ރައީސް މުއިއްޒު

ޙަބަރު

ގައުމުގެ އެންމެ ވަރުގަދަ އައްޑަނަ އަކީ އިސްލާމްދީން: ރައީސް މުއިއްޒު

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ޤައުމުގެ އެންމެ ވަރުގަދަ އައްޑަނައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ޖަލްސާގައެވެ. ރައީސް ވިދާޅުވީ، ދިވެހިންގެ ފަރުދީ، އިޖުތިމާއީ އަދި ގައުމީ ހަޔާތަށް އިސްލާމްދީނުގެ ސަބަބުން ލިބުނު ރައްކާތެރިކަމަކީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ މުހިންމު ހަގީގަތް ކަމަށެވެ. އިސްލާމީ ޝަރީއަތުގެ މައިގަނޑު ފަސް މަގުސަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން […]

ޙަބަރު

މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ކުޑަ ފީއެއް ދައްކައިގެން ބޭނުންކުރެވޭނެ ހާއްސަ ޕާކިން ޒޯންތަކެއް މާލޭގެ އެކި ސަރަހައްދުތަކުގައި ހެދުމަށް ސަރުކާރުން ނިންމައިފާކަން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރައްވައިފި އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒިރު ސައީދު ވިދާޅުވީ މާލޭ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށާއި، ޕާކިން މައްސަލަ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސޯސަން މަގާއި ހީނާމާގެ ބިމުގައި ހުރި […]

ޙަބަރު

ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، ރައްޔިތުންނަށް ސީދާ ފައިދާ ލިބޭ 10 ރިސޯޓެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހު ފަށާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޓޫރިޒަމް ސެކްޓަރ އަކީ ވަކި ބައެއްގެ އެއްޗެއް ނޫން ކަމަށެވެ. އަދި އެއީ ހަމައެކަނި ވަކި ބަޔަކު މުއްސަނދިވާ އެއްޗަކަށް ވެގެންނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.އެހެންކަމުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު […]

ޙަބަރު

ސަރުކާރުގެ ހިއްސާވާ ކުންފުނިތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިއުލާން ކުރެއްވި ގޮތުގައި، ފެނަކަ އުވާލުމަށްފަހު އެ ކުންފުނީގެ ހުރިހާ މަސައްކަތްތަކެއް ސްޓެލްކޯ އާ ހަވާލުކުރާނެއެވެ. އަދި އާރުޑީސީގެ މަސައްކަތްތައް ބަދަލުކުރާނީ އެމްޓީސީސީގެ ދަށަށެވެ. “މިދިޔަ ސަރުކާރުން ފެނަކަ މިސްޔޫސް ކޮށްފައިވާ ކަން އެއޮތީ އޮޑިރ ޖެނެރަލް ރިޕޯޓްއިންވެސް ފެންނަން. […]

ޙަބަރު

މާލޭގެ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓު ހިމެނޭ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ހިންގާ “ވެޓް މާކެޓް” މަޝްރޫއު ނިމުމުން، އެތަން ހިންގައި ބެލެހެއްޓުމުގެ ހުރިހާ މަސްއޫލިއްޔަތެއް މިފްކޯއާ ހަވާލުކުރަން ސަރުކާރުން ނިންމައިފި އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އެގްރޯނެޓް ވެސް މިފްކޯގެ ދަށަށް ބަދަލުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އާ މާރުކޭޓަކީ ދައުލަތުން އިތުރު ހަރަދެއް ކުރަންނުޖެހި، ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޓްކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްދާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ހަރަކާތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އިންޑިއާގެ ކެރެލާ ސްޓޭޓުން ދިވެހިރާއްޖެއަށް 600 ކަޅުވައް (ޓީކް) ގަހާއި 600 އަނބުގަސް ހަދިޔާކޮށްފިއެވެ. ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ “5 މިލިއަން ގަސް އިންދުމުގެ” ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ކެރެލާ ސްޓޭޓުން ވަނީ 1,200 ގަސްމުއްސާ ހަދިޔާކޮށްފައެވެ.އެ ނޫހުގައިވާ ގޮތުން، ކެރެލާގެ ފޮރެސްޓް، ވައިލްޑްލައިފް ޕްރޮޓެކްޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް […]

އަޕްޑޭޓު
ޙަބަރު

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށާއި، އެ ފިޔަވަޅުތައް އާންމު ރައްޔިތުން ބަލައިގަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގެނެސްދިން “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ، ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ޑޮލަރާ ގުޅޭ ސިޔާސަތުތައް ބައްޓަންކުރުމާއި، ގާނޫނުތައް ހަރުދަނާ އުސޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.މި މަސައްކަތްތަކުގެ […]

އަޕްޑޭޓު
ޙަބަރު

ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ބޭނުންވާ ބިން ކުއްޔަށް ހިފުމާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި އެ ރަށު ކައުންސިލާ ދެމެދު ބިން ދިނުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އެމްޕީއެލްގެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ޙުސައިން ޝަފީޤެވެ. އަދި ހއ. އުލިގަން ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ […]

ޙަބަރު

ޤައުމެއްގެ ސައިޒަކީ އެ ޤައުމެއްގެ އަޚްލާޤީ ޒިންމާ ކުޑަވާންޖެހޭ ސަބަބެއް ނޫން ކަމަށާއި، ނިކަމެތިންގެ ޙައްޤުގައި ތެދުވުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ނުރައްކާތަކާ ކުރިމަތިލަމުން، މުޅި އިންސާނިއްޔަތުގެ ހެވާއި ލާބައަށްޓަކައި މަސައްކަތްކުރާ އިންސާނީ ޚިދުމަތްތެރިންނާއެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަން އެމަނިކުފާނުގެ މެސެޖުގައި ކަށަވަރުކޮށްދެއްވިއެވެ. މީގެ އިތުރުން، ހަނގުރާމަތަކާއި، ހާލުގައި ޖެހި […]

އަޕްޑޭޓު
ޙަބަރު

ދުންފަތާއި ނިކޮޓިންގެ ނުރައްކަލުން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަށްޓަކައި، ސްކޫލް ނިޒާމުގެ ތެރެއިން ދުންފަތުގެ “ޖެނެރޭޝަނަލް ބޭން” ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. 16 އޮގަސްޓު ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭ ސަބް-ކޮމިޓީން ވަނީ، އެ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އަދާހަމަ ހިއްސާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. […]

ޙަބަރު

ބޮޑުތަކުރުފާނުގެ ހަޔާތްޕުޅުން ފިލާވަޅު ހާސިލްކޮށް، ޒަމާނާ ގުޅޭ ޢިލްމާއި ހުނަރު ދަސްކުރުމަކީ ޤައުމީ ސަލާމަތަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހއ. އުތީމުގައި ބޭއްވެވި، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ދެއްވި ވާހަކަފުޅުގައެވެ. ބޮޑުތަކުރުފާނު ނިޔަމިކަމާއި ހަނގުރާމައިގެ އުކުޅުތައް އުނގެނިވަޑައިގެން ޤައުމީ ލޯބި ބިންވަޅުނެންގެވި ފަދައިން، ކޮންމެ ޒަމާނަކަށް ބޭނުންވާ ޢިލްމާއި ހުނަރު އެ އިރެއްގެ ދިވެހީންނަށް އެނގުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. […]

ޙަބަރު

ކޮންމެ ދިވެހި ޒުވާނަކަށްވެސް އެ މީހެއްގެ ފުރިހަމަ ޤާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ފަހި މާހައުލެއް އުފައްދައިގެން، ޒުވާނުން ބާރުވެރިކުރުވުމުގެ ޢަޒުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފޮނުއްވި ހާއްސަ މެސެޖުގައެވެ. އެކި ރަށްތަކާއި މުޖުތަމައުތަކުގެ އިތުރުން ތަފާތު ސަގާފަތްތަކަށް ނިސްބަތްވާ ޒުވާނުން ދިރިއުޅެމުންދަނީ އެކި ކަހަލަ ހާލަތްތަކެއްގައިކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ހުރިހާ ޒުވާނުންގެވެސް ބޭނުންތަކާއި އުންމީދުތައް […]