ހުޅުމާލެ ފޭސް 2′ ފުލެޓަކުން ވެއްޓުނު ކުއްޖަކަށް ފަރުވާ ދެނީ!
ހުޅުމާލެ ފޭސް 2 ގެ “އަމާން އުދަރެސް 2” ފްލެޓްގެ 3 ވަނަ ފަންގިފިލާއިން ބޭރަށް ވެއްޓުނު 16 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ މުއައްސަސާއަށް ލިބިފައިވަނީ މިއަދު ހެނދުނު 11:35 އެހައިކަންހާއިރުއެވެ. ފުލުހުން ބުނީ އިމާރާތުން ވެއްޓުނީ 16 އަހަރުގެ އަންހެން ކުއްޖެއް ކަމަށެެވެ.އެ ކުއްޖާ ފްލެޓުން ވެއްޓެން މެދުވެރިވި އަސްލު ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، […]











