ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 152 / 179

ޙަބަރު

ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ. އެމްޓީސީސީން ވިދާޅުވި، ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ގްރޯއިން އިންސްޓޯލްކުރުމުގެ މަސައްކަތް 88 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ޖިއޯ ބޭގް ރިވެޓްމަންޓް އިންސްޓޯލްކުރުމުގެ މަސައްކަތުގެ 48 އިންސައްތައިގެ މަސައްކަތް ނިމިފައިވާކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ. ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އެ މަސައްކަތާއެކު […]

ޙަބަރު

ޝަކުވާ ކުރައްވަން ބޭނުންނުވާ ކަމަށާއި އެމްޑީޕީން ވަކިވި ސަބަބު އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. މަހުލޫފު ވަނީ އިއްޔެ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. މިހެންވެ، އެމްޑީޕީން މަހުލޫފު ވަކިވެވަޑައިގެންނެވީ ސަރުކާރުގެ މަގާމަކަށް ދިއުމަށް ކަމަށްބުނެ ބައެއް ފަރާތްތަކުން ދިޔައީ ފާޑުކިޔަމުންނެވެ. ނަމަވެސް ފޭސްބުކްގައި މަހުލޫފު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ރަނގަޅުވި މީހުންނަށް މިއަދު، ގޯސްވެއްޖެ ކަމަށާއި ވަކި ސިޔާސަތުތަކެއް ހިފައިގެން އެއްގޮތެއްގައި ދެމިއޮތް އެންމެ ޕާޓީއެއްވެސް ނެތް ކަމަށެވެ. […]

ޙަބަރު

ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ޚިދުމަތްކުރަނީ ސަލާމަތާއި ތަރުބިއްޔަތާއި އަދި އިންސާފުގެ ބެލެނިވެރިންގެ ގޮތުގައި ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން ކުރިއަށްގެންދިޔަ ‘ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ’ ޕްރޮގްރަމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ސީޕީ ޒަރީރް ވިދާޅުވީ މިއީ ތަމްރީނެއްގެ ނިމުން ނޫން ކަމަށާއި ފެށުނީ މަތިވެރި ޖިހާދެއް އަދި ޤައުމީ ވާޖިބެއްގެ ފެށުން ކަމަށެވެ. ކޮމިޝަނަރ ވިދާޅުވީ ކަރެކްޝަނަލް […]

ޙަބަރު

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ބައިގައި، 132 މީޓަރުގެ ޝީޓް ޕައިލް އަޅައި ނިންމާލައިފި އެވެ. ބޮޑުތަކުރުފާނު މަހު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް މިހާރު ވަނީ މަހުގެ ބައެއް ބަންދުކޮށްފަ އެވެ. މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލްތައް ހިއްސާކުރަމުން އެމްޓީސީސީން ބުނީ އެ މަގު ފުޅާކުރުމަށާއި އާ ބަނދަރު ތޮށި ހެދުމަށް ބޭނުންވާ އެންކަރިންގ އަދި ބިންހިއްކުމުގެ މަސައްކަތްތައް މިހާރު ކުރަމުން ދާ ކަމަށެވެ. މި މަޝްރޫއުއާއެކު، […]

ޙަބަރު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޢައްޔަންކުރައްވައިފިއެވެ. މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ހިއުމަން ރައިޓްސް ކޮމިޝަނަށް ޢައްޔަންކުރައްވާފައިވަނީ، މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދާއި ސ. ހުޅުދޫ، […]

ޙަބަރު

މި އަހަރުގެ މިހާތަނަށް ރާއްޖޭ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަން ހުރަސްކޮށްފިއެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,520,699 ފަތުރުވެރިން އައިސްފައިކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެ އައީ 1،386،554 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާއި އަޅައި ބަލާއިރު، 9.7 ޕަސެންޓުގެ އިތުރުވުމެއްކަން ފާހަނގަކޮށްލަންޖެހެއެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮންމެ ދުވަހު އެވްރެެޖުކޮށް 6،000 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަދިވެސް އައިސްފައިވަނީ ޗައިނާއިންނެވެ. […]

ޙަބަރު

ފަތުރުވެރިކަމުގެ ގޮންޖެހުންތަކާއި ފުރުސަތުތަކާ ގުޅޭގޮތުން މިނިސްޓަރ ޠާރިޤް ބީއެމްއެލް އަދި ޔޫނިއަން ބޭންކްގެ އިސްވެރިންނާ މަޝްވަރާ ކުރައްވައިފިއެވެ. އިޤްތިޞާދީ ތަރައްޤީއަށް ހުރި ގޮންޖެހުންތައް ހައްލުކުރުމާއި، އައު ފުރުސަތުތައް ހޯދުމުގެ މަޤުސަދުގައި، މިނިސްޓަރ ޠާރިޤް އިބްރާހީމް އިއްޔެ ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުޙައްމަދު ޝަރީފް އަދި ބީއެމްއެލް އާއި ޔޫނިއަން ބޭންކް ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި، އެހެނިހެން ސެކްޓަރތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް […]

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)އާ ގުޅިގެން ސިނަމާލެ ބްރިޖު ބަންދުކުރަން ނިންމައިފިއެވެ. އެފެކްސްއާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެއެވެ. ނަމަވެސް އެފެކްސްއާ އޮޕަރޭޝަންތަކަށް ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން މިއަދު ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރަން ވަނީ ނިންމައިފައެވެ. މި ވަގުތުތަކުގައި ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަރަކާތްތެރިވާނެއެވެ. […]

އަޕްޑޭޓު
ޙަބަރު

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި، “ތިޖާރާ ރަށު ފަތުރު” ގެނަމުގައި ފައިނޭންސިން ފެސިލިޓީއެއް ތައާރަފްކޮށްފިއެވެ. ’އެސްޑީއެފްސީ ތިޖާރާ’ ގެ ދަށުން ތައާރަފްކުރެވުނު މި ފެސިލިޓީގެ މައިގަނޑު މަޤްސަދަކީ، އެސްޑީއެފްސީން ބުނިގޮތުގައި އިސްލާމީ ޝަރީއާގެ ހަމަތަކުގެ ތެރެއިން ރަށު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ’ތިޖާރާ ރަށު ފަތުރު’ގެ ފައިނޭންސިން ރޭޓަކީ އަހަރަކަށް 9.5 އިންސައްތަ އެވެ. ގްރޭސް ޕީރިއަޑްގެ […]

ޙަބަރު

މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ރާއްޖެއިން އެކްސްޕޯޓް ކުރި މަހުގެ އަދަދު 88.8% އިތުރުވެއްޖެއެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ރާއްޖެއިން 52،763 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވެއެވެ. މިއީ 88.8 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައި ވަނީ 27،950 މެޓްރިކްޓަނުގެ މަހެވެ. ފިނިކުރި ތާޒާ ކަނޑުމަހުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ 7 މަސް […]

ޙަބަރު

ގދ. ތިނަދޫގައި ދޫކުރަން ހަމަޖެހިފައިވާ 200 ރޯހައުސް އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ތިނަދޫގެ ރައްޔިތުންގެ ތެރެއިން ރޯހައުސް އަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފައިވާ އިއުލާނެއްގައި އޮތެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އެ އިއުލާނުގައި ބުނެފައިވާގޮތުން، ހައުސިން މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ […]

ޙަބަރު

މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައަކީ، ފޭސްބުކް މެސެންޖަރ އިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރި ކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފޭސް 1އަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކޮށް އަދި ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައެކެވެ. މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ […]