ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށް “މައި ކެރިއަރ ޕޯޓަލް” އިފްތިތާޙުކޮށްފި
ރާއްޖޭގެ ވަޒީފާގެ ބާޒާރު ހަރުދަނާކޮށް ޒަމާނީކުރުމަށް ނޭޝަނަލް ކެރިއަރ ސަރވިސްއިން “މައި ކެރިއަރ ޕޯޓަލް” އިފްތިތާޙުކޮށްފިއެވެ. މި ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ކަންކަމާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ ޒަމާނީ ޕްލެޓްފޯމެކެވެ. މި ޕޯޓަލްއަކީ ނޭޝަނަލް ކެރިއަރ ސަރވިސް (އެން.ސީ.އެސް) އިން އިސްނަގައިގެން، ވޯލްޑް ބޭންކުގެ އެހީގައި […]






