މެދުއިރުމަތި ހަމަނުޖެހުން

ޙަބަރު

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އަސަރު ކުޑަކުރަން އެޑީބީން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އަސަރު ބޮޑުވަމުންދާތީ، ފިލިޕީންސްގެ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖޭގައި ކަރަންޓާއި ފެނުގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، 800 މިލިއަން ޑޮލަރު އަވަސް މިނެއްގައި ދޫކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ފަށައިފިއެވެ. އޭޑީބީގެ ރައީސް މަސާޓޯ ކަންޑާ ފާހަގަކުރެއްވި ގޮތުގައި، ދުރުގައި ހިނގާ ހަމަނުޖެހުންތަކުގެ އަސަރު ބޭހުގެ އަގާއި ކަރަންޓާއި ފެނުގެ ހިދުމަތް ފަދަ އަސާސީ ކަންކަމަށް ކުރެއެވެ. މި އަސަރުތައް ކުޑަކޮށް، ފިލިޕީންސްއަށް ސިއްހީ ފަރުވާ […]

ޙަބަރު

ރާއްޖޭގައި ނުފުރި ތާށިވެފައިވާ ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް އިމިގްރޭޝައިން ނިންމައިފި އެވެ. އިމިގްރޭޝަން އިން ކުރި އިއުލާނެއްގައި ބުނީ، މިވަގުތު މެދުއިރުމަތީިގައި ކުރަމުން އަންނަ ހަނގުރާމައާއި ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް މިވަގުތު ކުރިމަތިވެފައިވާ ބުރޫތަކުގެ ސަބަބުން، ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައިވާކަމަށެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި މިހެން ނިންމީ، މިވަގުތު ރާއްޖޭގައި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ފުރޭނެ އިންތިޒާމެއް ނެތުމުގެ ސަބަބުން […]

ޙަބަރު

މެދު އިރުމަތީގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ރާއްޖޭގެ އުމްރާވެރިން ދިވެހި ޚާރިޖިއްޔާގެ އިލްތިމާސްތަކާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުގެ އިރުޝާދުތަކަށް ތަބާވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އިލްތިމާސް ކުރައްވައިފި އެވެ. މިނިސްޓަރ އެކްސްގައި ކުރެވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ، މެދު އިރުމަތީގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ރާއްޖޭގެ އުމްރާވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، މި ރޯދަމަހާ ދިމާކޮށް ހައްޖު ކޯޕަރޭޝަންގެ އިތުރުން 20 ކުންފުންޏަކުން ޖުމުލަ 2 ހާހަށް ވުރެ […]

ޙަބަރު

މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކުރުމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ. އެމްއޭސީއެލް އިން އާންމު ކުރި މައުލޫމާތައް ބަލާއިރު، ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، 28 މާރިޗު 2026 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް ޤާއިމްކުރެވި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް […]

މެދުއިރުމަތި ހަމަނުޖެހުން — ހިރިޔާ