ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފިއެވެ. ރައީސް އޮފީހުން ބުނީ އި ކައުންސިލް ހައްދާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުކަމަށެވެ. މި ކައުންސިލް އުފައްދާފައިވަނީ، “މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން” ތަސައްވުރު ގާއިމުކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފަިއވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ފަހިކޮށްދީ، ލަފާދީ، އެ މަސައްކަތްތައް ބެލެހެއްޓުމުގެ މްގަސަދުގައެވެ. މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަ ވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މޯލްޑިވްސް 2.0 އަކީ، ޑިޖިޓަލް ދާއިރާއިން، ދިވެހިރާއްޖެއަށް އިންގިލާބީ އަދި އިސްލާހީ ބަދަލުތަކެއް ގެނައުމުގެ […]
ޙަބަރު
ފަހުގެ ޚަބަރުތައް
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ތިލަފުށީގައި ގާއިމްކުރި “އެމްޕްޓީ ކޮންޓޭނަރ ޑީޕޯ” އެކުންފުނީގެ އޮޕަރޭޝަންސްތަކުގައި މިއަދުން ފެށިގެން ބޭނުންކުރަން ފަށައިފިއެވެ. ޖުމްލަ 2400 ޓީއީޔޫގެ މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާރިމަނަލްގެ އޮޕަރޭޝަންސްއަށް ދިމާވެފައިވާ މައްސަލަތަކަށް ބޮޑު ލުއިއެއް ލިބިގެންދާނެކަމަށް އެމްޕީއެލްއިން ބުނެއެވެ. މި ޑީޕޯގެ ޖުމްލަ ކެޕޭސިޓީއަކީ 2400 ޓީއީޔޫސް އެވެ. ތިލަފުށީގައި ގާއިމްކުރި “އެމްޕްޓީ ކޮންޓޭނަރ ޑީޕޯ”ގައި 60 މީޓަރު ކި ވޯލެއް […]
ތިން ގައުމަކުން ފަލަސްތީީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ނިންމުމުން ރާއްޖެއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ. އިނގިރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާއިން ވަނީ ރަސްމީކޮށް ފަލަސްތީނުގެ ދައުލަތް ބަލައިގަނެފައެވެ. އެކަމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، މިއީ ސުލްހައާއި ހަމަޖެހުމަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށެވެ. މިކަމުން ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމާމެދު ގައުމުތަކުގެ މެދުގައި ހިޔާލު އެއްގޮތްކަން ހާމަވާކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. މިހާތަނަށް ފަލަސްތީނުގެ ދައުލަތް ބަލައިގަނެފައިނުވާ ގައުމުތަކުންވެސް […]
މ. ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތެއް އަޅަން ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިއްގަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. ދިއްގަރުގައި ހޮސްޕިޓަލް އިމާރާތް އަޅަން ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެެވެ. މިމަޝްރޫއުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަހުމަދު ސައުދީއެވެ. މި މަޝްރޫއުގެ ދަށުން، […]
މ. ދިއްގަރުގެ ތަރައްގީއަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ފަތުރުފުޅުގެ ތެރެއިން، ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެންމެ މުހިންމު މަޝްރޫއުއެއްގޮތެއްގައި ދިއްގަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަވައިދެއްވާނެކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއު އަމަލީގޮތުން ފެށިގެންދާއިރު، މިހާރު އެއްބަސްވުމުގައި ހިމެނޭ އަދަދަށްވުރެ އިތުރަށް ހައުސިން ޔުނިޓް އިމާރާތްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިމަޝްރޫއުއިން، އާބާދީ އެއްފަސްކުރުމުގެ ސިޔާސަތަށްވެސް ފަހިވެގެންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް […]
މ. މުލަކު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމީއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި މިމަސައްކަތް ފައްޓަވައިދެއްވީ، ހެލެތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. މި މަޝްރޫއު ކުރިޔަށްގެންދިޔުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. މިމަޝްރޫއުގެ އެއްބަސްވުމުގައި […]
2026 ވަނަ އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް ހާއްސަކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަތޮޅު މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ސަރުކާރުން ހުށަހަޅުއްވަނީ، 2026، 2027 އަދި 2028 ވަނަ އަހަރުގެ ދެތިން މަސް ހިމެނޭ ގޮތަށް، މުޅި ރާއްޖޭގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ނިންމުމަށްކަމަށެވެ. މިއީ ސަރުކާރާއި އަމިއްލަ […]
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ބެއިޖިންގް ކެޕިޓަލް އެއާލައިންސްއަށް މިއަދު ހިދުމަތް ދޭން ފަށައިފި އެވެ. މިކަން ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އާދިލް މޫސާއެވެ. މިއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ޗައިނާގެ ފުރަތަމަ އެއާލައިނެވެ. އަދި އެ ޓާމިނަލުން ހިދުމަތް ދޭން ފެށި ފަސްވަނަ އެއާލައިން ވެސް މެ އެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ […]
ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. ރައީސް މިފަދައިން ވިދާޅުވީ، ރާއްޖޭގެ 4 އަތޮޅަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ދަރަނބޫދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބޭއްވި މަޝްވަރާ ބައްދަަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. މި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ އެރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ނުހުއްޓާ، ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި […]
އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަނުގެ މަތީ ފަންތީގެ ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލާއި ފަތުރުވެރިކަމާ ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އެމެރިކާގެ ނިއުޔޯކަށް ހޮނިހިރު ދުވަހު ފުރާވަޑައިގެންފި އެވެ. މި އަހަރުގެ މަތީފަންތީގެ ހަފްތާ ކުރިއަށްދާނީ ސެޕްޓެމްބަރ 22 އިން 30 އަށެވެ އަދި އާންމު ބަހުސް އޮންނާނީ ސެޕްޓެމްބަރ 23 އިން 29 އަށެވެ. މި ދަތުރުފުޅުގައި ދެ ވަޒީރުން މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލު ކުރައްވާނެ […]
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ވަގުތީ ގޮތުން ހިންގާ ފަސް މެމްބަރުންގެ ކޮމިޓީއެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން މިއަދު އެކުލަވާލައިފި އެވެ. ވަގުތީ ކޮމެޓީއަށް މެންބަރުން އައްޔަންކުރުމަށް މިއަދު ސިވިލް ސާވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި، ކޮމެޓީއަށް އައްޔަންކުރެވުނު މެންބަރުންނާ މަސްއޫލިއްޔަތުތައް ޙަވާލުކޮށް، ކޮމިޝަނުގެ މެންބަރުން ވަނީ އެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރައްވާފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ އާ މީޑިއާ ކޮމިޝަނަށް އައްޔަނުކުރަންދެން، […]
ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގ ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅެނިކޮށް ސްޓެލްކޯ އިން ބުނެފި އެވެ. ރޭ މެންދަމު 3:30 އިން ފެށީގެން ގާތގަނޑަކަށް ދޮޅު ގަޑި އިރަށް ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނެވެ. ކަރަންޓު ކެނޑުނީ ފޭސް 2 ގެ އެމްޕީއެލް ޓަވަރުތަކާއި ވިނަރެސް ޓަވަރު ސަރަހައްދުންނެވެ. މެދުކެނޑުނު ކަރަންޓުގެ ޚިދުމަތް އަނބުރާ ދޭން ފެށިފައިވަނީ ފަތިހު 4:56 ހާއިރުއެވެ. ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އެ ސަރަހައްދުން ކަރަންޓު […]











