ޙަބަރު

ނިއޯނޭޓަލް ކެއާ ހަރުދަނާކުރަން އެ ދާއިރާއަށް އިންވެސްޓްކުރަން ޖެހޭ: މެޑަމް ސާޖިދާ

ރައީފާ އަބްދުއް ރައޫފް

1 މިނިޓުއަޕްޑޭޓުކުރީ
ނިއޯނޭޓަލް ކެއާ ހަރުދަނާކުރަން އެ ދާއިރާއަށް އިންވެސްޓްކުރަން ޖެހޭ: މެޑަމް ސާޖިދާ

ދިވެހިރާއްޖޭގައި ނިއޯނޭޓަލް ކެއާ ހަރުދަނާކުރުމުގެ ގޮތުން، ފަންނީ ކުރިއެރުމަށްއިންވެސްޓުކުރުން އިތުރުކުރަން ޖެހޭކަމަށް ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ނިއޯކެއަރ 2026 – ދަ މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއަރ އެކްސެލެންސް” ފެށުމުގެ ގޮތުން މިއަދު ހެނދުނު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ނިއޯނޭޓަލް ކެއާ ނުވަތަ އަލަށް އުފަންވާ، ދުވަސް ނުފުރާ ވިހާ ކުދިންނާއު ސިއްހީ ގޮތުން އެކި ބަލިތައް ތަހައްމަލުކުރާ އެންމެ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ފަންނީ ކުރިއެރުމަށް އިންވެސްޓްކުރުން އިތުރުކުރުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ. އަދި ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު، އެ ވަސީލަތްތައް ބޭނުންކުރާ މީހުންނަށް ކުރާ އިންވެސްޓްމަންޓްވެސް އެއާ އެއްވަރަށް އިތުރުކުރަންޖެހޭނެކަން ފާހަގަކުރެއްވިއެވެ.

ނިއޯނޭޓަލް ކެއަރގެ ހިދުމަތް ރަނގަޅުކުރުމަށް ހާއްސަ ވަސީލަތްތަކާއި، ޒަމާނީ އާލާތްތަކާއި، އަލަށް ވުޖޫދުވެގެން އަންނަ މެޑިކަލް ޓެކްނޮލޮޖީ މުހިންމުވީ ނަމަވެސް، ފައިދާހުރި ފަރުވާއެއް ދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ހުނަރުވެރި، ސިއްހީ ހިދުމަތްތެރިންކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން، މެޝިނަކަށް ހިތުގެ ވިންދު ބަލައިލެވުނު ނަމަވެސް، އެ ވިންދުން ދޭހަވަނީ ކޮންކަމެއްކަން ދެނެގަނެވޭނީ ތަމްރީނު ލިބިފައިވާ ސިއްހީ ފަންނީ ބޭފުޅަކަށްކަން ކަންމަށް ވިދާޅުވިއެވެ. އަދި ޒަމާނީ ނިއޯނޭޓަލް ޔުނިޓަކުން ކުރިއަރާފައިވާ އާލާތްތައް ލިބެން ހުރި ނަމަވެސް، އޭގެ އެންމެ ފުރިހަމަ ބޭނުން ހިފޭނީ ހުނަރުވެރި އަތްތަކަކާއި، ރަނގަޅު ނިންމުންތަކާއި، އޯގާތެރިކަމާއެކު ދެވޭ ފަރުވާގެ މައްޗަށް ބިނާކޮށްކަމުގައި ވިދާޅުވިއެވެ.

އެކުއްޖަކު ނިސްބަތްވާ ރަށަކަށް ނުވަތަ ހާލަތަކަށް ބެލުމެއްނެތި، ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށްވެސް، އެއް ފެންވަރެއްގެ ފަރުވާއެއް ލިބެންޖެހޭނެކަމަށް އެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

 

ޝެއާ

ކޮމެންޓު