ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ގާނޫނީ ވަކީލުންނަށް ރަސްމީ ލިޔުންތަކާއި، ތައުލީމީ ސެޓްފިކެޓުތަކާއި ސަނަދުތަކުގައި އަސްލާ އެއްގޮތް ކަމުގެ ތަތްގަނޑު ޖެހުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ބާ ކައުންސިލުން ބުނެފިއެވެ. ބާ ކައުންސިލުން މިހެން ބުނެފައި މިވަނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން މިފަހުން ނެރުނު “މޯލްޑީވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތަތްގަނޑު ޖެހުމާ ގުޅޭ އުސޫލާ” ގުޅިގެންނެވެ. ގާނޫނީ ފަންނުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގައި […]
ޙަބަރު
ފަހުގެ ޚަބަރުތައް
މ. ކޮޅުފުށީގެ މަގުތަކުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންްޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަަވައިދެއްވީ، ރައީސް މިއަދު ކޮޅުފުށްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ކޮންސްޓްރަކްޝަން މިިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބެވެ. މި މަޝްރޫއުގެ ދަށުން، ކޮޅުފުށީގައި 3.8 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ކޮޅުފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން މިއަދު ވަނީ، އެރަށު […]
ކަފިހިހުރަސްމަތިން މަގުހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން ކާރު މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓުގެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:30 ހާއިރުކަމަށެވެ. ހުޅުމާލެ ފޭސް ދޭއްގެ ހިތިގަސްމަގު، އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރުންޖެހި އެ މީހާ ވެއްޓުމުން ކާރު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި […]
މާލެއާއި ވިލިމާލޭގައި ހިންގާ ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ. މިއީ، މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެން ކުރިޔަށްގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި އިންސްޕެކްޓްކުރާނީ ސައި ހޮޓާތަކާއި، ކެފޭތަކާއި ރެސްޓޯރެންޓްތަކާއި، ޓޭކްއަވޭ ތަންތަނުގެ އިތުރުން، ކާބޯތަކެތީގެ ހިދުމަތް ދިނުމަށް އެމްއެފްޑީއޭ އިން ހުއްދަ ދީފައިވާ އެހެނިހެން ތަންތަނާއި، އެމްއެފްޑީއޭގެ ހުއްދަ ނުނަގައި ގަވާއިދާ ހިލާފަށް، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންނަނެވެ. މި އޮޕަރޭޝަންގެ ތެރެއިން އެމްއެފްޑީއޭގެ ހުއްދަ […]
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ހާލަތާ ގުޅޭގޮތަށް ބަދަލުވުމަކީ ގައުމީ ބުރައެއް ނޫން ކަމަށާއި، އެއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ. ތާރިގް މިހެން ވިދާޅުވީ، ‘ކޮޕް30’ގެ ކުރިން ބޭއްވި “މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހާލަތާ ގުޅޭގޮތަށް ބަދަލުވުމާ ބެހޭ މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުން: އެޑެޕްޓޭޝަންގެ ތަންފީޒުކުރުމާއި އިންވެސްޓްމަންޓް އަވަސްކުރުން” ބައްދަލުވުމުގައެވެ. މިނިސްޓަރު ތާރިގް ވިދާޅުވީ، “އެޑެޕްޓޭޝަން” ނުވަތަ ހާލަތާ ގުޅޭގޮތަށް ބަދަލުވުމަކީ […]
މުލީގައި އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. އެމަނިކުފާނު މިކަމުގެ ޔަގީންކަންދެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މުލީގައި އެޅުމަށް ނިންމާފައިވާ 300 ހައުސިންގ މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދެފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، އަންނަ އަހަރުގެ ފެބުރުއަރީ މަހު […]
މުލަކަތޮޅު މުލީ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ. މި މަޝްރޫއުގެ ދަށުން، 363 […]
ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ޕީއޯއެސް ޓަރމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ދުވަސްކަމަށްވާ، ނޮވެމްބަރު 11 […]
“މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028′ – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޯމޭޝަން” މަގުޗާޓުގައިވާ ކަންކަން އުސޫލުތަކުގެ ތެރެއިން ތަންފީޒުކުރުމަށް އުފެއްދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް ނުވަ މެމްބަރަކު އައްޔަންކުރައްވައިފިއެވެ. ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ކައުންސިލުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ: 1- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަލީ އިހްސާން 2- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު 3- މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ އިސްމާއީލް ޝަފީއު […]
މ. ރަތްމަންދޫ ރައްޔިތުން އެހެން ރަަށަކަށް ބަދަލުކޮށްދިނުމަށް އެރަށު ރައްޔިތުން އެދިއްޖެއެވެ. އެރަށު ރައްޔިތުން މިކަމަށް އެދިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، އެރަށަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު، ރަތްމަންދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި މަޝްވަރާ ބައްދަލުކުރެއްވުމުގައި، ރަތްމަންދޫ ރައްޔިތުންގެ އާންމު އިޖުތިމާއީ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަން ރައީސްއާ ހިއްސާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރަތްމަންދޫގެ […]
އެންމެ އިސްކަމެއްދެއްވައިގެން ކުރިއަށް ގެންދަވާނެ އުމްރާނީ ތަރައްގީގެ މަޝްރޫއަކީ، މ. މަޑުއްވަރީގައި އައު ނިވައި ބަނދަރެއް ތަރައްގީކޮށްދެއްވުން ކަމަށާ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، އަހަރު ކުރީކޮޅުގެ ތެރޭގައި އެ މަސައްކަތް ފައްޓަވައިދެއްވާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މަޑުއްވަރީއަށް ވަޑައިގެން އެ ރަށުގެ އިސްވެރިންނާއި، ރައްޔިތުންނާއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި […]
ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކޮށްފިއެވެ. ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޝިއަންގްވާ، ބީއެމްއެލްގެ ޗެއަރޕާސަން އަހުމަދު އަލީ ހަބީބު އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދު ބީއެމްއެލްއިން ތައާރަފްކުރި ހިދުމަތްތައް: ޗައިނީސް ޔުއާން އެކައުންޓް: އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް […]











