އެމްޕީއެލް

ޙަބަރު

އުލިގަމުގައި ޔޮޓް މެރީނާއެއް ހެދުމަށް އެމްޕީއެލްއާ ބިން ހަވާލުކޮށްފި

ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ބޭނުންވާ ބިން ކުއްޔަށް ހިފުމާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި އެ ރަށު ކައުންސިލާ ދެމެދު ބިން ދިނުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އެމްޕީއެލްގެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ޙުސައިން ޝަފީޤެވެ. އަދި ހއ. އުލިގަން ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ […]

ޙަބަރު

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ކަމާގުޅޭ މުހިންމު ފަރާތްތަކާ މަޝްވަރާކޮށްފިއެވެ. އެމްޕީއެލްއިން ހާމަކުރި ގޮތުގައި ހޮޓެލް ޖެންގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމަކީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން ކުންފުނީގެ ސްޓޭކްހޯލްޑަރުންނާއެކު ބާއްވަމުން އަންނަ ސިލްސިލާ މަޝްވަރާތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. އެމްޕީއެލްއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، ކުންފުނީގެ އެންމެ މުހިންމު ސްޓޭކްހޯލްޑަރުން ކަމަށްވާ ޝިޕިންގް […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) ގެ އިޖުތިމާއީ ޒިންމާގެ ދަށުން މާފަންނު ރަސްފަންނުގައި ހަދާފައިވާ ފާޚާނާ ބަރި ނިންމައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިން އެންޑް އަރބަން ޑިވެލޮޕްމެންޓާ ހަވާލުކޮށްފިއެވެ. ރަސްފަންނު ސަރަހައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން މި އިމާރާތް ހަވާލުކޮށްދެއްވީ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު މުއީންއެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން މި ތަނާ ރަސްމީކޮށް ހަވާލުވެލެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއީލް ހަމީދެވެ. އެމްޕީއެލްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓުން ފަރުމާކޮށް، އެ […]

ޙަބަރު

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢާ ގުޅިގެން، ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތަކާއި ކުރިމަތިވެދާނެ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން މިއަދު ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ވިޔަފާރިވެރިންގެ މަންދޫބުންގެ އިތުރުން،އެމް.ޕީ.އެލްގެ ފަރާތުން ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤް އަދި އިސް މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމް.ޕީ.އެލް އިން ބުނިގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް […]

ޙަބަރު

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢާ ގުޅޭގޮތުން އެމް.ޕީ.އެލް އިން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތާއި، މުޢައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަންދޫބުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގައި އެމް.ޕީ.އެލްގެ ސްޓޭކްހޯލްޑަރުންގެ ލަފާއާއި މަޝްވަރާ ހޯދުމަކީ މުހިއްމުކަމެއް ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. “މި މަޝްވަރާ ބައްދަލުވުމުގެ ބޭނުމަކީ، […]

އަޕްޑޭޓު
ޙަބަރު

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، ތިލަފުށީގައި ބައިނަލްއަޤުވާމީ އަދި ޑޮމެސްޓިކް ކީ-ވޯލް (ބަނދަރު ތޮށި) އެޅުމުގެ ބޮޑު މަސައްކަތް ޗައިނާގެ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީއާ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު މަޝްރޫޢެކެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހެޑް އޮފީހުގައެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސީއީއޯ […]

ޙަބަރު

މާލޭ ނޯތު ހާބަރުން ޚިދުމަތް ހޯދާ ފަރާތްތަކަށް އަވަސް އަދި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށްޓަކައި، އެތަނުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ނިންމައިފިއެވެ. މި ބަދަލުތަކަކީ އުޅަނދުފަހަރުތަކަށް ވީހާވެސް ފަސޭހަ އަދި އަވަސް ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވޭ ބަދަލުތުތަކެއް ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ. އެމްޕީއެލް އިން އުސޫލަށް ގެނައި ބަދަލާއެކު، އުޅަނދުފަހަރު ކިއުއިން ކެންސަލް ނުވާގޮތަށް ފަސް ދުވަހުގެ މުއްދަތަށް “ހޯލްޑް”ކުރުމުގެ ފުރުސަތު އުވާލައިފިއެވެ. ނަމަވެސް، […]

ޙަބަރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ބޭނުމަށް ތިން ރެކްރޫޓްމަންޓް އެޖެންސީއެއް ހޯދުމަށް އެ ކުންފުނިން އިއުލާނުކޮށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެމްޕީއެލްއިން ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނީ މި ބިޑުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 16 ޖުލައި 2026 ގެ 13:00 ގެ ކުރިން އޮންލައިން ފޯމް ފުރިހަމަކޮށް ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ 19 ޖުލައި 2026 ގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލުތައް […]

ޙަބަރު

ތިލަފުށީ ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމުގެ މަސައްކަތުގެ ދަށުން، “އެމްވީ ސެލެސްޓިއާ” އަށް 24 ގަޑިއިރު ތެރޭ 372 ކޮންޓޭނަރު ކާމިޔާބުކަމާއެކު ބަރުކޮށްފިއެވެ. މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ތިލަފުށީ ބަނދަރުން ކޮންޓޭނަރު ބަރުކުރުމުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ނިންމާލާފައެވެ. އެގޮތުން އެމްޕީއެލް އިން ހާމަކުރިގޮތުގައި،މި އޮޕަރޭޝަނުގައި ޖެނެރަލް ކާގޯ އުޅަނދެއް ކަމަށްވާ “އެމްވީ ސެލެސްޓިއާ” އަށް 24 […]

ޙަބަރު

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއިން ފާއިތުވި ހަފުތާގެ ތެރޭގައި 35،456.12 ކޮންޓެއިނަރުގެ މުދާ ކްލިއަރކޮށްފިއެވެ. އެމްޕީއެލް އިން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު މިފާއިތުވި ހަފުތާގައި މުދާ ކްލިއަރ ކުރުމުގެ މަސައްކަތުގެ ދަށުން ކޮންޓޭނަރު ބޯޓުފަހަރުން 35,456.12 ފްރައިޓް ޓަނުގެ މުދާ (1,101 ކޮންސައިންމަންޓް) އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 2,323.30 ފްރައިޓް ޓަނުގެ މުދާ (291 ކޮންސައިންމަންޓް) ވަނީ ނެރެފައެވެ. މީގެއިތުރުންް، ބަނދަރުގެ ހަރަކާތްތަކަށް ބަލާއިރު ކޮންޓޭނަރު އުފުލާ 3 ބޯޓާއި އާންމު މުދާ އުފުލާ 3 […]

ޙަބަރު

ފީފާ ވޯލްޑް ކަޕް ހިލޭ ދެއްކުމަށް ޕީއެސްއެމްއިން ކުރާ މަސައްކަތުގެ ކޯ-ސްޕޮންސަރަކަށް އެމްޕީއެލް ވެއްޖެއެވެ. އެމްޕީއެލް އިން ބުނީ ފީފާ ވޯލްޑް ކަޕް 2026 މުޅި ރާއްޖެއަށް ހިލޭ ދެއްކުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކަނޑައަޅާފައިވާ އަޒުމަށް އެއްބާރުލުންދީ، މި ކަވަރޭޖްގެ ކޯ-ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު ފަޚުރެެއްކަމަށެވެ. ރާއްޖެ ހިމެނޭހެން ހުރިހާ ރަށެއްގެ ރައްޔިތުންނަށް މި ފޯރިގަދަ މެޗުތައް ފަސޭހަކަމާއެކު، ހިލޭ ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޕަބްލިކް ސާވިސް […]

އަޕްޑޭޓު
ޙަބަރު

ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެހެން މަންޒިލްތަކަށް ފޮނުވުމަށް ފަށާފައިވާ “ސީ-ޓު-އެއަރ ކާގޯ” ޚިދުމަތުގެ ދަށުން، ނިމިދިޔަ މޭ މަހު 162 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. އެމްޕީއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މޭ މަހުގެ ތެރޭގައި ޖުމްލަ 29 ޓީއީޔޫ ގެ މުދާ ރާއްޖެއިން ބޭރަށް ވަނީ ފޮނުވައިފައެވެ. މި މުދާތައް ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ ރާއްޖޭގައި އޮޕަރޭޓްކުރާ […]