ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދިން ފައިސާއަށް ހިޔާނަތްތެރިވިކަން ސާބިތުވެެ، އެއެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. ބައްސާމްގެ މައްޗަށް ދައުވާކޮށްފައިވަނީ، އެފްއޭއެމްގެ އެކިއެކި ކަންކަމަށް ހަރަދުކުރުމަށް 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 10،000 ޑޮލަރު އޭނަގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. މި މައްސަލާގައި ބައްސާމްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ހިޔާނާތުގެ ކުށުގެ […]
ޙަބަރު
ފަހުގެ ޚަބަރުތައް
އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފި އެވެ. ރައީސްގެ މި ދަތުރުފުޅުގައި، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ 10 ރަށަކަށް ވަޑައިގެންނެވި އެވެ. އެގޮތުން، ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދޫ އަށް ޒިޔާރަތްކުރައްވާފައިވެ އެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް […]
އދ. މަންދޫގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން، އެންމެ ބޮޑު އިސްކަމެއްދެއްވާނީ ސްކޫލްގެ ބާރަ ކްލާސްރޫމްގެ މަޝްރޫއުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އދގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ތުރުފުޅުގައި އެންމެ ފަހު ރަށް ކަމަށްވާ މަންދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ. ރަށު ކައުންސިލާއި، ރައްޔިތުންނާއެކު މިއަދު، މަންދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި މަޝްވަރާ ބައްދަލުކުރެއްވުމުގައި، މަންދޫ ރައްޔިތުންގެ އާންމު އިޖުތިމާއީ […]
ކުނބުރުދޫގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ އދ ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ކުނބުރުދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ. މި ބައްދަލުވުމުގައި ވަނީ ކުނބުރުދޫ ބިންހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އަދި ސްކޫލްގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއެވެ. މި މަޝްރޫއުތަކުގެ […]
އދ ކުނބުރުދޫ ސްކޫލުގައި ތިން ފަންގިފިލާގެ އައު އިމާރާތެއް ބިނާކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ރައީސް އދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުނބުުރުދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެެވެ. މި ރަސްމިއްޔާތުގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ އިސްމާއީލް ޝަފީއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. މި […]
އދ އޮމަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ފަށާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އޮމަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން، އޮމަދޫ ސިއްހީ މަރުކަޒަށް 16 […]
ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބި، މިހާތަނަށް ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކުގެ ގުރުއަތުނެގުން މިއަދު ކުރިޔަށްގެންދަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ. ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ފްލެޓް ލިބޭ މީހުން ކަނޑައެޅުމަށް 16 ނޮވެންބަރު 2023 ގައި ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި ބައިވެރިނުވާ މީހުންގެ މެދުގައި މިއަދު ގުރުއަތު ނެގުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން 73 އިން ފެށިގެން މަތިން މާރކްސް ލިބި ދެ ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކާއި، 76 އަށްވުރެ […]
ރާއްޖޭގައި ހުރި އެކި މައްސަލަތައް ހައްލުކުރުމަށް ގާނޫނ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، މަޖިލީހުގެ މިދައުރަށް ޖުމުލަ 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، އދ. މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މަޖިލީހުގައި މިހާރުވެސް 18 ބިލެއްގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މި އޮކްޓޫބަރު މަހު ފެށުނު ދައުރަށް 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާ، އޭގެ […]
އދ. ހަންޏާމީދޫއާ ކައިރީގައި އޮތް އުތުރުއަތަފަރަކީ ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އދ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ހަންޏާމީދުއަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ، ހަންޏާމީދޫއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއެރުން ހޯދަމުންދާ، އަދި ގެސްޓްހައުސް ވިޔަފާރީގައި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެ، އާމްދަނީ ހޯދަމުން އަންނަ، ރަށެއްކަން ފާހަގަކުރައްވާފައެވެ. މި […]
ޓްރާންސްނޭޝަނަލް ކުށްތަށް ހުއްޓުވުމަށް ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި ގާތް ގުޅުމެއް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާސީލް ނަވީން ވިދާޅުވެއްޖެ އެވެ. ސީޕީ މިހެން ވިދާޅުވީ ގަތަރުގެ ދޯހާގައި ބޭއްވި ދެވަނަ ސައިންޓިފިކް ސިމްޕޯޒިއަމްގައި ވާހަކަ ދައްކަވަމުންނެވެ. މި ސިމްޕޯޒިއަމްގައި ސީޕީ ނަވީން ވަނީ، ގާނޫނާ ހިލާފު އުކުޅުތައް ބޭނުންކޮށްގެން އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުން ދެނެގަތުމުގައި ފުލުހުގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ސީޕީ ވިދާޅުވީ، […]
އދ. ހަންޏާމީދޫގައި ތިން ފަންގިފިލާގެ އައު ސްކޫލް އިމާރާތެއް ބިނާކުރަން، މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އަށް ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު، އދ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހަންޏާމީދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ އިސްމާއީލް ޝަފީއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެެވެ. މި […]
އދ މާމިގިލީގައ،ި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްގީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ، ރައީސް އދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެއަތޮޅު މާމިގިއްޔަށް ވަޑައިގެން އެރަށު ރައްޔިތުުންނަށް ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ. މާމިގިލީގައި ތަރައްގީކުރާ […]











