ޙަބަރު

ހަފުތާއެއް ތެރޭ ވައްކަމާއި ފޭރުމުގެ މައްސަލަތަކުން 6 ލައްކައަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި

އާމިނަތު ރޫޔާ

1 މިނިޓުއަޕްޑޭޓުކުރީ
ހަފުތާއެއް ތެރޭ ވައްކަމާއި ފޭރުމުގެ މައްސަލަތަކުން 6 ލައްކައަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި

ފާއިތުވި ހަފުތާގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅުންހުރި ބޮޑު އަދަދެއްގެ ނަގުދު ފައިސާއާއި މުދާ ފުލުހުން ހޯދައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފައިސާއާއި މުދާ ހޯދީ ގަލޮޅު ޕޮލިސް ސްޓޭޝަން އިންނެވެ.އެއީ ޖުމްލަ 233,881 ރުފިޔާ އެވެ.

ފުލުހުންގެ ތަފާސް ހިސާބު:

  • ހެންވޭރު ޕޮލިސް ސްޓޭޝަން: ދެވަނައަށް އެންމެ ގިނައިން ތަކެތި ހޯދައި، ޖުމްލަ 175,000 ރުފިޔާ ރިކަވަރ ކުރިއެވެ.
  • މާފަންނު ޕޮލިސް ސްޓޭޝަން:  104,008 ރުފިޔާ
  • ސްޕެޝަލް އެންފޯސްމަންޓް ޓީމް: 97،900 ރުފިޔާ
  • ވިލިމާލެ ޕޮލިސް ސްޓޭޝަން:627 ރުފިޔާ

މިއަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވައްކަމުގެ 1,759 މައްސަލަ، ތަކެތި ގެއްލިގެން 534 މައްސަލަ އަދި ފޭރުމުގެ 81 މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

ޝެއާ

ކޮމެންޓު