ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް

ޙަބަރު

ދެ މަސްދުވަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރަށް 167 މެންބަރުން އިތުރުވެއްޖެ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރަށް ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި އަލަށް 167 ފަރާތެއް އިތުރުވެފައިވާކަމަށް،ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންސްޕާ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ފައިސާއަކީ ދަފްތަރުގައި ހިމެނޭ ޝަރުތުހަމަވާ އެތައް ހާސް ދިވެހި ރައްޔިތުންނަކަށް ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށާއި، ތެރަޕިއުޓިކް ފަރުވާތަކުގެ ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި ދޫކުރި މުހިންމު އިނާޔަތެކެވެ. އެންސްޕާ އިން މިއަދު އާންމުކުރި އެންމެ […]

ޙަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާޙައުލުން ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ކުންފުނިތަކާއި މުއައްސަސާތަކުގައި ވަކި ޚާއްޞަ ވަޒީފާތަކެއް އެފަރާތްތަކަށް ކަނޑައެޅުން މަޖުބޫރުކުރާ އިޞްލާޙެއް ސަރުކާރުން ދިވެހިސަރުކާރުގެ ގެޒެޓް ގައި ޝާއިޢުކޮށްފިއެވެ. މި ބަދަލަކީ “ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު” އަށް ގެނެވުނު ފުރަތަމަ އިޞްލާޙެވެ. އިޞްލާޙުގައި ހިމެނޭ މުހިންމު ނުކުތާތައް: ވަޒީފާ ޚާއްޞަކުރުން: ކޮންމެ އޮފީހަކުން އަދި ކުންފުންޏަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަދާކުރެވޭނެ ވަޒީފާތަކެއް […]

ޙަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ދަތުރުކުރާ، ބޭރުފުށުން ފާހަގަނުވާ ނުކުޅެދުންތެރިކަން (ނަން-ވިޒިބަލް ޑިސްއެބިލިޓީސް) ހުންނަ ފަސިންޖަރުންނަށް ޚާއްސަކޮށްގެން “ކާމް ރޫމް” އެއް މިއަދު ހުޅުވައިފި އެވެ. މި ކާމް ރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުއެވެ. މިހަފުލާގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، އޯޓިޒަމް ކެއާ މޯލްޑިވްސް އަދި މި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން، ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ […]

އަޕްޑޭޓު