ޙަބަރު

ފަހުގެ ޚަބަރުތައް

ސަފުހާ 148 / 179

ޙަބަރު

ސްކޭމް މައްސަލަތަކަކާ ގުޅިގެން މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ފޯނު އަތުލައިގަނެފި އެވެ. ފުލުހުންގެ ޚިދުމަތުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، މިމަހުގެ 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި، އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ފެނިފައިވާ ކަމަށެވެ. މިފަދަ އޮޕަރޭޝަނެއް ހިންގަން ޖެހުނީ، ފުލުހުން ބުނިގޮތުގައި ހުށަހެޅޭ ސްކޭމްގެ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކުރެވިފައި ތިބޭ ގައިދީން ބައިވެރިވާކަން ފާހަގަކުރެވިގެން […]

ޙަބަރު

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރަން ފަށައިފި އެވެ. ހައުސިން މިނިސްޓްރީން މިއަދު ‘އެކްސް’ ގައި ކުރި ޕޯސްޓެއްގައި ވަނީ، ގޯތި ލިބުނު ފަރާތްތަކާއި އެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ބަދަލުވެފައިވާއިރު ގޯތި ލިބޭ ފައިނަލް ޕްލޮޓްތައް ކަނޑައަޅާފައިވަނީ މޭ މަހުގެ 30 ވަނަ ދުވަހެވެ. ޖެހިގެން އައި ޖުލައި މަހު […]

ޙަބަރު

މާލޭ މަޖީދީ މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 5:15 ހާއިރު ކަމަށެވެ. މާރާމާރީގައި ޒަހަމްވެފައިވަނީ ފުލުހުން ބުނިގޮތުގައި، 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ބުނެފައިވެ އެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ޙަބަރު

އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލީބާބާ ޑޮޓް ކޮމްއާ ގުޅިގެން، ދިވެހި ވިޔަފާރިވެރިންނަށާއި އީ-ކޮމާސްއަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕަށް 488 ފަރާތަކުން ރެޖިސްޓާ ކޮށްފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ބުނެފި އެވެ. “އެތެރެފުށާ” ވާހަކަދައްކަވަމުން ބީސީސީގެ އެގްޒެކެޓިވް ބިއުރޯގެ އެޑްމިން އޮފިސަރު އަހުމަދު އަލާއު އިސްމާއީލް މިއަދު ވިދާޅުވީ މި މަހުގެ 16 ވަނަ ދުވަހު ކުރިއަށްދާ މި ސެމިނާ އޮންނާނީ އޮންލައިންކޮށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ […]

ޙަބަރު

ރ. މާކުރަތުގައި ގާއިމުކުރާ ޕޮލިސް ޕޯސްޓު މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. އެ މަޝްރޫއުގެ އަދާހަމަ ހިއްސާކުރަމުން އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ރޫފިންގެ މަސައްކަތާއި ބޭރު ފާރުގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ. މާކުރަތުގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުނީ މިއަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެވެ. އެ ދަތުރުފުޅުގެ […]

ޙަބަރު

ނ. މަގޫދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. އެ މަޝްރޫއުގެ އަދާހަމަ ހިއްސާކުރަމުން އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ބީމްގެ މަސްއްކަތްތައް ކަމަށެވެ. އެމްޓީސީސީގެ ވެބްސައިޓުން ފެންނަ ގޮތުގައި މިހާރު އެ މަޝްރޫއުގެ 4% މަސައްކަތް ވަނީ ނިންމާލެވިފަ އެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓު މޯބަލައިސްކުރީ […]

ޙަބަރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓު ލިބުނު މީހުންގެ ތެރެއިން 588 މީހަކު ޑިޕޮސިޓް ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ން ހާމަކޮށްފި އެވެ. ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކަށް އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން މިހާރު ފަށާފައިވާއިރު ބައެއް ތަންތަނުގެ ތަޅުދަނޑި ހަވާލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެންމެ ފުރަތަމަ ހަވާލުކުރަނީ އެ ކުންފުނިން ބުނިގޮތުމާން އުދަރެސް މަޝްރޫއުގައި ހިމެނޭ 16 ޓަވަރުގެ ތެރެއިން 14 ވަނަ ޓަވަރުގެ ޔުނިޓްތަކުގެ ތަޅުދަނޑިތަކެވެ. މިހާތަނަށް 3000 އަށްވުރެ […]

ޙަބަރު

އާމްދަނީ އާއި ހިލޭ އެހީ 7.8 އިންސައްތަ އިތުރުވެ، ދައުތަލުން ކޮށްފައިވާ ޚަރަދުތައް 15.5 އިންސައްތަ ދަށަށް ހިނގައްޖެއެވެ. ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ، މިދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، މިދިޔަ ހަފްތާގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 26.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އަށް އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ […]

ޙަބަރު

މި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި 1،306 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. އެމްޕީއެލް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 31 އޮގަސްޓު އިން 06 ސެޕްޓެންބަރާ ދެމެދު ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި 20 ފޫޓުގެ 452 ކޮންޓެއިނަރާއި 40 ފޫޓުގެ 427 ކޮންޓެއިނަރު ހިމެނެއެވެ. މި މުއްދަތުގައި ކްލިއާކުރި މުދާތަކަށް ބަލާއިރު، އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ. އެގޮތުން 11،730 ޕެކޭޖުގެ ބިސް ކްލިއާކޮށްފައިވާއިރު، 7،160 […]

ޙަބަރު

މިދިޔަ ހަފުތާގައި މަސްވެރިން ކިރުވި މަހަށް 6.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް 160 ދޯންޏަކުން މަސްކިރުވާފައިވާއިރު، މަސްވެރިންނަށް ޖުމްލަ 6,374,926 ރުފިޔާ ދޫކޮށްފައިވެއެވެ. މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެގޮތުން އެދުވަހު 34 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަކަށް […]

ޙަބަރު

ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމުގެ ސިޔާސަތު ތަންފީޒުވެ، އޭގެ ނަތީޖާ ނެރެވިދާނެކަން މާފުށީ ކައުންސިލުން ސާބިތުކޮށްދެއްވައިފިކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މާފުށީގައި ބަނދެފައިވާ ސޭންޑް ބާޖް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރު އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމުގެ ހަރަކާތްތައް ފެށިގެން އައިތާ 15 ވަރަކަށް އަހަރުވެފައިވާކަން ފާހަގަކުރައްވާފައި ވެއެވެ. މިނިސްޓަރު ވިދާޅުވީ، ކައުންސިލްތަކަށް މާލީ […]

ޙަބަރު

އޮޑިޓަރ ޖެނެރަލް އޮފީހުގެ ހަ ފަންގިފިލާގެ އައު އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިަށްދާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތަކީ، 17426.40 އަކަފޫޓުގެ ސަރަހައްދެއްގައި ޖުމުލަ 77718.10 އަކަފޫޓުގެ ޖާގަ ލިބޭ ގޮތަށް ތަރައްގީ ކުރާ އިމާރާތެކެވެ. ހަ ފަންގިފިލާގެ މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫއުގެ އަދާހަމަ ހާމަކޮށް އެމްޓީސީސީން ބުނީ، މި މަޝްރޫއުގައި މިހާރު ކުރިޔަށްދަނީ […]