ގަވާއިދާހިލާފަށް ބޮޑު އަގުގައި ޑޮލަރު ވިއްކާ ދެ ބިދޭސިން ހައްޔަރުކޮށްފި
ގަވާއިދާ ހިލާފަށް ބޮޑު އަގުގައި ބޭރުފައިސާގެ މުއާމަލާތްކުރާ ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. މި މީހުން ހައްޔަރުކޮށްފަ ވަނީ ވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެމީހުން ބޮޑު އަގުގައި ބޭރުފައިސާގެ މުއާމަލާތް ކޮށްފަވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝައަށް ނިސްބަތްވާ މުޙައްމަދު ރަސެލް މިއާ […]






