ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 154 / 179

ޙަބަރު

ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި “އެސްސީއޯ ޕްލަސް” ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ ބައްދަލުވުން އިފްތިތާޙުކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެވެ. ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ އިސްނެންގެވުމުގެ މަތީން، ސަރަހައްދީ ފެންވަރުގައްޔާއި ބައިނަލްއަޤުވާމީ ފެންވަރުގައި، އަމާންކަމާއި، ހަމަޖެހުމާއި ތަމައްދުނަށް މަސައްކަތްކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައެވެ މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޗައިނާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމުގެ […]

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަށް އެމްއޭސީއެލާއި ކަމާގުޅޭ އިދާރާތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. 8 ސެޕްޓެމްބަރު 2025 ގައި ބާއްވަން ހަމަޖެހިފައިވާ މި އެފެކްސްގެ ބޭނުމަކީ އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ ހުޅުލޭ އައިލެންޑް ހޮޓަލުގައި […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ކޭ.ޕީ. ޝަރްމާ އޮލި އާއި ބައްދަލުކުރައްވައިފިއެވެ. ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ހަވާސާގައި ބޭއްވެވި މިބައްދަލުވުން އޮތީ ޓިއާންޖިން މެއިޖިއާންގ ކޮންވެންޝަން ސެންޓަރުގައެވެ މިބައްދަލުވުމުގައި، ދެބޭފުޅުން ވަނީ ދެޤައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، ތަޢުލީމީ ދާއިރާއާއި، އިޤުތިޞާދު ސިންދަފާތުކުރުމާއި، ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދުވެސް ދެބޭފުޅުންގެ މަޝްވަރާގައި އަލިއަޅުއްވާލައްވާފައިވެއެވެ. މީގެއިތުރުން މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ […]

ޙަބަރު

ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ބަނދަރު ތަރައްޤީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ އެމްޓީސީސީން މަޢުލޫމާތު ދެއްވިގޮތުގައި، މި މަޝްރޫޢުގެ ދަށުން އެއްގަމުތޮށީގެ ބީމްތައް ޖެހުމުގެ މަސައްކަތް މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރިހަމަކޮށްފައެވެ. އަދި މިވަގުތު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކެޕިން ބީމް އެޅުމުގެ މަސައްކަތެވެ. 2009 ވަނަ އަހަރުންފެށިގެން ބޭނުންކުރަން ފެށި […]

ޙަބަރު

އއ. އުކުޅަހުގައި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކު އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ ފުލުހުން އަންނަނީ އެ މައްސަަލަ ތަހުގީގު ކުރަމުންނެވެ ފުލުހުން ބުނީ އެ މައްސަލަ ރޭ 10:20 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި ހަމަލާދީފައިވަނީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 26 އަހަރުގެ ފިރިހެނެއް ކަމަށެވެ ހަމަލާދިން އެ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އަދި ޒަހަމްވި މީހާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށް […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅާއިއެކު ދިވެހިރާއްޖެއާއި ޗައިނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެޤައުމުގެ ރައްޔިތުންނަށްވެސް އެއިގެ ފައިދާކުރާނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ ވަޒީރު ޒަމީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރެއްވުމަށްފަހު، އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޗައިނާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަޒީރު […]

ޙަބަރު

ފަސްދޮޅަސް ތިންވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން އައިޝަތު ރަފާ ނާޒިމް އާއި މުޙައްމަދު ޝައްފާން ހޯދައިފިއެވެ މިއީ މުބާރާތް މި ދެކުޅުންތެރިންވެސް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފްވެރިކޮށްދެއްވި ފައިނަލު މެޗުގައި ފިރިހެން ސިންގަލްސްގައި ޝައްފާން ވަނީ ގައުމީ ޗެމްޕިއަންކަން 10 ފަހަރު ހޯދި މޫސާ މުންސިފް އަހުމަދާ ވާދަކޮށް 1-4 ގޭމުން މޮޅުވެފައެވެ ފަސް ވަނަ ސެޓުގެ ކުޅުން ފަށައިގެން މުންސިފް ކުޅުން ރަނގަޅު ކުރި […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، ޗައިނާގެ ޓިއާންޖިންގައި ހުންނަ ޓިއާންޖިން ޔިންގްބިން ހޮޓެލްގައި، މިއަދު ހެނދުނުއެވެ މި ބައްދަލުކުރެއްވުމުގައި، ޗައިނާގެ ރައީސް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މަރްޙަބާ ވިދާޅުވެ، ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ވަނީ، ދެޤައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް […]

ޙަބަރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހދ. ކުޅުދުއްފުށީގައި ބިޒްނަސް ފޯރަމެއް ބާއްވައިފި އެވެ އެމްޕީއެލް އިން މިކަން ހިއްސާކޮށް ސޯޝަލް މީޑިއާގައިވަނީ ޕޯސްޓެއް ކޮށްފައެވެ. އެމްޕީއެލް އިން ބުނީ ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގައި ބޭއްވި މި ބިޒްނަސް ފޯރަމް ބާއްވައިފައިވަނީ އިއްޔެކަމަށެވެ އަދި މި ފޯރަމް ބޭއްވުމުގެ މައިގަނޑު ސަބަބުތަކަކީ ދިވެހި މުޖުތަމައުގެ ހިޔާލާއި ފުރުސަތުތައް އެއްބައިވަންތަކުރުމާއި، ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމާއި، ސްކޭލްކުރުމާއި، ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ

ޙަބަރު

ރާއްޖޭގެ އިންޖިނޭރުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ސަރުކާރުން ދެއްވަން ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ފައްޓަވާފައިވަނީ، ޚިދުމަތުގެ އެކި ދާއިރާތަކުގައި މަސައްކަތްކޮށްދެއްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ އިންޖިނޭރުންނަށް، ދުވަހުގެ މުނާސަބަތުގައި މަރްޙަބާއާއި ޝުކުރު ދަންނަވަމުންނެވެމި […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ޗައިނާއަށް ވަޑައިގަތުމުން އެޤައުމުން ރައީސްއަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ ރައީސް ޑރ.މުއިއްޒު ޗައިނާއަށް ކުރެއްވި މި ޒިޔާރަތަކީ އެޤައުމުގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިއަދު ޗައިނާއަށް ވަޑައިގަތުމުން އެއާޕޯޓުން ރައީސް ޑރ.މުއިއްޒުއަށް މަރުހަބާ ވިދާޅުވީ، ޗައިނާގެ މިނިސްޓަރ އޮފް އެމަރޖެންސީ މެނޭޖްމަންޓް ވާންގ ޒިޔާން އެވެ ރައީސް އޮފީހުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޗައިނާގެ […]

ޙަބަރު

ސަރުކާރުގެ ސްކޫލަކަށް ވަންނަން އެދި، އެ ރަށެއްގައި ހުންނަ ސަރުކާރުގެ ސްކޫލަކުން ޖާގަ ނުދެވޭ ހާލަތުގައި މިނިސްޓްރީން ފީ ދައްކާނެ ކަމަަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެ އެވެ މިނިސްޓަރު މިހެން ވިދާޅުވީ އޭލެވަލްއަށް ކިޔަވަން އަމިއްލަ ސްކޫލުތަކުން ފީ ދައްކައިގެން ކިޔަވަންޖެހޭ ގޮތަށް ގެނައި ބަދަލާއި ގުޅިގެންނެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ ސްކޫލަކަށްވަންނަށް ނޭދި، އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަކަށްދާ ކުއްޖާގެ ފީ ދެއްކުމަކީ ދައުލަތުގެ ޒިންމާއެއް […]