ޙަބަރު

ވީޑިއޯއިން ފެންނަނީ ވެރިފަރާތުން ހަވާލުނުވުމުން ނައްތާލާ އުޅަނދުތަކެއް: ފުލުހުން

ރައީފާ އަބްދުއް ރައޫފް

1 މިނިޓުއަޕްޑޭޓުކުރީ
ވީޑިއޯއިން ފެންނަނީ ވެރިފަރާތުން ހަވާލުނުވުމުން ނައްތާލާ އުޅަނދުތަކެއް: ފުލުހުން

ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ވެރިފަރާތުން ހަވާލުނުވުމުން ނައްތާލާ އުޅަނދުތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

މި ވީޑިއޯއާ ގުޅިގެން އާއްމުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު މިކަމާ ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ މި ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ ޓޯކޮށް، ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި އުޅަނދުތަކުގެ ވެރިފަރާޓުން ހަވާލު ނުވެ ހުރި އުޅަނދުތަކެއް ކަން ސާފުކޮށްދީފަ އެވެ.

އެހެންވެ، މި އުޅަނދުތަކަކީ ގާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު ނައްތާލަން ރަސްމީކޮށް ހުއްދަ ދެވިފައިވާ އުޅަނދުތަކެއްކަމަށް ވަނީ ބުނެފައެވެ.

ވީޑިއޯއިން ފެންނަ މަންޒަރަކީ އެ އުޅަނދުތައް ނައްތާލުމަށްޓަކައި ތިލަފުއްޓަށް ކުނީގެ ގޮތުގައި ގެންދިއުމަށް، ހުޅުމާލެ ފޭސް 2 އަކުން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް ގެންގޮސް ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރާ މަންޒަރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

 

 

ޝެއާ

ކޮމެންޓު