ފަސްޓް ލޭޑީ

ޙަބަރު

އަންހެނުންގެ ސިއްހަތަށް ކުރައްވާ މަސައްކަތްޕުޅުތަކަށް މެޑަމް ސާޖިދާގެ ތައުރީފް

ޢާންމު ސިއްޙަތުގެ ދާއިރާއިން، ޚާއްޞަކޮށް އަންހެނުންގެ ސިއްހީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޕާކިސްތާނުގެ ފަސްޓް ލޭޑީ އަސީފާ ބުއްޓޯ ޒަރްދާރީ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ތަޢުރީފު ކުރައްވައިފިއެވެ. މެޑަމް ސާޖިދާ މިކަމަށް ތަޢުރީފު ކުރެއްވީ، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ އެކު މިއަދު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ. ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު “އައިވާން-އެ-ސަދްރު” ގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، […]

ޙަބަރު

ހަރުދަނާ ސިއްހީ ނިޒާމެއްގެ އެންމެ މުހިންމު އެއް އަސާސަކީ ރައްކާތެރި، ފެންވަރު ރަނގަޅު ބޭހާމެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރާއި ޔަގީންކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ރެގިއުލޭޓަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިސްލާމްއާބާދުގައި ހުންނަ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރެޕް) އަށް ޒިޔާރަތްކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި […]

ޙަބަރު

އަންހެން ކުދިން ބާރުވެރިކުރުވުމަކީ ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް ފަސްޓް ޅޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، މުޖުތަމައުތައް ބިނާކުރުމާއި، އައު އީޖާދުތައް ތައާރަފުކުރުމުގެ އިތުރުން ހެޔޮ އިޖުތިމާއީ ބަދަލުތައް ގެނައުމުގައި އަންހެން ކުދިން މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ވަރުގަދަ، ސާބިތު މުޖުތަމައެއް ބިނާކުރުމަށްޓަކައި އެކުދިންގެ އަޑާއި، ހުނަރާއި، ލީޑަޝިޕްގެ ބޭނުން ހިފުމަކީ ކޮންމެހެން […]

ޙަބަރު

“ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026” މުބާރާތް ފެށުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި، މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސްގެ އަނބިކަނބަލުން ވަނީ މުބާރާތުގެ ރަސްމީ ބޯޅައިގައި ސޮއިކުރައްވާފައެވެ. އެއަށްފަހު، މުބާރާތް ހުޅުވުމުގެ މެޗުގައި ކުޅުނު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ އެކަމަނާ ބައްދަލުކުރައްވައި ސަލާމްކުރެއްވިއެވެ. މުބާރާތް ހުޅުވުމުގެ މެޗުގައި ބައްދަލުކުރީ ހުރަވީ ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. ހަތް މިނެޓުގެ […]

ޙަބަރު

ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ހަމަ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއް ކަމަށާ، ލޭ ހަދިޔާކުރެއްވެން އޮތް ކޮންމެ ބޭފުޅަކުވެސް ލޭ ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ. ބައިނަލްއަޤުވާމީ ލޭ ހަދިޔާކުރާ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ލޭ ހަދިޔާކުރުމަށް ބިރުގަންނަ ފަރާތްތަކުން އެ ބިރުތައް ނައްތާލައި، އެހެން މީހެއްގެ ފުރާނަ ސަލާމަތްކުރުމުގެ މަތިވެރި ޚިދުމަތުގައި ބައިވެރިވުމަށެވެ. ކުޑަކުޑަ ހެޔޮ އަމަލަކުން ވެސް ބަލިމީހެއްގެ […]

އަޕްޑޭޓު
ފަސްޓް ލޭޑީ — ހިރިޔާ