ސިއްޙީ

މީޑިއާ ކޮމިޝަންގެ ރައީސް އައްޔަންކުރަން ކޮމިޓީއަށް ފޮނުވައިފި

Hafeez

1 މިނިޓުއަޕްޑޭޓުކުރީ
މީޑިއާ ކޮމިޝަންގެ ރައީސް އައްޔަންކުރަން ކޮމިޓީއަށް ފޮނުވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން އެންޑް މީޑިއާ ކޮމިޝަނަށް ރައީސަކު އައްޔަނުކުރުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

މީޑިއާ ކޮމިޝަނަށް މީޑިއާތަކުގެ ފަރާތުން އިންތިހާބުކުރާ ހަތަރު މެމްބަރުންނާއި މަޖިލީހުން އިއްޔެ ރުހުންދިން ތިން މެމްބަރުން ވަނީ މިހާރު އައްޔަނުކޮށްފައެވެ. ހަތް މެމްބަރުންގެ މައްޗަށް އެކުލަވާލެވޭ އެ ކޮމިޝަންގެ ރައީސްކަން ކުރައްވާނީ އޭގެތެރެއިން ކޮންމެވެސް އެއްބޭފުޅެކެވެ.

މީޑިއާ ކޮމިޝަނުގެ ރައީސް އައްޔަނުކުރާނީ މަޖިލީހުގެ ކޮމިޓީން އެބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު އަގުލަބިއްޔަތުން ކަނޑައަޅާ ފަރާތެކެވެ.

މީޑިއާތަކުގެ ފަރާތުން ކުރިމަތިލި މެމްބަރުންގެ އަދަދު މަދުވުމުން އިންތިހާބަކާ ނުލައި ހޮވުނު ހަތަރު މެމްބަރުންނަކީ ބްރޯޑްކޮމްގެ ކުރީގެ މެމްބަރު ޒަމްއަތު ވަހީދާއި ވަގުތު ނޫހުގެ ނޫސްވެރިޔާ އަދި ރާއްޖެ ޓީވީ ކުރީގެ ސްޓޭޝަން އިންޗާޖު ސިމާހާ ނަސީމްގެ އިތުރުން އުވާލެވުނު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފާއި އަބްދުލްއަޒީޒް އިބްރާހިމެވެ.

މަޖިލީހުން ރުހުންދީގެން އައްޔަނުކުރި މެމްބަރުންގެ ތެރޭގައި ހިމެނެނީ ސިވިސް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު މުހައްމަދު ފަރުޝަތާއި ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ ޝަފީގާއި ކުރީގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތެވެ.

ޝެއާ

ކޮމެންޓު