ޖަޕާނު ސަރުކާރުން، ރާއްޖޭގެ ނޭޝަނަލް ރެސްޕޮންސް ކެޕޭސިޓީ އިތުރަށް ހަރުދަނާކުރުމަށްޓަކައި 4.3 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ، ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ޓާކެއުޗީ މިޑޯރީއެވެ. އަދި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ، ހާރިޖީ ވަޒީރު މޫސާ ޒަމީރުއެވެ. ޖަޕާނު ސަރުކާރުން ރާއްޖެއަށް ދޭން އެއްބަސްވެފައިވާ ފައިސާގެ ސަބަބުން ރާއްޖޭގެ ކުރިއެރުމަށް ބޮޑެެތި ފައިދާތަކެއްކުރާނެކަމަށް ރާއްޖޭގެ ސަރުކާރުން މާއުލޫމާތުދީފައިވެއެވެ. އެގޮތުން، އެ އެއްބަސްވުމުގެ ދަށުން […]
ޙަބަރު
ފަހުގެ ޚަބަރުތައް
ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ “ރައީސްގެ ޖަވާބު” ގައި މީހަކު ސުވާލުކުރީ މި ފަހުން ގެނައި ޑްރޯންތައް ދުއްވުމުގައި އެެއްވެސް އިތުރު ގެއުމެއްގެ ސިފައިން ތިބޭނެތޯ އެވެ. އޭނާ އެގޮތަށް ސުވާލުކުރީ މީގެ ކުރިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިއާގެ ސިފައިން ހަރަކާތްތެރިވެފައިވާތީ އެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެއްގޮތަކަށް ވެސް ބޭރުގެ ސިފައިން ރާއްޖޭގައި ގެންގުޅުމުގެ ސިޔާސަތު އެ މަނިކުފާނު ނުގެންގުޅުއްވާނެ ކަމަށެވެ. އެހެންވެ، އެ ޑްރޯންތައް ބޭނުންކުރާނީ ހަމައެެކަނި […]
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިފާއީ ވަޒީރު ހާޒިރުކޮށް މެންބަރުން ވަނީ ސުވާލުކުރައްވާފައެވެ. އެގޮތުން ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅޭގޮޮތުން ސުވާލުކުރައްވާފައެވެ. އެގޮތުން ހަމަލާދިންތާ 3 އަހަރު ވެފައިވާކަން ފާހަގަކޮށް އެ މައްސަލައިގެ ފުންމިނަށް ބެލުމުގެ ކަންތައްތައް މި ސަރުކާރުން ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިދާނެތޯ އިންތި ވސުވާލުކުރެއްވިއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ ޤާނޫނީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ […]
ފުލުހުން ބުނި ގޮތުގައި ރޭ ފަތިހު 4:07 ހާއިރު ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ އެޗް-03 ޓަވަރު ކައިރީ ހުރި ޓްރާސްފޯމަރުގެ ތެރޭގައި ކަރަންޓުގައި އަނިޔާތަކަކާއެކު ވެއްޓިފައި އޮތް މީހުންނަށް ފެނުނީ ހިޔާ ސަރަހއްދުގައި ޕެޓްރޯލުކުރަމުން އައި ފުލުހުންނަށެވެ. އެމީހާ އެތަނުން ނަގައިގެން ހުޅުމާލޭ ހޮސްޕިޓަލަށް ފުލުހުން ގެންދިޔައެވެ. ހޮސްޕިޓަލަށް އޭނާ ގެނެވުނުއިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް އެ އިދާރާއިން ބުންޏެވެ. އަދި ކަރަންޓުގައި ޖެހިގެން މަރުވި މީހަކީ އުމުރުން 27 އަހަރުގެ މީހެއްކަމަށްވެސް […]
ރ. އަލިފުށީ އެއާރޕޯޓް އަދި ހުޅުދުއްފާރުގެ މަގު ހެދުމުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަމުގައި އަލިފުށި އެއާޕޯޓުގެ މަސައްކަތް ހުއްޓިފައިވާކަން އެމަނިކުފާނަށް ނޭގުމަކީ ދެރަކަމެއް ކަމަށެވެ. އަލިފުށީ އެއާޕޯޓް އެޅުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ ފަޅުން ބިން ހިއްކައިގެންނެވެ. އާދަމް ޝަރީފް ވިދާޅުވީ، ހުޅުދުއްފާރުގެ މަގުތަކުގައި ފަސްބާޑި ޖަހައި މުޅި މުޅިރަށް ޚަރާބުކޮށްލީ އެމްޑީޕީން […]
މަސްތުވާތަކެއްޗަށް އެޑިކްޓުވުމުގެ ފަރުވާއެއްގެ ގޮތުން، އަމިއްލައަށް އެދިގެން މެތަޑޯން ފަރުވާ ފުރިހަމަކުރަމުންދާ މީހުންނަށް ކުރީގެ މައްސަލައަކާ ގުޅިގެން ރިހެބަށް ދާންނުޖެހި ފަރުވާ ފުރިހަމަކުރެވޭނެ ގޮތެއް އިންތިޒާމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ނަތާޝާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ފަރުވާ ހޯދަމުންދާ ކުދިން ޖަލަށް ނުވަތަ ރިހެބަށް ނުގެންގޮސް ފަރުވާ ފުރިހަމަކުރެވޭނެ ގޮތެއް ހަމަޖެއްސޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ ކަމާ ގުޅޭ އިދާރާތަކާއެކު މަޝްވަރާކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. “އަޅުގަނޑު އިރާދަކުރެއްވިއްޔާ […]
އެފްއޭއެމްގެ ވެރިންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލައިގެ ތަހުގީގު އަވަސްކުރަން ފުލުހުންނާ އެކު ޕީޖީން މިއަދު މަޝްވަރާކޮށްފި އެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންގެ ތަހުގީގު ޓީމާ، ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މިއަދު ބައްދަލު ކުރެއްވި އެވެ. ޕީޖީ އޮފީހުން ބުނީ އެމައްސަލައިގައި މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާ އެމަސައްކަތްތައް ނިންމާނެ ގޮތުގެ ޓައިމްލައިނަކާ ބެހޭގޮތުން މަޝްވަރާކުރި ކަމަށެވެ. އަދި އެ ތަހުގީގަށް އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ […]
ކުރީސަރުކާރުން ނަރުދަމާ މަތިން ގޯތި ދިނުމުން، ނަރުދަމާ ބަދަލު ކުރަން 200 މިލިއަން ޙަރަދުވާނެ: ފަޒުލް
ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާ ނެޓްވޯކްތަކަށް އެ ބަދަލު ކުރަން 200 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ އިންފާރު ވަކި ކުރަން ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ފެނާއި ނަރުދަމާ އާއި ބައެއް މަގުތަކަށް ހުރަސް އެޅޭ ގޮތަށް ގޯތި ދޫކޮށްފައި ވަނީ އަށް ސަރަހައްދެއްގައި ކަމަށެވެ. އެގޮތަށް […]
ފެނަކަ އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ގެންދިޔަ 250 ކިލޯވޮޓްގެ ޖަނަރޭޓަރުން ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ. ވައިކަރަދޫގައި 24 ގަޑިއިރު ކަރަންޓު އަލުން ޔަގީން ވެގެން މިދިޔައީ އެ ހިދުމަތް ނުލިބޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. ވައިކަރަދޫން މީގެ ކުރިން ވާހަކަ ދެއްކި މީހަކު ބުނީ ކަރަންޓު ދެމުން އަންނަނީ އަވަށްތަކަށް ބަހާލައިގެން ކޮންމެ ތިން ގަޑިއިރަކުން ތިން ގަޑިއިރަކުން ކަމަށެވެ. އެހެންވެ، ރޯދަ މަހުގެ […]
އައިއޭސީން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ޔަމަނަކީ ދުނިޔޭގައި ފެނަށް އެންމެ ބޮޑަށް ޖެހިފައިވާ އެއް ޤައުމު ކަމަށްވާއިރު، މި ރަމަޟާން މަހާ ދިމާކޮށް ދިވެހީންގެ ފަރާތުން ޔަމަނުގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދެވުނު ކަމަށް އައިއޭސީން ވަނީ ހާމަކޮށްފައެވެ. ޔަމަނުގެ ގާތްގަނޑަކަށް 19 މިލިއަން މީހުންނަކީ ފެނުގެ ރައްކާތެރިކަން ނެތް މީހުންނެވެ. އޭގެ ސަބަބުން ސާފުތާހިރުކަމުގެ ހާލަތު ދަށްވެ ބަލިތައް ފެތުރުމަށް މަގުފަހިވެގެންދެއެވެ. ކޮލެރާ އާއި އެކިއުޓް […]
ވަޒީރު އިހުސާން މިހެން ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ސަރުކާރުންވަނީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައި ކަމަށް ކުރީގެ ހާރިޖީ ވަޒީރު އަދި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވުމާއި ގުޅިގެނެވެ. ވަޒީރު އިހުސާން ވިދާޅުވީ މިސްރާބު ހުރިގޮތް ގޯސްވުމުން ރައްޔިތުން އެމްޑީޕީގެ ސަރުކާރަށް ރިޔާސީ އިންތިހާބުގައި ނޫނެކޭ ބުނީ ކަމަށެވެ. އެ ސަރުކާރުން ވަނީ ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި 9000 މިލިއަން ރުފިޔާއިން ރައްޔިތުންނަށް ދަރާފައި ކަމަށް ވިދާޅުވިއެވެ. […]
މުއާޒް ރޭގައި “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުންފުންޏަށް އިންތިހާއަށް ގެއްލުންވާގޮތަށް ބީއޯކިއުއެއް އަދި މާކެޓްގައި މަސައްކަތްތައް ކުރެވޭނެ އަގަށް ބެލުމެއްނެތި އަދި އެސެސްމެންޓެއްވެސް ނަހަދާ، މަގާމުގެ ނާޖާއިޒު ފައިދާ ނަގާ، އިންހައުސްކޮށް ކޮށްފައިވާ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ތެރެއިން 25 ޕްރޮޖެކްޓުގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓްތަކުން ފެނަކައަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެތައް ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދެވި ކުންފުނި ބޮޑުތަނުން […]











