ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)

ޙަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިދިޔަ މަހު 59 މިލިއަންގެ މާލީ އެހީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީގެ ދަށުން، ޖުމްލަ 59 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މާލީ އެހީ މިދިޔަ މަހު ދޫކޮށްފި އެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީގެ ދަށުން، ޖުމްލަ 59,213,000 ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި މުއްދަތުގައި ޖުމްލަ 15,571 ފަރާތަކަށް މި މާލީ އެހީ ފޯރުކޮށްދެވިފައިވެއެވެ. […]

ޙަބަރު

އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެލަވަންސްގެ ދަފްތަރުން ޖުމްލަ 239 ފަރާތެއް އުނިކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުންނާއި، އެހެން މީހުން ބަލަހައްޓާ ކުދިންނަށް ދޭ އެހީގެ ޕްރޮގްރާމްގެ އިތުރުން އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެލަވަންސްގެ ދަފްތަރުން ވެސް ބައެއް ފަރާތްތައް ވަނީ އުނިކުރެވިފައެވެ. މިގޮތުން، އެކަނިވެރި މައިންނާއި ބަފައިންގެ ދަފްތަރުން 84 ބެލެނިވެރިއަކާއި، ޖުމްލަ 154 […]

ޙަބަރު

ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ސަރުކާރުން ދޭ މާލީ އެހީގެ ޕްރޮގްރާމްގެ ދަށުން، ނިމިދިޔަ އޮގަސްޓު މަހު އަލަށް 87 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ. އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު އަލަށް އިތުރުވި މީހުންނާއެކު ޖުމްލަ 179 ކުއްޖަކަށް އަލަށް މި އެލަވަންސް ލިބޭނެއެވެ. މިއީ އެކަނިވެރި މައިންބަފައިންނަށް ދަރިން ބެލެހެއްޓުމުގައި ދިމާވާ މާލީ ދަތިތަކަށް ލުޔެއް […]

ޙަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރަށް ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި އަލަށް 167 ފަރާތެއް އިތުރުވެފައިވާކަމަށް،ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންސްޕާ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ފައިސާއަކީ ދަފްތަރުގައި ހިމެނޭ ޝަރުތުހަމަވާ އެތައް ހާސް ދިވެހި ރައްޔިތުންނަކަށް ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށާއި، ތެރަޕިއުޓިކް ފަރުވާތަކުގެ ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި ދޫކުރި މުހިންމު އިނާޔަތެކެވެ. އެންސްޕާ އިން މިއަދު އާންމުކުރި އެންމެ […]

ޙަބަރު

ފަގީރު ހާލަތުގައި ދިރިއުޅޭ އާއިލާތަކާއި އެކަނިވެރި މައިންބަފައިންނަށް އެހީތެރިވުމަށް ސަރުކާރުން ހިންގާ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ދަށުން، ނިމިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޖުމްލަ 16.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ބޮޑު ހޭދައަކީ އެކަނިވެރި މައިންނާއި ބަފައިން ބަލަހައްޓާ ކުޑަކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އެހީގެ ދަށުން ދިވެހި އާއިލާތަކުގެ ހިތްތަކަށް ލިބިގެންދިޔަ ބޮޑު […]

ޙަބަރު

ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް ސަރުކާރުންދޭ ހިލޭ އެހީގެ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި މީހުންނަށް ޖުމްލަ 8 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފިއެވެ. އެންސްޕާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން،އޭޕްރީލް މަހު އޭޑީކޭ ހޮސްޕިޓަލުން އެނދުމަތިކޮށްގެން ފަރުވާ ހޯދި ބަލިމީހުންނަށް 3.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި ފަރާތްތަކަށް […]

ޙަބަރު

ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ. އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ ނިލަޔަށް 93 ފަރާތަކަށް އައިވީއެފްގެ ފަރުވާއަށް ޖުމްލަ 7.13 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އޭގެތެރެއިން 23 ފަރާތެއްގެ އައިވީއެފް ފަރުވާ ކާމިޔާބުވެފައިވާކަމަށް އެންސްޕާއިން ބުނެ އެވެ. ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް މިދިޔަ އަހަރު އެކަނިވެސް 4.78 […]