މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އޮތް ގޮތުން ބައެއް ފަރާތްތަކުން އޭގެ ނަހަމަ ބޭނުން ހިފަމުންދާ ކަމަށާއި، މިއީ ގާނޫނަށް ބަދަލު ގެންނަން ޖެހޭ މައިގަނޑު ސަބަބެއް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އުޝާމް ވިދާޅުވީ،ބައެއް ފަރާތްތަކުން ވަރަށް ގިނަ އަދަދެއްގެ މައުލޫމާތު ހޯދަން އެދެނީ ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ހުއްޓުވައި، ދަތިކުރުމުގެ ނިޔަތުގައި ކަމަށެވެ.މިފަދަ “އެބިއުސިވް” ރިކުއެސްޓްތަކަށް ޖަވާބުދޭން އުޅުމުގެ ތެރޭގައި، ދައުލަތުގެ މުވައްޒަފުންގެ […]
ފަހުގެ
ނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާއްވައިިފިއެވެ. ކެންޑިޑޭޓުންނާއި ނަންބަރުތައް: ކެންޑިޑޭޓް ނަންބަރު 1: އަހްމަދު ސައީދު (ސޮޑާ) – ޕީޕަލްސް ނެޝަނަލް ކޮންގްރެސް ކެންޑިޑޭޓް ނަންބަރު 2: އަބްދުﷲ ސޯދިގު (ސޯބެ) – މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން ނިންމާލާފައިވާއިރު، މި އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ތާވަލުކޮށްފައިވަނީ 6 […]
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން،ސެގްމެންޓް 2، 3 އަދި 4 އެއްގައި 278 މީޓަރުގެ ޝީޓް ޕައިލް ޖެހުމުގެ މަސައްކަތް ނިމިފައިވާ ކަމަަށް އެމްޓީސީސީއިން ހާމަކޮށްފި އެވެ. މި މަޝްރޫޢުގެ ދަށުން މިހާރު އެންމެ ބާރަށް ކުރިއަށްދާ ސެގްމެންޓް 2، 3 އަދި 4 އެއްގައި 278 މީޓަރުގެ ޝީޓް ޕައިލް ޖެހުމުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިންމާލާފައެވެ. ޝީޓް ޕައިލިންގްއަށްފަހު މި ސަރަހައްދުތަކުގައި […]
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ “ތިލަމާލެ ބްރިޖް” މަޝްރޫއުގެ ބޮޑު ބައެއް ނިމި، މަސައްކަތުގެ 72 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މިވަގުތު ސައިޓުގައި އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ ބްރިޖްގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް ތައްޔާރުކުރުމާއި، އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 86 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ހަދައި ނިމިފައެވެ. އަދި މީގެ ތެރެއިން 60 އިންސައްތަ ސެގްމަންޓް މިހާރު ވަނީ […]
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން ނެރުނު ރިޕޯޓާ ގުޅިގެން ބައެއް މީޑިއާތަކުން ހަބަރު ގެނެސްދީފައިވާ ގޮތާމެދު މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރިޕޯޓުގެ އަސްލު މަގްސަދާއި އޭގައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއް ނެތި، ބައެއް މީޑިއާތަކުން ބޭނުންކޮށްފައިވާ ބަސްމަގާއި މާނަކޮށްފައިވާ ގޮތާމެދު އެ މުއައްސަސާއިން ހިތްހަމަނުޖެހޭ ކަމަށެވެ. ފުލުހުން ފާހަގަކުރެއްވި ގޮތުގައި، މި ރިޕޯޓުގައި ހިމެނޭ ހޯދުންތަކަކީ ހިދުމަތްތައް އިސްލާހުކުރުމަށް ދީފައިވާ […]
ށ. މިލަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު މަސް ދުވަސް ތެރޭ ނިންމާލައިފިއެވެ، މިކަން އިއުލާނުކުރައްވާ ރައީސް ޑރ މުއިއްޒު ވަނީ ސޯޝަލްމީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ. އަދި ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ވަނީ އެއްކޮށް ނިންމާލާފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 21 ހެކްޓަރުގެ ބިން ވަނީ އަލަށް ހިއްކާފައެވެ. މިލަންދޫ އެއަރޕޯޓްގެ ޖުމްލަ ބޮޑުމިނަކީ 25.90 […]
ރާއްޖެއަށް އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ދަނޑިވަޅުގައި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވި ދުރުވިސްނުންތެރި ސިޔާސަތުތައް ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސްރީލަންކާގައި އޮތް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ، މި ދަތި އުނދަގޫ ހާލަތްތަކާއެކު ވެސް ފާއިތުވި ދެ އަހަރު ދުވަހު ފެނިގެންދިޔައީ ގައުމުގެ އިގްތިސޯދު ހަމައަކަށް އެޅުވުމަށް ސަރުކާރުން ކުރި މަަސައްކަތްތައް ކަމަށެވެ. އެގޮތުން، […]
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށް، އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ރަސްމީކޮށް ފަށައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފައްޓަވައިދެއްވާފައިވާއިރު، މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙްކުރީ މިއަދު އެ ގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ލަންކާގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމުގެ ގޮތުން، އެންމެ ފުރަތަމަ މި […]
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް 60 އަހަރުވީ ބަދަހި ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިގްތިސާދީ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެ ގައުމުން މަޝްވަރާކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމް.ޕީ، ވިޖިތަ ހޭރަތު ވަނީ ރައީސް މުއިއްޒުގެ އަރިހަށް ޒިޔާރަތެއް ކުރައްވާފައެެވެ. މި މަޝްވަރާ ބައްދަލުވުމުގައި،ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް […]
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް 7 މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސްގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމަށް ލަންކާގެ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ފަތުރުވެރިކަމާއި، އަރުޝީފު ބެލެހެއްޓުމާއި، ކުޅިވަރާއި ޒުވާނުން ތަރައްޤީކުރުމުގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާއިން މުދައްރިސުންނާއި ސްކޫލް […]
ރާއްޖޭގައި ތިބޭ މީހުންގެ ބޭންކް ކާޑުތައް ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތަށް ހަދައި، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޚާއްސަ ކާޑެއް ތަޢާރަފުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ފިޔަވަޅުތައް އަޅަން ނިންމީ ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށްވުރެ ޑޮލަރު ވިއްކަންޖެހޭ މިންވަރު އިތުރުވެފައިވާތީ، ހުރިހާ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ހަމަހަމަކޮށް ޑޮލަރު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. ޝަރީފް ފާހަގަކުރެއްވި ގޮތުގައި، […]
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ރީޖަނަލް އެއާޕޯޓްސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އައްޔަންކުރައްވައިފި އެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ ސަރުކާރުގެ މައި ކުންފުނި، އެމްޓީސީސީން ވަނީ މުބީން އެ މަގާމަށް އައްޔަންކުރެއްވިކަން ކަށަވަރުކޮށްދީފައެވެ. މި އައްޔަންކުރެއްވުމާ ގުޅިގެން އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑާއި މުޅި ކުންފުނީގެ ނަމުގައި މުބީނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެމްޓީސީސީން ކުރި ޕޯސްޓެއްގައި […]











