ޙަބަރު

“ފްރީ ސްޓޯރޭޖް” އަށް 10 ދުވަސް ދެނީ

“ފްރީ ސްޓޯރޭޖް”ގެ މުއްދަތު ގޮތުގައި 10 ދުވަސް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދޭން ނިންމައިފިއެވެ. ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމަށާއ،ި އިގްތިސާދީ ގޮތުން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންވެންޝަނަލް ކާގޯ ވަގުތީ ގޮތުން ބެހެއްޓުމަށް މާލޭގެ ވިޔަފާރި ބަނދަރުގެ “އޯޕަން ސްޓޯރޭޖް އޭރިޔާ” ގައި މުދާ ސްޓޯ ކުރުމަށް ފްރީ ސްޓޯރޭޖް މުއްދަތެއް އޮވެ […]

ރައީފާ އަބްދުއް ރައޫފް

1 މިނިޓު
“ފްރީ ސްޓޯރޭޖް” އަށް 10 ދުވަސް ދެނީ

“ފްރީ ސްޓޯރޭޖް”ގެ މުއްދަތު ގޮތުގައި 10 ދުވަސް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދޭން ނިންމައިފިއެވެ.

ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމަށާއ،ި އިގްތިސާދީ ގޮތުން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންވެންޝަނަލް ކާގޯ ވަގުތީ ގޮތުން ބެހެއްޓުމަށް މާލޭގެ ވިޔަފާރި ބަނދަރުގެ “އޯޕަން ސްޓޯރޭޖް އޭރިޔާ” ގައި މުދާ ސްޓޯ ކުރުމަށް ފްރީ ސްޓޯރޭޖް މުއްދަތެއް އޮވެ އެވެ.

ކުރިން މި ސަރަހައްދުގައި ބަހައްޓާ ކޮންވެންޝަނަލް ކާގޯއަށް “ފްރީ ސްޓޯރޭޖް”ގެ ގޮތުގައި 5 ދުވަސް ދިން ނަމަވެސް މިހާރު މި މުއްދަތު 10 ދުވަހަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި މި ބަދަލާއެކު މުދާ އެތެރެކުރާ ފަރާތްކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިި ބަދަލުތަކަށް މާދަމާއިން ފެށިގެން އަމަލުުކުރާނެ އެވެ.

ޝެއާ

ކޮމެންޓު