުގެ ޚިދުމަތްތަކުގެ ކަނެކްޝަންތައް،މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.މީގެ އިތުރުން، މައި ފެންލައިން އެޅުމުގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާއިރު، ފެންބޮޑުވުން ކުޑަކުރުމަށް ހަދާ ކެޗްޕިޓްތަކާއި […]

ޙަބަރު

ރާއްޖޭގައި އަލަށް ބިނާކުރުމަށް ނިންމާފައިވާ ނަފްސާނީ ބަލިތަކަށް ޚާއްސަ “މެންޓަލް ހެލްތު ހޮސްޕިޓަލް” ހުޅުމާލޭގައި އެޅުމަށް ސަރުކާރުން ނިންމައި، އެކަމަށް ބޭނުންވާ ބިން ހަމަޖައްސައިފި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، މި ހޮސްޕިޓަލް އެޅުމަށްޓަކައި ހުޅުމާލެއިން 10,000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭރުގެ ލޯނު އެހީ […]

ޙަބަރު

އިސްކަންދަރު ސްކޫލުގެ މުވައްޒަފުން އިސްވެ އުފައްދާފައިވާ “އިސްކަންދަރު ވޯކާސް ޔޫނިއަން”އަކީ ގަވާއިދާ ޚިލާފު ނަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢުވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން،މިނިސްޓަރު ވިދާޅުވީ.ދައުލަތުގެ ރަސްމީ މުއާސަލާތުތަކާއި ސަރުކާރުގެ މަދަރުސާތަކުގެ ނަމާ އޮޅުންއަރާ ގޮތަށް އަމިއްލަ އެއްވެސް ޔޫނިއަންއެއް ނުހިންގޭނެ ކަމަށެވެ. އަދި ސަރުކާރުގެ މަދަރުސާއެއްގެ ނަން ބޭނުންކޮށްގެން، އެތަނެއްގެ މުވައްޒަފުން ވަކި ޖަމްޢިއްޔާއެއް ހަދައިގެން ހަރަކާތްތެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، “އިސްކަންދަރު […]

އަޕްޑޭޓު
ޙަބަރު

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް، ހިޒް އެކްސަލަންސީ އެސް. ޕޯލް ކަޕޫރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، މިއަހަރަކީ، ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު ސިޔާސީގުޅުން ޤާއިމު ކުރެވުނުތާ 60އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައި ވެއެވެ. އަދި، ފާއިތުވެދިޔަ ފަސްދޮޅަސް އަހަރު ތެރޭގައި، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ […]

އަޕްޑޭޓު
ޙަބަރު

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ 79 މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދާ ކަމަށް އެ މިނިސްޓްރީއިން ހާމަކޮށްފިއެވެ. އެ މިނިސްޓްރީއިން ހާމަކުރިގޮތުގައި،މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 45 މިސްކިތެއްގެ މަޝްރޫއު، 12 އިސްލާމީ މަރުކަޒެއްގެ މަޝްރޫއު، 16 ޤުރުއާން ސެންޓަރުގެ މަޝްރޫއުގެ އިތުރުން ވަޤްފުގެ ބިނާ ކުރުމުގެ 6 މަޝްރޫއުއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދީނީ އުމްރާނީ ބިނާތައް ބާރުދުވެލީގައި ތަރައްޤީކުރުމަށް އެ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަަމަށް ވަނީ ބުނެފައެެވެ. އެ […]

އަޕްޑޭޓު
ޙަބަރު

ޗާންދަނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ޗާންދަނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ. ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް މިއަހަރުގެ މާޗު މަހުގެ 23 ގައި ފަށާފައިވާއިރު، މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ […]

ޙަބަރު

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް، ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްގެ ފަރާތުން ސޮއިކުރެއްވީ ރީޖަނަލް އެޓޭޗޭ މިސްޓަރ އާލް މަޓިއަރ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ،މި ފަހުމުނާމާގެ ދަށުން، ގުޅުންހުރި ކަންކަމުގައި […]

ޙަބަރު

ރާއްޖޭގެ ގިނަ ރަށްރަށުގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި، ވަގުތީ އިމާމުންގެ މައްޗަށް ބަރޯސާވާންޖެހޭ މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ. އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި ވަގުތީ އިމާމުން ތިބުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް، މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މައްސަލަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ […]