އެމްއެމްއޭ

ޙަބަރު

ގަވާއިދާހިލާފަށް ބޮޑު އަގުގައި ޑޮލަރު ވިއްކާ ދެ ބިދޭސިން ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް ބޮޑު އަގުގައި ބޭރުފައިސާގެ މުއާމަލާތްކުރާ ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. މި މީހުން ހައްޔަރުކޮށްފަ ވަނީ ވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެމީހުން ބޮޑު އަގުގައި ބޭރުފައިސާގެ މުއާމަލާތް ކޮށްފަވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝައަށް ނިސްބަތްވާ މުޙައްމަދު ރަސެލް މިއާ […]

ޙަބަރު

ބައިނަލްއަގުވާމީ ޔުނިކޯޑް ސްޓޭންޑަރޑްގެ އާ ވަރޝަން (ވަރޝަން 18.0) ގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައިފިއެވެ އެމްއެމްއޭއިން ހާމަކުރި ގޮތުގައި، 2022 ވަނަ އަހަރު ތައާރަފުކުރި ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑް ސްޓޭންޑަރޑްގައި ހިމެނުމާއެކު، ވެބްސައިޓްތަކާއި، މޯބައިލް އެޕްލިކޭޝަންތަކުގެ އިތުރުން އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުންކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، ޔުނިކޯޑް ސްޓޭންޑަރޑްގެ ވަރޝަން 18.0 ގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައި، އެ […]

ޙަބަރު

ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް ބޮޑު އިސްލާހެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. ގަވަރުނަރު އަހުމަދު މުނައްވަރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި ގޮތުގައި، ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން އޮންނަ އުސޫލު އުވާލައި، ބޭރު ފައިސާގެ ގާނޫނަށް އިސްލާހެއް މަޖިލީހަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. އެ ބަދަލާއެކު، ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ވިއްކި މިންވަރު، ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު 172 އިންސައްތަ އިތުރުވެފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭގެ ތަފާސްހިސާބަށް ބަލާއިރު، ޖޫން މަސް ނިމުނުއިރު 686.8 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ރަސްމީ ރިޒާވް، ޖުލައި މަސް ނިމުނުއިރު ވަނީ 638.0 މިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއީ ގާތްގަނޑަކަށް 7 އިންސައްތައިގެ ދަށްވުމެކެވެ. އެމްއެމްއޭއިން ބުނި ގޮތުގައި، ޖުލައި މަހަކީ އެ އޮތޯރިޓީއަށް ބޭރުފައިސާ […]

ޙަބަރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ނިމިދިޔަ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ދަށްވެއްޖެއެެވެ. ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމަށްފަހު ބާކީ ހުންނަ، ބޭނުންކުރެވޭ ރިޒާވް (ޔޫސަބަލް ރިޒާވް) އަދިވެސް ހުރީ މިދިޔަ އަހަރާ އަޅާބަލާއިރު ވަރުގަދަކޮށެވެ.އެމްްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ686.8 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ މިދިޔަ މޭ […]

އަޕްޑޭޓު
ޙަބަރު

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ އައު ޤާނޫނާއި ގަވާއިދުތައް ތަންފީޒުކޮށް، ދާޚިލީ ބޭންކިންގް ނިޒާމު ވަރުގަދަކޮށް ބޭރު ފައިސާގެ އާމްދަނީ ހިފެހެއްޓުމުގެ މަސައްކަތް ހަލުވިކޮށްފިއެވެ. އެމްއެމްއޭގެ އެންމެ ފަހުގެ ރިޕޯޓްތައް ދައްކާގޮތުން، ބޭރު ފައިސާގެ އައު ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ރާއްޖޭގެ މާލީ ދާއިރާގެ ދެމެހެއްޓެނިވިކަން ވަނީ އިތުރަށް ވަރުގަދަވެފައެވެ. ރާއްޖޭގެ ބޭންކިންގް ނިޒާމުގެ ތެރޭގައި ޑޮލަރު ހިފަހައްޓައި ބޭރު ފައިސާގެ މާކެޓް ވަރުގަދަކުރުމަށްޓަކައި، 1 ޖެނުއަރީ 2025 އިން ފެށިގެން އަމަލުކުރަން […]

އަޕްޑޭޓު
ޙަބަރު

ރާއްޖޭގައި ކޮމާޝަލް ބޭންކިންގ ވިޔަފާރިކުރުމަށް ބޭނުންވާ ފުރިހަމަ ލައިސަންސް އަދި އޮޕަރޭޝަނަލް އެޕްރޫވަލް “މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑް” އަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފިއެވެ. އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެމްއެމްއޭގެ ޝަރުތުތައް ފުރިހަމަކޮށް، ނަމާއި އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ރާއްޖޭގައި ކޮމާޝަލް ބޭންކިންގ ވިޔަފާރިކުރުމުގެ ފުރިހަމަ ލައިސަންސް އަދި އޮޕަރޭޝަނަލް ހުއްދަ ދޫކޮށްފައިވާ ކަމަށެވެ، އެމްއެމްއޭ އިން ބުނީ،މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ލައިސަންސް ދިނުމަކީ […]