ޙަބަރު

ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ހުމާލޭގެ ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފޯރުކޮށްދީފި އެވެ.

ހުޅުމާލޭ ފޭސް 1 ގެ، ޗަނބޭލީ ގޯޅީގައި 6 ފަންގިފިލާއަށް ހަދާފައި ހުރި އިމާރާތެއްގެ ތިރީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މިހާދިސާ ހިނގާފައި ވަނީ އެތަނުގައި ހުރި ކުނިތަކެއްގައި ރޯވެގެނެ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.

އަލިފާންގަނޑު ރޯވުމާއެކު، އެ އިމާރާތުގެ ކަރަންޓް ޕެނެލް ހަލާކުވުމުގެ ސަބަބުން އެ އިމާރާތުގެ ކަރަންޓު އެއްކޮށް ކެނޑިފައިވާ ކަމަށް އެންޑީއެމްއޭން ބުނެފައިވެއެވެ.

މި އިމާރާތުގެ 2 އެޕާޓްމަންޓަކުން 21 މީހުންނަށް އެންޑީއެމްއޭން ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސާފައެވެ.

އެންޑީއެމްއޭން ވަނީ މިދިޔަ ހުކުރު ދުވަހުގައި ހިޔާ ޓަވަރު5 ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު 85 މީހަކަށް ވެސް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

ޝެއާ

ކޮމެންޓު