ޙަބަރު

އެމްޓީސީސީއަށް އަތޮޅުތެރޭގެ 22 މަޝްރޫއެއް ހިންގަން ހަވާލުކޮށްފި

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު ސޮއިކުރެއްވި އިރު، އެމްޓީސީސީ ގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

ހުސައިން އިސްމާއިލް

1 މިނިޓު

އުމްރާނީ ތަރައްގީގެ މުހިންމު 22 މަޝްރޫއެއް ހިންގުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު ސޮއިކުރެއްވި އިރު، އެމްޓީސީސީ ގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

މަޝްރޫއުތައް ކުރިއަށްދާނެ ރަށްތަކާއި ދާއިރާތައް:

މަގުހެދުމުގެ މަޝްރޫއުތައް:

އދ. ހަންޏާމީދޫ، ބ. ކަމަދޫ ، އަދި ކ. މާފުށި، ނ. މާޅެންދޫ، ރ. އަނގޮޅިތީމު، ރ. ވާދޫ، ށ. ކޮމަންޑޫ، ތ. ވަންދޫ

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް:

އއ. މާޅޮސް، ހއ. ތުރާކުނު، ހދ. ނައިވާދޫ، ހއ. ވަށަފަރު، އަދި ނ. މިލަދޫ.

ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަޝްރޫއުތައް:

ކ. ތުލުސްދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވިލުފުށި، އަދި ނ. ހޮޅުމީދޫ.

މޫދަށް އެރޭ ސަރަހައްދާއި ސްލިޕްވޭ ތަރައްގީކުރުން:

ހދ. ވައިކަރަދޫ (ސްލިޕްވޭ އަދި ބީޗް) އަދި ރ. ފައިނު (ބީޗް)

އިމާރާތްކުރުމުގެ މަޝްރޫއު:

ޏ. ފުވައްމުލަކު (9 ފަންގިފިލާގެ އޮފިސް ކޮމްޕްލެކްސް)

މި މަޝްރޫއުތައް ހިންގާ ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޝެއާ

ކޮމެންޓު