ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 34 / 179

ޙަބަރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ އާންމުންގެ އަތުން މިލިއަނުން ރުފިޔާ އަތުލަމުންދާ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން، އެފަދަ ސްކޭމްތަކަށް ހޭލުންތެރިވެ، މަކަރާއި ހީލަތުގެ ޝިކާރައަކަށް ނުވުމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ފްލެޓް ނުވަތަ ގޯތި ހޯދުމަށް ފައިސާ ދައްކަން އެއްވެސް ފަރާތަކުން ބުނި ކަމުގައި ވިޔަސް، އެފަދަ ވާހަކަތަކަށް އާންމުން ހެއްލިގެން ނުވާނެ ކަމަށެވެ. ވަކި […]

އަޕްޑޭޓު
ޙަބަރު

ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، “ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް”އެއް އުފައްދައިފިއެވެ. ރައީސް އޮފީހުން ބުނީ، މި އޮފީސް އުފެއްދީ މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުމާއި އުޅަނދުތައް ގިނަވުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަކަށެވެ.އެގޮތުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން ޚާއްޞަ ޕްރޮގްރާމްތައް ހިންގުމާއި، ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުމާއި، ޕާކިންގް މައްސަލައަށް ދާއިމީ ހައްލުތަކެއް ހޯދައިދިނުމުގައި އެ އިދާރާއިން އިސް ދައުރެއް އަދާކުރާނެ ކަމަށް ރައީސް އޮފީހުން […]

އަޕްޑޭޓު
ޙަބަރު

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގައިދީން ބަދަލުކުރުމުގެ އެއްބަސްވުން ގާއިމްކުރުމުގެ ގާނޫނީ އަދި ރަސްމީ މަސައްކަތްތައް ނިމުމަކަށް އަތުވެއްޖެއެވެ. ބަންގްލަދޭޝް ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ރަސްމީ އިދާރާތަކުން ލިޔެކިޔުންތައް ނިންމާލުމާއެކު މި އެއްބަސްވުމުގައި ސޮއިކޮށް، އަމަލުކުރަން ފަށާނެއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޖަލުތަކުގައި ތިބި ބަންގްލަދޭޝްގެ ގައިދީންނަށް އިންސާނީ އެހީތެރިކަމުގެ އުސޫލުން އެނބުރާ ގައުމަށް ގޮސް، އެމީހުންގެ ހުކުމުގެ ބާކީ ބައި ތަންފީޒުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މާފުށީ ޖަލުގެ ހާލަތަށް ބަލާއިރު، އެ ޖަލުގައި […]

އަޕްޑޭޓު
ޙަބަރު

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، މި ޖުލައި 12 ވާ އާދީއްތަ ދުވަހު ހުޅުއްވައިލައްވާ ގޮތަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސައިފިއެވެ. ރައީސް އޮފީހުން ހާމަކުރިގޮތުގައި،މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ “ފޯމު ހުށަހެޅުން” http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ރައީސް އޮފީހުން ބުނީ، މިއަހަރުވެސް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ […]

ޙަބަރު

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކާއި ސްޓިއަރިން ކޮމިޓީތަކުގެ އެތެރޭގެ ބޮޑު އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މެންބަރުންގެ 85 އިންސައްތަ މީހުން ވޯޓުލާފައިވާކަން އެ ޕާޓީން ހާމަކޮށްފިއެވެ. އިއްޔެ ހެނދުނު 9:00 އިން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދިޔަ މި އިންތިޚާބުގައި މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 119 ރަށެއްގައި ވޯޓުލުން ކުރިއަށްދިޔައެވެ. ވޯޓުލުން ނިމުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް […]

ޙަބަރު

މާލޭގެ އުތުރު ފަރާތް، ބޮޑުތަކުރުފާނުމަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. އެގޮތުން، މަގުގެ ޕާކިންގ ޒޯނާވީ ފަޅީގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މަޝްރޫޢުގެ ސެގްމަންޓް 4 އަދި 5 ގެ މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ވަނީ މައުލޫމާތުދިފައެވެ. އެމްޓީސީސީ އިން މައުލޫމާތު ދިންގޮތުގައި،މަޝްރޫޢުގެ ދަށުން ސެގްމަންޓް 2 އަދި 3 ގައި ކުރަން ހުރި […]

އަޕްޑޭޓު
ޙަބަރު

ދައުލަތަށް ލިބޭ ޓެކްސްގެ އާމްދަނީއަށް އައި ހެޔޮ ބަދަލާއެކު، މި އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 22.4 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއަހަރުގެ އާމްދަނީ ވަނީ 10.4 އިންސައްތަ (2.1 ބިލިއަން ރުފިޔާ) މަތިވެފައެވެ. ދައުލަތަށް ލިބުނު އާމްދަނީގެ ސިންހަ […]

އަޕްޑޭޓު
ޙަބަރު

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ 18 ޖޫން 2026 ވަނަ ދުވަހުއެވެ. ޕޯސްޓް ޕެކޭޖުތައް ބަލައިފާސްކުރުމުގެ ތެރޭގައި އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 3,610 ގްރާމް (3.6 ކިލޯއަށްވުރެ ގިނަ) ހުއްޓެވެ. ތަހުލީލުތަކުން އެނގިފައިވާ ގޮތުގައި މި ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ “ސިންތެޓިކް ކެތިނޯން” އަށް ޕޮޒިޓިވް ވެފައެވެ. […]

އަޕްޑޭޓު
ޙަބަރު

މާލޭގެ މަގުތަކަށް ފެންތިކި ޖަހާ ގޮތަށް ހުރި ތަންތަން ރަނގަޅު ކުރުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ. މާލޭގެ އިމާރާތްތަކުގައި ހުންނަ އޭސީ އަދި ދިޔަދޮވި ހޮޅިތަކުން މަގުތަކަށާއި ޕޭމަންޓްތަކަށް ފެންފައިބާތީ، ހިނގާ މީހުންނަށާއި ދުއްވާ އެއްޗެހީގައި އުޅޭ މީހުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާކަން ކައުންސިލުން ފާހަގަކުރެއެވެ. މިފަދަ މައްސަލަތައް އިސްލާހުކުރުމަށް މީގެ ކުރިން ވެސް ކައުންސިލުން ތަކުރާރުކޮށް އަންގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެހެންކަމުން، މިފަދަ ކަންކަން ފާހަގަކުރެވޭނަމަ، އެ ތަނެއްގެ […]

އަޕްޑޭޓު
ޙަބަރު

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ކުޅިވަރު ސާމާނު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް އާއި، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު ގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާއި ޗައިނާ އެމްބަސީގެ މަންދޫބުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ. މި […]

އަޕްޑޭޓު
ޙަބަރު

މާލޭގެ އުތުރު ފަރާތް، ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ފޭސް 1 ގެ ދަށުން، ސެގްމެންޓް 4 އަދި 5 ގެ ތާރުއެޅުމުގެ ހުރިހާ މަސައްކަތްތަކެއް އެމްޓީސީސީއިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަޝްރޫއުގެ ދަށުން ހިއްކަން ކަނޑައެޅިފައިވާ ހުރިހާ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މަސައްކަތްތައް ރޭވިފައިވާ ތާވަލާ އެއްގޮތަށް މި ހަފުތާގެ ތެރޭގައި ސެގްމެންޓް 2 އަދި 3 ގެ ސަބް-ބޭސް ހެދުމުގެ މަސައްކަތްތައް […]

އަޕްޑޭޓު
ޙަބަރު

ފާއިތުވި ހަފުތާގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅުންހުރި ބޮޑު އަދަދެއްގެ ނަގުދު ފައިސާއާއި މުދާ ފުލުހުން ހޯދައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފައިސާއާއި މުދާ ހޯދީ ގަލޮޅު ޕޮލިސް ސްޓޭޝަން އިންނެވެ.އެއީ ޖުމްލަ 233,881 ރުފިޔާ އެވެ. ފުލުހުންގެ ތަފާސް ހިސާބު: ހެންވޭރު ޕޮލިސް ސްޓޭޝަން: ދެވަނައަށް އެންމެ ގިނައިން ތަކެތި ހޯދައި، ޖުމްލަ 175,000 ރުފިޔާ ރިކަވަރ ކުރިއެވެ. މާފަންނު ޕޮލިސް ސްޓޭޝަން: 104,008 ރުފިޔާ ސްޕެޝަލް […]

އަޕްޑޭޓު