ފަހުގެ

ސަފުހާ 70 / 192

ޙަބަރު

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މާލޭގެ އުތުރު ފަރާތު ފަޅުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައިވާ ގޮތުން، މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 21 މާރޗް 2026 ގައެވެ. މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދު ތަރައްޤީކުރުމަށް ވަނީ ރޭވިފައެވެ. މަސައްކަތް ކުރިއަށްދާއިރު ފަޅު […]

ޙަބަރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި އިބްރާހިމް އަބޫބަކުރު، އޭނާގެ ކެންޑިޑޭސީ ދޫކޮށްލައްވައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަރީޝްއަށް ތާއީދުކުރަން ނިންމެވި ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. މާފަންނު ހުޅަނގު ދާއިރާގައި ކުރިއަށްދިޔަ “ދޮރުން ދޮރަށް” ކެމްޕެއިން ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިބްރާހިމް އަބޫބަކުރަކީ އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެންވެސް ވަރަށް […]

ޙަބަރު

މާލޭގެ މަސްޖިދުއްޒިކުރާ ހުރި ބިމުގައި، އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރާ ޒަމާނީ އައު މިސްކިތުގެ ބިންގާ ރަސްމީކޮށް މިއަދު އަޅައިފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަލަށް ބިނާކުރާ މި މިސްކިތަކީ ތިން ފަންގިފިލާއަށް އިމާރާތްކުރާ، ޖާގަ ތަނަވަސް މިސްކިތެކެވެ. މިސްކިތުގެ އެކި ފަންގިފިލާތަކަށް އަރާފޭބުމުގައި ފަސޭހަކޮށްދިނުމަށްޓަކައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފަިއވާއިރު، މިސްކިތް ނިމުމުން އެއްފަހަރާ 1,500 މީހުންނަށް ނަމާދު ކުރެވޭނެއެވެ. […]

ޙަބަރު

މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި “މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް” ގެ ނަމުގައި އާ މާރުކޭޓެއް އެޅުމަށް ހަވާލުކޮށްފިއެވެ. ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއަކީ 600 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ޓްރަސްޓެންގް މޯލްޑިވްސްއާ 126 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެކެވެ. “މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް” ހެދުމަށް ހަމަޖެހިފައި ވަނީ ހަ ފަންގިފިލާގެ މި އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަކޮށްފައިވާއިރު، 400 އަށް ވުރެ ގިނަ ސައިކަލު ބެހެއްޓޭނެ ޖާގަ […]

ޙަބަރު

މާލޭގެ އުތުރު ފަރާތުގައި އޮންނަ ވިޔަފާރި ބަނދަރު (ނޯތު ހާބަރު) ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދޮގުކޮށްފިއެވެ. އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޯތު ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު އެ ކުންފުނިން ކުރިއަށް ނުގެންދާ ކަމަށެވެ. އަދި މިފަދަ ވާހަކަތަކަކީ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ދޮގު މައުލޫމާތުތަކެއް ކަމަށްވެސް […]

ޙަބަރު

ހދ. ކުޅުދުއްފުށި ޕޯޓުން، ހއ. އުލިގަމުގައި ބަނދަރުކުރި ބޮޑު ޕަސެންޖަރ ލައިނާއަކަށް ޕައިލޮޓޭޖްގެ ޚިދުމަތް ފޯރުކޮށްދީފި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. މި ޚިދުމަތް ފޯރުކޮށްދީފައިވަނީ “ވާސްކޯ ޑަ ގާމާ” ނަމަކަށް ކިޔާ ޕަސެންޖަރ ލައިނާއަކަށެވެ. އެގޮތުން، މި ލައިނާގައި ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭހެން މުޅިއަކު 1,348 މީހުން ތިއްބެވެ. އުލިގަމަކީ ރާއްޖޭގެ އުތުރުން ބޭރުގެ ގިނަ އަދަދެއްގެ ކްރޫޒް ލައިނާތަކާއި ޔޮޓްތައް އަބަދުވެސް ބަނދަރުކުރާ މުހިންމު މަންޒިލެކެވެ. އެ ސަރަހައްދަށް އަންނަ […]

ސިޔާސީ

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދިނުމަށް ސިޔާސީ ޕާޓީތަކުން އެދިފައިވާތީ، އެ ފުރުސަތު މި މަހުގެ 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 15 ވާ އާދީއްތަ […]

ސިޔާސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ އިންތިޚާބާ ދިމާކޮށް، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިދިޔަ ހުކުރު ދުވަހުގެ ހަވީރު މާލޭގައި ބޭއްވި ސައިކަލު ބުރަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. ހުކުރު ދުވަހުގެ ހަވީރު 16:00 ހާއިރު މާފަންނު މޭރީބްރައުން ކުރިމަތީ ބޮޑުތަކުރުފާނު މަގުން ފެށި މި ސައިކަލު ބުރުގައި، ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި މެންބަރުން ބައިވެރިވިއެވެ. މި ހަރަކާތުގައި ބައިވެރިވި […]

ޙަބަރު

މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ގޮވާމުގެ ބާވަތްތަކުން ބަލައިގަންނަން ފަށައިފި އެވެ. ޒަކާތު ހައުސްއިން ހާމަކުރައްވާފައިވާ ގޮތުގައި، ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ މާލޭގައި ހުންނަ ސެންޓަ ފޯ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައެވެ. މި ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ޒަކާތް ބަލައިގަންނާނެ ވަގުތުތައް: ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14، 15، 16 އަދި 18 ވަނަ ދުވަހުއެވެ. އެގޮތުން: 14 އަދި 15 […]

ޙަބަރު

މ. ވޭވަށުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއަކީ ފިޝަރީޒް މިނިސްޓްރީގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިފްކޯއިން މައުލޫމާތު ދެއްވާ ގޮތުގައި، މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. އަދި މިހާރު ކުރިއަށްދަނީ އައިސް ޕްލާންޓް އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ. ވޭވަށުގައި ބިނާކުރާ […]

ޙަބަރު

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 59 ބިދޭސީއަކު ބަލައި ފާސްކޮށް އޭގެ ތެރެއިން ތިން މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، އިއްޔެ ހެނދުނާއި ހަވީރު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ބައެކެވެ. މި އޮޕަރޭޝަންގެ ތެރެއިން ޖުމްލަ 59 […]

ޙަބަރު

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބާއްވާ ނިޒާމަކީ ފެއިލްވެފައިވާ ނިޒާމެއް ކަމަށާއި، ނަތީޖާ ނެރެވޭ މަޖިލީހެއް ހޯދަން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ. ދިޔާނާ މިހެން ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ދިޔާނާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށް […]