ފަހުގެ

ސަފުހާ 71 / 192

ޙަބަރު

ކައުންސިލްތަކުގެ ބާރު ކަނޑާލައި ސަރުކާރުން ހުރިހާކަމެއް ކުރުމަކީ ގަބޫލުކުރެވޭ ހަމައެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީން އިއްޔެ ބޭއްވި ސައިކަލު ބުރު ނިއްމާލުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވިގޮތުގައި ރަށްރަށުގައި ހުރި ކޮންމެ ކަމަކީ އަަދި ސިޓީތަކުގައި ކުރަން ހުރި ކޮންމެ ކަމެއް ލާމަރުކަޒީ އުސޫލުގެ ތެރެއިން، ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ބޮޑު ފައިދާއެއް […]

ޙަބަރު

ތ. ވޭމަންޑޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭމަންޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ވޭމަންޑޫގެ ބިން ހިއްކުމާއި، ބަނދަރު […]

ޙަބަރު

ރައްޔިތުން ބޯހިޔާވަހިކަމަށް އެދި ސަލާން ޖަހަންޖެހޭ ޖެހުން ނިމުމަކަށް އަންނަން ގާތްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ތަކުލީފަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުންވެސް މި މައްސަލަ ހައްލުކުރުމަށް އެކި މަސައްކަތްތަކެއް ކުރި ނަމަވެސް، އެދެވޭ ނަތީޖާއެއް ނުނެރެވި، މައްސަލަ އޮތީ ހައްލުނުވެ ކަމަށް […]

ޙަބަރު

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 5 މީހަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކުވުމުގެ ސަބަބުންކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ. މި ހާދިސާގައި ޖުމްލަ 8 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، ފިހުނު ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާފައިވެއެވެ. މިހާރު އެ ސަރަހައްދު ގައި ފުލުހުންގެ ޚާއްސަ ޓީމަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި މައްސަލަ […]

އަޕްޑޭޓު
ޙަބަރު

މާލެ ސިޓީ ކައުންސިލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ނިޒާމީ މައްސަލައެއް ނޫން ކަމަށާއި، އެއީ ކައުންސިލް ހިންގަން ތިބި ފަރާތްތަކުގެ އިޚުލާސްތެރިކަން ނެތުމުން ދިމާވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ހުޅުމާލޭ ދެކުނު ދާއިރާގެ ޖަހަގަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހިނގަމުން އައި ނަމަވެސް، އޭގެ ފުރިހަމަ ނަތީޖާ ފެންނަން އޮތީ އެ ނިޒާމު ތަންފީޒުކުރަން ތިބޭ […]

ޙަބަރު

ޗައިނާ، އިންޑިއާ އަދި ރަޝިއާ ފަދަ މުހިންމު މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ޚާއްސަ އިސްތިރާތީޖީ މަސައްކަތްތަކެއްސަރުކާރުން ފަށައިފިއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކޮމެޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފަތުރުވެރިންނަށް […]

ޙަބަރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ތެޔޮ ލިބުމުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އިސްކަމަކީ ތެލުގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުން ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ އަސާސީ ކަންކަން ކަމަށްވާ ކާނާއާއި، ބޭހާއި، ތެޔޮ އިމްޕޯޓް ކުރުމުގެ […]

ޙަބަރު

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން 100 ފުލެޓުގެ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކިން ފްލެޓް ލިބޭގޮތަށް އެ ކެޓަގަރީ އިސްލާހުކޮށް އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އަލުން ހުޅުވާލައިފިއެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން، މާލޭ ސަރަހައްދުން ދޫކުރާ 7،900 ފުލެޓުގެ ތެރެއިން މި 100 ފުލެޓު ޚާއްސަކޮށްފައިވަނީ އާއިލީ ބޯހިޔާވަހިކަން ސްކީމްގެ ތެރެއިންނެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ […]

ޙަބަރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި މުދަލުގެ ތެރެއިން، ނިމިދިޔަ ހަފްތާގައި ޖުމްލަ 1،199 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ގިނަ ބާވަތްތަކެއް ހިމެނޭއިރު، އެންމެ ގިނައިން ކްލިއާކޮށްފައި ވަނީ ކުކުޅު ބިހެވެ. އެގޮތުން 21،761 ޕެކޭޖުގެ ބިސް ވަނީ ކްލިއާކޮށްފައެވެ. އެހެން ރޯދަ މަސްތަކާ ހިލާފަށް މި ރޯދައިގަ އެންމެ […]

ޙަބަރު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ އެމްބިއުލާންސްތައް ދެމެހެއްޓެނިވި ގޮތެއްގައި މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ރަށްރަށުގައި ހުރި އެމްބިއުލާންސްތައް މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން […]

ޙަބަރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި، އެމަނިކުފާނުގެ ތާއީދު އޮތީ ހަމައެކަނި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގައި މިއަދު ކުރިއަށްގެންދިޔަ “ދޮރުން ދޮރަށް” ހަރަކާތް ނިންމަވާލެއްވުމަށްފަހު މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. މާލޭގެ ހުރިހާ ދާއިރާތަކަކާއި ވިލިމާލޭގައިވެސް މި ހަރަކާތް […]

ޙަބަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ފޭރުނު މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ބީއެމްއެލްގެ މުވައްޒަފުން އަތުން ފައިސާ ހުރި ބްރީފްކޭސް ފޭރުމަށްފަހު، އެ މީހުން ފިލާފައިވަނީ އެއާޕޯޓުގައި ތައްޔާރަށް އޮތް ލޯންޗެއްގައެވެ. ފުލުހުން ހަމަ އެދުވަހު އެ […]