ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 151 / 179

ޙަބަރު

ދުނިޔޭގެ މަޝްހޫރު އީކޮމަރސް ޕްލެޓްފޯމް، އަލީބާބާގައި ދިވެހިންނަށް ސެލަރ އެކައުންޓް ހުޅުވޭ ގޮތް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނސްޓަރު ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި އަލީބާބާ.ކޮމް އާއެކު ކުރެވުނު މަސައްކަތުގެ ސަބަބުން ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލީބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ. “މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ […]

ޙަބަރު

ވަޒީފާ އަދާކުރެވޭ އުމުރުގެ މީހުންގެ ތެރެއިން، ވަޒީފާއަށް ދަނީ 74 އިންސައްތަ މީހުން ކަމަށް “ލޭބަރ ފޯސް ސާވޭ” ރިޕޯޓުގައި ބުނެފިއެވެ. މާލެސިޓީ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ވަޒީފާގެ ނިސްބަތް ދެނެގަތުމަށް، “މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް” އިން ކުރިއަށްގެންދިއަ “ލޭބަރ ފޯސް ސާވޭ” ނިންމައި، މިއަދު ވަނީ އާންމުކޮށްފައެވެ. މި ސަރވޭ އިން ވަނީ، ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް ދެނެގަނެވި އިގުތިޞާދީ ގޮތުން ހަރަކާތްތެރިވާ އާބާދީ އާއި، އަލަށް ވަޒީފާ އުފެދޭ މިންވަރު ދެނެގަނެ […]

ޙަބަރު

މޯލްޑިވްސް ނޭޝަނަލް އެއާޓްރެފިކް ސާވިސް (އެމްނެޓްސް)ގެ “އޯޕަން ޑޭ”ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެމްނެޓްސްގެ ދެވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ހަރަކާތް އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މި ހަރަކާތުގެ މަގުސަދަކީ އެމްނެޓްސް އިން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ އެކުންފުނީގެ އެކި ފެސިލިޓީތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު ގައުމީ އެއާ ނެވިގޭޝަން ސާވިސްގެ އެކި […]

ޙަބަރު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު މުޒްނާ އައްޔަންކޮށްފިއެވެ. ޑިރެކްޓަރުންގެ ބޯޑަށް މުޒްނާ އައްޔަންކޮށްފައިވަނީ، އެބޯޑުން މުހައްމަދު އާމިރު ވަކިކުރުމަށްފަހު އެވެ. ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމަށް މުޒްނާ އައްޔަންކުރީ 28 ނެވެމްބަރު 2023 ގައެވެ. ސްޓެލްކޯގެ ބޯޑަށް ބަދަލު ގެނެސްފައިވަނީ ކީއްވެކަމެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމަކޮށްފައެއް ނުވެއެވެ. ސްޓެކްލޯގެ ބޯޑަށް ބަދަލު ގެެނެސްފައިވާއިރު، މިފަހުން ވަނީ އެކުންފުނީގެ މެނޭޖްމަންޓަށްވެސް ބޮޑު […]

ޙަބަރު

ނޭޕާލުގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގެ މަޝްރަހު އާންމު ހާލަތަށް އަނބުރާ ރުޖޫއަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ނޭޕާލުގައި އުޅޭ ދިވެހިންގެ ކިބައިން އެދިފައެވެ. […]

ޙަބަރު

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އައު ސިޔާސަތުތަކެއް ކަނޑައަޅައިފިއެވެ. އައު ސިޔާސަތުތަކާއި އެކު، މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުމަށާއި އަމިއްލަ ފަރާތްތަކުން މިސްކިތް އަޅާއިރު ⁠ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފަށަން ލާޒިމުކޮށް އެ މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލުމަށް ވުޒާރާއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން މިސްކިތް އެޅުމަށް […]

ޙަބަރު

މާލޭގައި ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމަށް ހިންގޭ މަޝްރޫއުއަށް، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން 10 މިލިއަން ޑިލަރުގެ އެހީ ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން 1.56 ބިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 10.5 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީ ލިބޭނެއެވެ. ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހަސަން މިރާސްއެވެ. ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޖައިކާ މޯލްޑިވްސް […]

ޙަބަރު

އަލަށް އުފަންވާ ކުދީންގެ ދުޅަހެޔޮކަމަށްޓަކާ ސިއްހީ ދާއިރާގެ ހުރިހާ ހިދުމަތްތެރިން ގުޅިގެން އެކުގައި މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. އުފަންވާ ކުދިންގެ ސިއްހަތާއި ދުޅަހެޔޮކަމަށް މަސައްކަތްކުރައްވާ ހިދުމަތްތެރިންގެ މަސައްކަތް ފާހަގަކުރައްވައި އެކަމަނާ ވަނީ، ރާއްޖޭގައި އުފަންވާ ކުދިންގެ ޞިއްޙަތާބެހޭ ދާއިރާގައި ވަރަށް ހިތްދަތި ކަންކަން ދިމާވެފައިވާކަން އެދާއިރާގެ ތާރީޚީ ލިއުންތަކުން ހާމަވާކަން ފާހަގަކުރައްވާފައެވެ. […]

ޙަބަރު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން 1 (އެކެއް) މެންބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އެ […]

ޙަބަރު

ރައްޔިތުން ބޭނުންނުވާ ކަމެއް މި ސަރުކާރުން ނުކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ހިންގެވުމަށް ނިންމެވި ބިންހިއްކުމުގެ މަޝްރޫޢު ހިންގަން މިހާރު އެ ރަށު ރައްޔިތުން ބޭނުން ނުވާތީ، ދެން އެ މަޝްރޫޢު ކުރިއަށް ނުގެންދަވާނޭކަން އިޢުލާންކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރާއްޖޭގެ ރަށްރަށުގައި އެކި މަސައްކަތްތައް ހިންގެވުމަށް ވަޢުދުވެވަޑައިގަންނަވަނީ، އެ ރަށެއްގެ ރައްޔިތުން އެ ކަންކަމަށް […]

ޙަބަރު

ބ. ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދިޔަ ނަމަވެސް، އެ ރަށުގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާނެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. ރައިސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީގެ ތިން ހަފްތާ ކުރިން އެއްބަސްވުމުގައި ސޮއިކުރެވުނު ބިން ހިއްކުމުގެ މަޝްރޫއު އެ ރަށުގައި ކުރިއަށް ނުގެންދަވާނެކަމަަށެވެ. އެގޮތަށް ރައީސް ނިންމެވީ މަޝްރޫއު ހިންގަން ރައްޔިތުން ބޭނުން ނުވާކަން އެމަނިކުފާނަށް މައުލޫމާތު ލިބިވަޑައިގަތުމުންނެވެ. ރައީސްގެ މި ނިންމެވުމާ […]

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ފުލް ސްކޭލް އެމަޖެންސީ އެކްސްސަސައިޒް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ. މި ހަރަކާތް ކުރިއަށް ދިޔައީ އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މި ހަރަކާތުގައި 33 އިދާރާއަކުން ބައިވެރިވެފައިވާއިރު, ހަރަކާތުގެ ބައެއް ހާލަތްތައް މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލެއްގައިވެސް ކުރިއަށް ގެންދިޔައެވެ. މި ހަރަކާތް ނިމުމުން ހުޅުލޭ އައިލެންޑް ހޮޓަލުގައި ރޭ ވަނީ ބައްދަލުވުމެއްވެސް ބާއްވައި ފައެވެ. މި ބައްދަލުވުމުގައި ހަރަކާތުން ފާހަގަވި ކަންކަމާއި ރަނގަޅުކުރަންޖެހޭ ކަންކަމާމެދު ވަނީ މަޝްވަރާކޮށްފައެވެ. އެމަޖެންސީ ހާލަތެއްގައި އެމްއޭސީއެލްގެ އެންމެ މުހިންމު […]