ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދިޔަ ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު […]
ފަހުގެ
މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމުގެ ފަރާތުން ކައުންސިލަރުންނަށް އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ ކަމަށާއި، ޕީއެންސީ ކައުންސިލަރުންގެ ފިޔަކޮށާލާފައި ތިބޭ ކަމަށް މާފަންނު ދެކުނުދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ. ހެންވޭރު ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ބޮޗޭ ވިދާޅުވީި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް މެންބަރަކަށް މިހާރު ހުންނެވި އާމިނަތު ރިޝްފާ އަހުމަދުގެ ފިޔަކޮށާލާފައި ހުންނެވި ކަމަށާއި އެ ދާއިރާއަށް އެއްވެސް ތަރައްގީއެއް ނޫނީ ދާއިރާއަށް ބޭނުންވާ އެއްވެސް […]
ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމަތައް ދިގުލައިގެންދާނަމަ، ރައްޔިތުންނަށް އުނދަގޫނުވާނެ ގޮތެއްގެ މަތިން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެ އެވެ. މިކަމަށްޓަކައި ޚާއްސަކޮށް އުފައްދާފައިވާ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ބޭރުގެ ހަނގުރާމަތަކުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ސަރުކާރުން ވަރަށް ގާތުން ދިރާސާކުރަމުންދާ ކަމަށެވެ. އަދި މި ޙާލަތާ ގުޅިގެން ވަގުތީ ގޮތުންނާއި ދުރުރާސްތާއަށް އަމާޒުކޮށްގެން އަޅަންޖެހޭ […]
މެދުއިރުމަތީގައި އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެއްވެސް ގައުމަކަށް ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރުން މިއަދު ތަކުރާރުކޮށްފިއެވެ. މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ […]
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން، ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި އިމާރާތްކުރާ 1,224 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީއެއް ކަމަށްވާ “ބީއެމްއެލް އެފޯޑަބަލް ލީސިންގ ޕްރައިވެޓް ލިމިޓެޑް” އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، […]
މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުގެ ފޭސް 1 ގެ ދެވަނަ ސެގްމަންޓުން ފެށިގެން ފަސްވަނަ ސެގްމަންޓާ ހަމައަށް އަމަލީ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިއްޖެ އެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ފޭސް 1 ގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލައި، އާންމުންނަށް ބޭނުންކުރުމަށް ހުޅުވާލާފަ އެވެ. އަދި ދެވަނަ ސެގްމަންޓުން ފެށިގެން ފަސްވަނަ ސެގްމަންޓުގެ މަސައްކަތް މިއަދު، 22 މާރިޗް 2026 […]
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނިންމައިފިއެވެ. މި މަޝްރޫއުގެ ދަށުން ސެގްމެންޓް 2 އިން ފެށިގެން 5 އާ ހަމައަށްވާ ސަރަހައްދުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މި މަސައްކަތަށް މަގު ތައްޔާރުކުރުމުގެ ގޮތުން، މިރޭ މެންދަމު 00:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތައް ގެނެސް، އާންމު ދަތުރުފަތުރަށް […]
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަޕްލައި ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި، ގޭސް އަދި ކާބޯތަކެތި ހުސްނުވެ ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ދެއްވައިފި އެވެ. ވަޒީރު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހި ގައުމަށާއި ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު […]
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު، އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު މިކަން ހާމަކުރެއްވީ ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތް ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރައްވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކުވެސް އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. […]
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންމެ މީހަކަށް ވޯޓުލުމަށް ތިން ކަރުދާސް ދިނުމަށް އިލެކްްޝަން ކޮމިޝަނުން ނިންމައިފިއެވެ. އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަކީ ރާއްޖޭގެ އިންތިހާބީ ތާރީޚުގައި ތަފާތު އަދި މުހިންމު އިންތިހާބެކެވެ. މި ދުވަހު ތަފާތު ތިން ކަމަކަށް ރައްޔިތުން ވޯޓުލާން ޖެހޭއިރު، މިއީ އެންމެ ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ ގާތުގައި އަހާ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ […]
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން “އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު” އަށް މުހިންމު އިސްލާހުތަކެއް ގެނެސް، އިލެކްޓްރިކް އުޅަނދުތަކަށް ހާއްސަ ފެހި ކުލައިގެ ނަންބަރު ބޯޑު ބޭނުންކުރުން މަޖުބޫރުކޮށްފިއެވެ. ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ވަކިކުރުމަށް ފަސޭހަކުރުމުގެ ގޮތުން ތައާރަފުކުރި މި އައު ބޯޑުތަކަށް ބަދަލުވުމަށް މިހާރު ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް 60 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އަމިއްލަ އުޅަނދު: ފެހި ބޯޑެއްގައި ހުދު އަކުރު. ވިޔަފާރި އުޅަނދު (ޓެކްސީ ފަދަ): ފެހި ބޯޑެއްގައި ރީނދޫ އަކުރު. މި […]
ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކޮށް ބާރުވެރިކުރުވުމަށް 2019 ވަނަ އަހަރު އުފެއްދި އެސްޑީއެފްސީ، ނުވަތަ މިހާރުގެ ނަމުންނަމަ އެސްއެމްއީ ޑިޖިޓަލްއަށް 7 އަހަރު ފުރުން މިއަދު ފާހަގަކޮށްފިއެވެ. މި މުއްދަތުގެ ތެރޭގައި އެ މުއައްސަސާއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިންގ ދޫކުރާ އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތައް މިހާރު […]











