ޙަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ވަޒީފާތަކެއް ޚާއްޞަކުރަން ގަވާއިދަށް އިޞްލާޙެއް!

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާޙައުލުން ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ކުންފުނިތަކާއި މުއައްސަސާތަކުގައި ވަކި ޚާއްޞަ ވަޒީފާތަކެއް އެފަރާތްތަކަށް ކަނޑައެޅުން މަޖުބޫރުކުރާ އިޞްލާޙެއް ސަރުކާރުން ދިވެހިސަރުކާރުގެ ގެޒެޓް ގައި ޝާއިޢުކޮށްފިއެވެ. މި ބަދަލަކީ “ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު” އަށް ގެނެވުނު ފުރަތަމަ އިޞްލާޙެވެ. އިޞްލާޙުގައި ހިމެނޭ މުހިންމު ނުކުތާތައް: ވަޒީފާ ޚާއްޞަކުރުން: ކޮންމެ އޮފީހަކުން އަދި ކުންފުންޏަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަދާކުރެވޭނެ ވަޒީފާތަކެއް […]

އާމިނަތު ރޫޔާ

1 މިނިޓު
ނުކުޅެދުންތެރިކަން ހުންނަ މީހުން ފުލެޓަށް ކުރިމަތިލާން ވަކި ކެޓަގަރީއެއް — ފޮޓޯ/ ބީއެމްއެލް
ނުކުޅެދުންތެރިކަން ހުންނަ މީހުން ފުލެޓަށް ކުރިމަތިލާން ވަކި ކެޓަގަރީއެއް — ފޮޓޯ/ ބީއެމްއެލް
  • ވަޒީފާ ޚާއްޞަކުރުން: ކޮންމެ އޮފީހަކުން އަދި ކުންފުންޏަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަދާކުރެވޭނެ ވަޒީފާތަކެއް ހޯދައި ކަނޑައެޅުން މަޖުބޫރުވުން.
  • ތަފާތުކުރުން މަނާކުރުން: ވަޒީފާއަށް މީހުން ހޮވުމާއި، އިންޓަވިއު ކުރުމާއި، ޞިއްޙީ ޙާލަތު ބެލުމުގައި ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް ބަލައި ތަފާތުކުރުން މަނާވުން.
  • ޚާއްޞަ މިންގަނޑުތައް: ވަޒީފާ ދިނުމުގެ މަރުޙަލާތަކުގައި ދިމާވާ ހުރަސްތައް ނައްތައިލުމަށްޓަކައި ޢަމަލުކުރަންޖެހޭ ޚާއްޞަ 3 މިންގަނޑެއް ކަނޑައެޅުން.

އޭގެ ތެރޭގައި ހިމެނެނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ބޭނުންކުރުމާއި، ވަޒީފާދިނުމާއި، އަދި ހަމަޖެއްސުމުގެ އާންމު މިންގަނޑާއި، މަސައްކަތުގެ މާޙައުލުގައި އެކަށީގެންވާ ބަދަލުތައް (ރީޒަނަބަލް އެކޮމޮޑޭޝަން) ގެނައުމުގެ މިންގަނޑެވެ.އަދި ވަޒީފާދޭ ފަރާތްތަކުން ފޯރުކޮށްދޭންޖެހޭ ވަޒީފާގެ މާޙައުލުގެ ބޭނުންތަކާއި، ވަޞީލަތްތަކާއި، ފަސޭހައިން ވާސިލުވުމުގެ މިންގަނޑުތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

 

ޝެއާ

ކޮމެންޓު