ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކޮށް، ކޮންމެ ހާލަތެއްގައިވެސް ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުން ކަށަވަރުކުރުމަށް ސަރުކާރުން ހިންގާ “އެންކާ” ނެޓްވޯކްގެ ތެރެއިން، ރާއްޖޭގެ ތިން ބައިނަލްއަޤްވާމީ ބަނދަރު ލޮޖިސްޓިކަލީ ގުޅައިލެވި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިސް ދައުރެއް އަދާކުރާނެ ކަމަށް އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، “އެންކާ” ނެޓްވޯކަކީ ރާއްޖޭގެ […]
ފަހުގެ
މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ވިޔަފާރީގެ ގުޅުންތައް ފުޅާކޮށް، ބަދަލު ވިޔަފާރި ބާޒާރުތައް ހޯދުމަށް ސަރުކާރުން މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލެންޑް، ކެމްބޯޑިއާ، އޮމާން، އަދި އެފްރިކާގެ ބައެއް ގައުމުތަކާ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް ހާރިޖީ ވުޒާރާ މެދުވެރިކޮށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށައިފައެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އިގްތިސޯދީ ތަރައްގީ އަދި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، މެދުއިރުމަތީ ހަނގުރާމަ ފެށުނީއްސުރެ ބަދަލު […]
މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ކުރިން ލިބިފައިވާ ބިމެއް ނުވަތަ ފްލެޓެއް ދޫކޮށްލަންޖެހޭ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަފުސީލީ އުސޫލު މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އިއްޔެ އާންމުކޮށްފިއެވެ. މި އުސޫލަކީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ވަކި ހާލަތްތަކެއްގެ ސަބަބުން ކުރިން ލިބިފައިވާ ތަންތަން ދޫކޮށްލަންޖެހޭ މީހުން އަމަލުކުރަންޖެހޭ އިޖުރާތުތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ އުސޫލެކެވެ. ހައުސިން މިނިސްޓްރީން ހާމަކުރި […]
މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ހޯދުމުގައި އާންމުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ތައާރަފްކުރާ “މާލެ ޓެކްސީ” ލައިނަށް ހާއްސަ ހޮޓްލައިން ނަންބަރެއް ކަނޑައަޅައި، އެކަން އިއުލާންކޮށްފިއެވެ. މި ޚިދުމަތް ހިންގައި އޮޕަރޭޓްކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކުރި ގޮތުގައި، “މާލެ ޓެކްސީ” ގެ ޚިދުމަތަށް ކަނޑައަޅާފައިވާ ހާއްސަ ހޮޓްލައިން ނަންބަރަކީ 1655 އެވެ. މި ނަންބަރު މެދުވެރިކޮށް ޚިދުމަތަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ވަރަށް […]
ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ބިޔަ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. ތިނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަލްސަން އަހްމަދު، ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީގެ އިތުރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ […]
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީން ފުލެޓަށް އެދި ހުށަހެޅުމުގެ ތާރީޚު އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހަށް ފަސްކޮށްފިއެވެ. އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނީ، މި ކެޓަގަރީން ފުލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީޚު އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މިހާރު ލަސްކޮށްފައިވާ ކަމަށެވެ. މި ކެޓަގަރީގެ […]
ކަޅުބިލަމަހުގެ މަސްވެރިންނެކޭ އެއްފަދައިން ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓިއޯ އިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމަވައި، އެކަން މިއަދު އަމަލީގޮތުން ތަންފީޒުކުރަން ފަށައިފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މިއީ މިހާރުވެސް ކަޅުބިލަމަހުގެ […]
ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމުގެ ގޮތުން، އެކަމަށް ހާއްސަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވި ގޮތުގައި، މަރުގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ ހާއްސަ ބިލު ޑްރާފްޓުކުރުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ދަނީ ކުރަމުންނެވެ. މި ބިލުގެ މަސައްކަތްތައް ނިމުމާ ގާތްވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި އެ […]
: ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ދަށުން ފްލެޓް ނުވަތަ ގޯތި ލިބުމުން، މިހާރު ހުރި ކުދި ބިންކޮޅުތައް ދައުލަތަށް ދޫކޮށްލުމުގެ ބަދަލުގައި އާއިލާގެ މެންބަރަކަށް ދޫކޮށްލެވޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި އާ އުސޫލު މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ސަރުކާރުން ގެޒެޓް ކުރައްވާނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށާއި، އާއިލާތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް ނިންމެވި ނިންމެވުމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިހާރު އަމަލުކުރަމުންދާ […]
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙުތަކުގެ ތެރޭގައި، މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނާއި 30 އަހަރުން ދަށުގެ ޒުވާނުންނަށް ކަނޑައެޅުމަށް ދިރާސާކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފި އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖިލިސް މެންބަރުންގެ އަދަދު ކޮންމެ އިންތިޚާބަކާ ދިމާކޮށް އިތުރުވަމުންދާ ދިއުން ހުއްޓުވުމަކީ ރައްޔިތުން އެދޭ ގޮތް ކަމަށެވެ. އަދި މި ބަދަލު […]
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ރައްޔިތުންނަށް ދެވޭ ސިއްހީ ޚިދުމަތްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމުގެ ޔަޤީންކަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ދެއްވައިފި އެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފަޔާއި އިރުޝާދު ހޯއްދަވަމުންދާ ކަމަށެވެ. އެގޮތުން ރައީސްގެ އެންމެ ބޮޑު އިރުޝާދަކީ، ބޭސްފަރުވާއާއި ބޯހިޔާވަހިކަމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ […]
އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ކިބައިގައި ގައުމަށް ހިދުމަތް ކުރުމުގެ އެއްވެސް އިހުލާސްތެރި ވިސްނުމެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ހެންވޭރު ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ކުރީ ސަރުކާރުތަކުގެ ހަމައެކަނި އަމާޒަކީ ވެރިކަން ހޯދުން ކަމަށާއި، ގައުމީ ތަރައްގީއަށް އޮތް ސިޔާސަތެއް ނުވަތަ ތަސައްވުރެއް އެ ބޭފުޅުންގެ ނެތް ކަމަށެވެ. އަދި ސިޔާސީ މަސައްކަތުގައި އުޅެންވާނީ ގައުމަށް ހިދުމަތް […]











