ކޮންގްރެސް ޕާޓީ

ޙަބަރު

ރައީސް ޔާމީންގެ ފަތިފުށާއި މަތިފުށް އެނގޭ، ދެން ދެވޭނެ ރައްދެއް ނެތް: އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަތިފުށާއި މަތިފުށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނަށް ދެން ދެއްވާނެ އިތުރު ރައްދެއް ނެތް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ މަތީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ދައްކަވާ ވާހަކަތަކަށް ޖަވާބުދާރީވުމަށްވުރެ ގައުމުގެ ތަރައްގީއަށް ކުރަންހުރި މަސައްކަތްތައް މާ ގިނަ ކަމަށެވެ.ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ހަގީގީ […]

ޙަބަރު

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދިއުމަކީ ދިވެހި ގައުމަށް އެންމެ ފައިދާހުރި އަދި އެންމެ ރަނގަޅު ގޮތް ކަމަށް ޕާޓީގެ ރައީސް، ރައީސުލްޖުމުހިރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ އެތެރޭގެ އިންތިހާބުން ހޮވުނު އާ ލީޑަޝިޕާއި އެކި ގޮފިތަކުގެ އިސްވެރިން މަގާމުގެ ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕާޓީގެ އެތެރޭގެ ބަދަހިކަމަކީ ގައުމީ ތަރައްގީއާއި ހަމަޖެހުން ދެމެހެއްޓުމަށް ލިބޭ އެންމެ ބޮޑު […]

ޙަބަރު

އަންނަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހުބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް އެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފިއެވެ. ޕީއެންސީގެ މި ހާއްސަ ބައްދަލުވުމުގައި ބައިވެރިވި 1،119 މަންދޫބުންގެ އިއްތިފާގުން މި ގަރާރު ފާސްކުރިއިރު، މަޖިލީހަށް މި ގަރާރު ހުށަހަޅުއްވައިދެއްވީ މަންދޫބު އަބްދުﷲ އިބްރާހީމެވެ. ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އާ އިސްލާހުގެ ދަށުން، ވެރިކަމުގައި ހުންނަވާ ޕާޓީގެ ރައީސަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން […]

އަޕްޑޭޓު
ޙަބަރު

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހަށް ހޮވުމަށް ހަމަޖެހިފައިވާ އާއްމު 18 މެންބަރުން އިންތިހާބުކޮށްފިއެވެ. އެގޮތުން ޕާޓީގެ ހަ ނައިބުރައީސުން ހޮވުމުގެ އިތުރުން، މަތީ މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ހާއްސަކުރި ގޮނޑިތަކަށާއި، ހުރިހާ މެންބަރުންނަށް ހުޅުވާލައިގެން ހޮވާ އާއްމު 18 މަގާމަށް ބޭފުޅުން އިންތިހާބުކުރުމަށް ވަނީ ވޯޓުލާފައެވެ. މަތީ މަޖިލީހުގެ 18 އާއްމު ގޮނޑިއަށް މެންބަރުން ހޮވުމަށް ބޭއްވި މި އިންތިހާބުގައި، އެ މަގާމުތަކަށް 70 އަށްވުރެ ގިނަ ބޭފުޅުން ވާދަކުރައްވާފައިވެއެވެ. ޖުމްލަ […]

ޙަބަރު

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް ހަ ބޭފުޅަކު އިންތިހާބުކޮށްފިއެވެ. ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އެކި މަގާމުތަކަށް މެންބަރުން ހޮވުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ބޭފުޅުންތަކެއް ކުރިމަތިލެއްވިއިރު، އެންމެ ފޯރިގަދަ ވާދަވެރިކަމެއް ފެނުނީ ނައިބު ރައީސްކަމުގެ މަގާމުތަކަށެވެ. އެގޮތުން ހޮވަންޖެހޭ ހަ ނައިބު ރައީސުންގެ މަގާމަށް ޖުމްލަ އަށް ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ: އަސްމާ ރަޝީދު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަބްދުﷲ ރާފިއު އަހުމަދު […]

ޙަބަރު

ދިވެހިރާއްޖެއަށް ހަގީގީ ތަރައްގީއާއި ހަމަޖެހުން ގެނެސް، ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދޭނީ މަދުވެގެން 10 އަހަރު ދުވަހު އެއް ވެރިޔަކު ގައުމުގެ ވެރިކަމުގައި ހުންނަވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަހީމް އަބްދު ﷲ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ މަތީ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ޕާޓީއެއް އުފެދުމުގެ އަސާސީ ބޭނުމަކީ ވެރިކަން ކުރުން ކަމަށާއި، ވެރިކަމުގައި ނެތް ނަމަ ސަރުކާރު ޒިންމާދާރުކުރުވުން ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، […]

ޙަބަރު

ރާއްޖޭގައި ކުރީން އޮތް ސިޔާސީ ހަލަބޮލިކަމަށް ނިމުން ގެނެސް، ޤައުމުގައި ސިޔާސީ ގޮތުން ހަމަޖެހުން ގާއިމުކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ މައިގަނޑު ސިޔާސަތަކީ ގައުމަށް ފުރިހަމަ އަދި ހަގީގީ ސިޔާސީ ހަމަޖެހުމެއް ހޯދައިދިނުން ކަމަށެވެ. އަދި އެ ލަނޑުދަނޑިއަށް ވާސިލުވުމަށް ފެއްޓެވި މަސައްކަތުން، ވެރިކަމުގެ ތިންވަނަ އަހަރު ނިމެމުންދާއިރު، މީގެ ކުރިން ރާއްޖޭގައި އޮތް […]

ޙަބަރު

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފަޅު ރަށަކަށް އެކަހެރިވެވަޑައިގެން، ސިޔާސީ ގޮތުން ގުޅެން ބޭނުންވަނީ ކޮން ބަޔަކާ ކަމާމެދު ފުންކޮށް ވިސްނެވުމަށް ގޮވައިލައްވައިފިއެވެ. ޕީީއެންސީއިން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ފަލާހު ވަނީ، އެ ޕާޓީގެ މެންބަރުންނާ ބެހޭގޮތުން ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވާފައެވެ.ދި ޔާމީން ކުރައްވާ ފުރައްސާރަތަކަށް އެއްވެސް ވަރަކަށް ސަމާލުކަންދީ، ރައްދު ދިނުމުގެ ޝައުގުވެރިކަމެއް ޕީއެންސީގެ […]

ޙަބަރު

ތަރައްގީއަކީ ހަމައެކަނި ބުރިޖެއް ނޫން ކަމަށާއި، ހަގީގީ ތަރައްގީއަކީ ހަރުދަނާ އިންސާނީ މުޖުތަމައެއް ބިނާކޮށް ކުރިއެރުވުން ކަމަށާއި ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވަނީ އެ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ. ކޮންގްރެސް ޕާޓީގެ ޖަލްސާގައި ވާހަަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ، ސަރުކާރުގެ ފަސް އަހަރުގެ ދައުރު އަދި ނުނިމޭ ކަމަށާއި، އެހެންކަމުން ސަރުކާރަށް ފާޑުކިއުމުގެ އެއްވެސް ޖާގައެއް މިހާރު ނެތް ކަމަށެވެ.އަދި ސަރުކާރުން މިހާރު ހަލާސްކުރަމުންދަނީ މި […]

ޙަބަރު

ދިވެހިންގެ ލެޔާއި ދާ އޮހޮރުވައިގެން ކާބަފައިން ހޯދާފައި ހުރި ޤައުމުގެ ހަރުމުދާތައް އެމްޑީޕީގެ ސަރުކާރުން ވިއްކާލި ކަމަށާއި އެގޮތަށް އެމީހުން އެކަން ކުރީ ދައުލަތަށް އާމްދަނީ ހޯދާނެ އިތުރު ގޮތެއް ނޭނގުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދު الله ވިދާޅުވެއްޖެއެވެ. އއ. އުކުޅަހުގައި ބޭއްވި ޕީއެންސީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ދިވެހި ރާއްޖޭގެ ވެރިކަން ފެށިގެން މިއުޅެނީ 17 ނޮވެމްބަރު 2023 ގައި ނޫން ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅުން […]

ޙަބަރު

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގެންގުޅުއްވި ނުބައި އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ކޮންގްރެސް ޕާޓީއިން އއ. އުކުޅަހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ބާޒާރުގައި ތަކެތީގެ އަގުތައް މަތިވަމުންދާތީ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި ޝަކުވާ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އިގްތިސާދަށް މި ބަދަލުތައް އައިސް […]

ޙަބަރު

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކާއި ސްޓިއަރިން ކޮމިޓީތަކުގެ އެތެރޭގެ ބޮޑު އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މެންބަރުންގެ 85 އިންސައްތަ މީހުން ވޯޓުލާފައިވާކަން އެ ޕާޓީން ހާމަކޮށްފިއެވެ. އިއްޔެ ހެނދުނު 9:00 އިން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދިޔަ މި އިންތިޚާބުގައި މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 119 ރަށެއްގައި ވޯޓުލުން ކުރިއަށްދިޔައެވެ. ވޯޓުލުން ނިމުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް […]