އަންނަ އަހަރު ރާއްޖެ އަށް 2.4 މިލިއަން ޓޫރިސްޓުން ގެންނަންް ޓޫރިޒަމް މިިނިސްޓްރީން އަމާޒު ހިފައިފި އެވެ. މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުންނެވެ. މިހާތަނަށް 1.8 މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު، އަހަރު ނިމެން މިހާރު އޮތީ ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަހެވެ. އެހެންވެ ޓާގެޓް ހާސިލު ކުރުމަށް 400،000 އަށް ވުރެ ގިނަ ޓޫރިސްޓުން ބޭނުންވެ އެވެ. މިހާރު ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އަންނަނީ 6،579 ޓޫރިސްޓުންނެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ […]
ޙަބަރު
ފަހުގެ ޚަބަރުތައް
ކެއިންބުއިމުގެ ރަނގަޅު އާދަތަކާއި ހޭލުންތެރިކަމުގެ މައުލޫމާތު ފޯރުކޮށްދޭން މަސައްކަތް ކުރާއިރު، ކާބޯތަކެތި ވިއްކާ ތަންތަނުން ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭ ކާނާ ލިބެން ހުންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ”ދުޅަހެޔޮ ދިރިއުޅުން އުފާވެރި މުޖުތަމައު” ކެމްޕެއިން އިފްތިތާހްކުރުމަށް މާލެ އަތޮޅު ގުރައިދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ސާޖިދާގެ ވާހަކަފުޅުގައި، ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތަކާ ބެހޭ ގޮތުން މައުލޫމާތު ދޭއިރު، އެ ފަދަ އަމަލުތަކަށް […]
ވޭޕާ ގުޅުން ހުރި ކަންކަމުގައި މިދިޔަ މަހު 220،000 އަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. އެ އިދާރާއިން އާއްމުކުރި މިދިޔަ މަހުގެ ތަފާސްހިސާބު ދައްކާގޮތުން، ވޭޕް/އީ-ސިނގިރޭޓު ބޭނުންކުރުމުގެ ފަސް މައްސަލައަކާއި އެތަކެތި ގެންގުޅުމުގެ 15 މައްސަލައެއް ހުށައަޅާފައި ވެއެވެ. އަދި ވޭޕް ވިއްކުމާއި ގަތުމުގެ ދެ މައްސަލައާއި އެކަމާ ގުޅުން ހުރި ތިން މައްސަލައެއްވެސް ރިޕޯޓުކޮށްފައި ވެއެވެ. އެ މައްސަލަތަކާ ގުޅިގެން މިދިޔަ މަހު 35 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް […]
ސައުދީ އަރަބިއްޔާގައި ކިޔަވަން ދިވެހިންނަށް 318 ސްކޮލަޝިޕްގެ ފުރުސަތު އެ ގައުމުން ހުޅުވާލައިފިއެވެ. ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނީ އެ ގައުމުގެ ޔުނިވާސީޓީތަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް 11 ދާއިރާކުން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މީގެ ދަށުން ސައުދީ އަށް ގޮސްގެންނާއި ރާއްޖޭގައި ހުންނަ ސައުދީ އިމާން ޔުނިވަސިޓީގައި ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. ސްކޮލަރޝިޕްތައް ހުޅުވާލި ދާއިރާތަކަކީ ބިޒްނަސް މެނޭޖްމަންޓް، މީޑިއާއާ ގުޅުން ހުރި ދާއިރާތައް، ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް، ލޯ ސައިންސް، […]
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 9 އިންސައްތަ އިތުރުވެފައިވާކަމަށް ޓޫރިޒަމް މިިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެެއަށް 1،853،495 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، މި ހިނގާ ނޮވެމްބަރު މަހުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖެއަށް 26،561 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 12.6 އިންސައްތަ އިތުރު އަދެދެކެވެ. މިދިޔަ […]
ލޭންޑިން ކްރާފްޓާއި ޓަގު ބޯޓު ދުއްވުމުގައި އިތުރަށް ސަމާލުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދިއްޖެ އެވެ. މިނިސްޓްރީން މިކަމަށް އެދިފައި މިވަނީ، މި މަހުގެ ދެވަނަ ދުވަހު ލޭންޑިންގ ކްރާފްޓަކަށް ދެ އެކްސްކަވޭޓަރު ބަރުކުރުމުގެ ތެރޭގައި، ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި އެމްޕީއެލްގެ ދެ މުވައްޒަފަކު ވަނީ ނިޔާވެފައިވާ ދަނޑިވަޅެއްގަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ލޭންޑިންގ ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރުމުގައި […]
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީގު ބިން ފައުޒާން އަލްރާބިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މިދަތުރުފުޅުގައި ސައުދީގެ ހައްޖު އަދި އުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީގާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ކަމަށާއި އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސަރުކާރާއި ސައުދީ ސަރުކާރާއި ދެމެދު 1447 ވަނަ އަހަރުގެ ހައްޖު އެއްބަސްވުމުގައި […]
އައްޑޫގެ އެކި ހިސާބުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް، ގިނަ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އަޢްޑޫ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެވެ. އެގޮތުން، އެމަނިކުފާނު އައްޑޫ ހިތަދޫ އަށް ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިމާޖެންސީ އޮޕަރޭޝަން ސެންޓަރަކާއި ނެޝަނަލް ލައިބްރަރީގެ ގޮތްޕެއް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފަ އެވެ. ހިތަދޫ […]
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބަނދަރު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި އެކްސްކެވޭޓަރު އެރުވުމަށް ކޮންސައިނީ (މުދާ އެތެރެކުރި ފަރާތް) ހަމަޖެއްސި ލޭންޑިންގ ކްރާފްޓް ދުއްވަން އިނީ ލައިސެންސް ނެތް މީހެއްކަމަށް އެމްޕީއެލްއިން ބުނެފި އެވެ. މި މަހުގެ ދެވަނަ ދުވަހު ލޭންޑިންގ ކްރާފްޓަކަށް ދެ އެކްސްކަވޭޓަރު ބަރުކުރުމުގެ ތެރޭގައި، ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި އެމްޕީއެލްގެ ދެ މުވައްޒަފަކު ވަނީ ނިޔާވެފަ އެވެ. މި ހާދިސާއާ ގުޅިގެން އެމްޕީއެލްއިން ވަނީ އެތެރޭގެ ތަހުގީގެއް ފަށާފަ […]
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ފެސިލިޓީތައް ބީއެމްއެލް މޯބައިލް އެޕްލިކޭޝަންއާއި ގުޅުވާލައި އެސްޑީއެފްސީގެ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފިއެވެ. މަރުޙަލާތަކަކަށް ބަހާލައިގެން ފަށާފައިވާ މި އިންޓަގްރޭޝަނާއިއެކު، އެސްޑީއެފްސީގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ ފެސިލިޓީގެ މައުލޫމާތު ފަސޭހައިން ބެލުމާއި، ބީއެމްއެލް އެޕްގައި ހިމެނޭ ބިލްޕޭ ފީޗަރ މެދުވެރިކޮށް ފެސިލިޓީއަށް ފައިސާ ދެއްކުމުގެ ހިދުމަތް މިހާރު ލިބޭނެ އެވެ. މި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ފަސޭހަ އަދި ރައްކާތެރިގޮތެއްގައި މާލީ މުއާމަލާތް ކުރުމުގެ […]
ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ ވިއްކި ކަމުގެ ތުހުމަތުގައި ހުޅުމާލޭން ބަޔަކު ރޭ ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ އެމްޕީއެލް ކޮންޓެއިނަރ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައިކަމަށެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް ފަސް މީހުންނެވެ. މި މީހުން ހައްޔަރުކޮށް، ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައިފާސްކުރިއިރު ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. […]
ސަރުކާރުން ބޭނުންވަނީ، ވީހާވެސް ގިނަ މަޝްރޫއުތައް އަމިއްލަ ފަރާތްތަކާ ހަވާލުކޮށް، ރައްޔިތުން މުއްސަނދިކުރުވަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ. ރައީސް މިފަދައިން ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި، އެކިއެކި ދާއިރާތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 206 މަޝްރޫއުއެއް ކުރިޔަށްގެންދިޔުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކުރި އެވެ. އެގޮތުން ޖުމްލަ ނުވަ ދާއިރާއަކުން މަޝްރޫއުތައް ކުރިޔަށްގެންދަން ތަފާތު 53 ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ. ރައީސް […]











