ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން މިއަދު އައްޔަނުކުރައްވައިފި އެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަނުކުރައްވާފައިވަނީ ބ. ތުޅާދޫ، ގުލްބަހާރުގެ އިބްރާހީމް އަފީފު އަދި ޓްރައިބިއުނަލްގައި ގާނޫނީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރުކަމަށް ދ. މީދޫ، އަކިރިވިލާ ޝަވްފާ އިބްރާހީމެވެ. ރައީސް، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މި ދެ މެންބަރުން އައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ދެ ބޭފުޅުންނަށް ރުހުން ދެއްވާފައެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ […]
ޙަބަރު
ފަހުގެ ޚަބަރުތައް
ކަނޑިތީމު ސިއްހީ މަރުކަޒު ތަރައްގީކުރާނީ 20 އެނދުގެ ޖާގައާއެކު، މިހާރަށް ވުރެ ފުޅާ ސްކޯޕެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ށ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ސިއްހީ މަރުކަޒުގެ ސްކޯޕްފުޅާ ކުރުމާއެކު، ސަރަޙައްދީ ވިސްނުންފުޅެއްގައި ކަނޑިތީމުގެ ސިއްހީ މަރުކަޒު ތަރައްގީކުރުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ހަގީގަތަކަށް ހެދުމަށް، އިތުރު ބާރަކަށް […]
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓެއް ރިޝްވަތަށް އެދިފައިވާ މައްސަލައިގައި އޭނައަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް، މުއާޒު އަލީގެ މައްޗަށެވެ. އޭސީސީން ހުށައަޅާފައިވަނީ، ގާނޫނުލްއުގޫބާތުގެ ދަށުން އެނގިހުރެގެން މަންފާއަކަށް އެދުމާއި، ގަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާއެވެ. މިއީ، 2018ވަނަ އަހަރު […]
އަންނަ އަހަރު ނިމުމުގެ ކުރިން، ހެލްތް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ސިއްހީ ގޮތުން ހަދަންޖެހޭ ޓެސްޓުތައް ހުރިހާ ރަށެއްގައި ހެދޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ށ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެއަތޮޅު ނޫމަރާއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވައިގެން ތަރައްގީކުރާ އެއް ދާއިރާކަމަށެވެ. އެގޮތުން، އިންސާނީ ވަސީލަތުގެ […]
އައްޑޫސިޓީގެ ހަންކެޑެގައި ރިސޯޓެއް ރިސޯޓެއް ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ. ހަންކެޑެގައި ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގުމަށް އެރަށް ޓޫރިޒަމް މިނިސްޓްރީއަށް ހަވާލުކުރީ މިމަހު އެއް ވަނަ ދުވަހުގައެވެ. އެއާއެކު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ޓުއަރިޒަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ދަށުން އައްޑޫ ސިޓީ ހަންކެޑެ ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އިންޓަރގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ކަމަށެވެ. އެގޮތުން މަދުވެގެން 1000 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށް […]
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެމްބަރުންގެ މަގާމަށް 10 މީހަކު ކުރިމަތިލައިފި އެވެ. މީޑިއާ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ހޮވާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ނެވެ. ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލުމުން 10 މީހަކު އެ މަގާމަށް ކުރިމަތިލާފައި ވެއެވެ. އޭތެރޭގައި ކުރިން މޯލްޑިވްސް މީޑިއާ ކަައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަން ކުރެއްވި […]
މިލަދުންމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ. ރައީސްގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު […]
ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ 50 މީހުން ހޮވައިފި އެވެ. އިސްލާމިކް މިނިސްޓްރީން މިއަހަރުވެސް އެފުރުޞަތު ލިބޭ މީހުން ހޮވާފައިވަނީ ގުރުއަތުންނެވެ. މިކަމަށް ހާއްސަކޮށްގެން މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި، ގުރުއަތު ނަގާފައިވަނީ ސަރުކާރުގެ އެހީގައި ހައްޖަށް ފޮނުވާ 50 ފަގީރުންނާއި، އެއްވެސް ހާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުސަތުދޭނެ 25 މީހުންނެވެ. ސަރުކާރުގެ ހަރަދުގައި ޙައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި […]
މިދިޔަ ހަފްތާގައި އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލުނުކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ސެޕްޓެންބަރު މަހުގެ 28 އިން އޮކްޓޫބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް ހުށަހެޅިފައިވެއެވެ. މިމައްސަލަތަކުގައި ޖުމްލަ 318،342.50 ރުފިޔާ ގެއްލިފައިވާއިރު، މިފައިސާގެ ތެރެއިން ޖުމްލަ 221،243.33 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. މި މުއްދަތުގައި ހުށައެޅި މައްސަލަތަކަށް ބަލާއިރު، ސްކޭމްގެ އެންމެ ގިނައިން ހުށައަޅާފައިވަނީ އިކޮމާސް […]
މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން އެމީހާއަށް ބިރުދައްކައިގެން ފައިސާތަކެއް ހޯދި މައްސަލައެއްގައި ދެ ޒުވާނަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ، ބަޔަކު މީހުން ވެގެން ހުޅުމާލޭ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި މާރާމާރީ ހިންގައި، އޭނާ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ ހޯދުމަށްފަހު އިތުރަށް ފައިސާ ހޯދަން އުޅެފައިވާ ކަމަށެވެ. މިކަން ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގަ އެވެ. މި މައްސަލާއާ ގުޅިގެން […]
މިދިޔަ ސަރުކާރުން ވިއްކި 500 މިލިއަން އެމެރިކާ ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓަށްވާ ފައިސާގެ ގޮތުގައި 24.6 މިލިއަން އެމެރިކާ ޑޮލަރު ދައްކައިފިއެވެ. މި ސުކޫކުގެ ކޫޕަން ފައިސާ ދައްކަންޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރިލް އަދި އޮކްޓޯބަރު މަހުއެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ އޭޕްރިލް 2026 ގައެވެ. ފިނޭންސް މިނިސްޓްރީން ބުނީ، ސްކޫކަށް އަނބުރާ ފައިސާ ދެއްކުމުގެ ތާވަލާ އެއްގޮތަށް، ސަރުކާރުން އެންމެ ފަހުގެ ކޫޕަން ފައިސާގެ […]
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާ އާންމު ވޯޓު ނެގުން މިމަހުގެ 25 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ވަނީ ހުށައަޅުއްވާފަ އެވެ. އެހެންކަމުން އެސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރުމަށް ރައީސް ނިންމެވީ މިިދޔަ […]











