ސިޔާސީ

ރާއްޖޭގައި ހޮލިޑޭ ހޯމް ތަރައްގީކުރަން އަދާލަތު ޕާޓީން ތާއީދުކޮށް ގަރާރެއް ފާސްކޮށްފި

އެ ޕާޓީން މި ގަރާރު ފާސްކުރީ ރޭ ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ. ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި ބައިނަލްއަގުވާމީ ރިއަލް އެސްޓޭޓް މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ ބޭރު މީހުން ވަޒަންވެރިވާ ގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި އެފަދަ މަޝްރޫއުތައް އަމާޒުކުރަންވާނީ ޗުއްޓީ ހޭދަކުރުމަށް އަންނަ މީހުންނަށް ހޮލިޑޭ ހޯމް ފަދަ ވަސީލަތްތައް ފަހިކޮށްދިނުމަށެވެ.

ހުސައިން އިސްމާއިލް

1 މިނިޓު

ރާއްޖޭގައި ބޭރު މީހުންނަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް ހެދުމުގެ ބަދަލުގައި، ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް ހާއްސަކޮށް ހޮލިޑޭ ހޯމްސް ފަދަ ތަންތަން ގާއިމުކުރުމަށް އަދާލަތު ޕާޓީން ތާއީދުކޮށް ގަރާރެއް ނެރެފިއެވެ.

އެ ޕާޓީން މި ގަރާރު ފާސްކުރީ ރޭ ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ. ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި ބައިނަލްއަގުވާމީ ރިއަލް އެސްޓޭޓް މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ ބޭރު މީހުން ވަޒަންވެރިވާ ގޮތަކަށް ނޫނެވެ. އޭގެ ބަދަލުގައި އެފަދަ މަޝްރޫއުތައް އަމާޒުކުރަންވާނީ ޗުއްޓީ ހޭދަކުރުމަށް އަންނަ މީހުންނަށް ހޮލިޑޭ ހޯމް ފަދަ ވަސީލަތްތައް ފަހިކޮށްދިނުމަށެވެ.

އިސްލާމީ އުސޫލުތަކާ ހިލާފުނުވާ ގޮތެއްގެ މަތިން، މިފަދަ ރިއަލް އެސްޓޭޓް ނުވަތަ ހޮލިޑޭ ހޯމް މަޝްރޫއުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަކީ ގައުމުގެ އިގުތިސޯދު ސިންދަފާތުކޮށް، ހަރުދަނާ އަދި ވިލުންތެރި އިގުތިސޯދެއް ބިނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ޕާޓީގެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

ރަސްމާލޭގައި މިހާރު ފަށަން ތައްޔާރުވަމުންދަނީ މިފަދަ ބޮޑު މަޝްރޫއެކެވެ. މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ހިންގޭ އެންމެ ބޮޑު އެއް މަޝްރޫއަށް ވާއިރު، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދު އާ އުސްމިންތަކަކަށް ވާސިލުވެގެންދާނެ ކަމަށް ބެލެވެއެވެ.

ޝެއާ

ކޮމެންޓު