ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ބައެއް ޤައުމުތަކުގެ އައު ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އަރުއްވައިފިއެވެ. ރައީސް އޮފީހުގައި ވަކިވަކިން ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުތަކެއްގައި ފަތްކޮޅު އަރުވާފައިވަނީ ނެދަލޭންޑްސް، ފްރާންސް (ފަރަންސޭސިވިލާތް) އަދި ފިލިޕީންސްގެ އައު ސަފީރުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖެއަށް ކަނޑައެޅުއްވި ތިން ޤައުމެއްގެ އައު ސަފީރުންނާ ވަކިވަކިން ބައްދަލުކުރައްވައި ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ނެދަލޭންޑްސްގެ އައު ސަފީރު، ހިޒް އެކްސަލަންސީ ވެއިބެ ޖޭކޮބް ޑި […]
ފަހުގެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ދަތުރުކުރާ، ބޭރުފުށުން ފާހަގަނުވާ ނުކުޅެދުންތެރިކަން (ނަން-ވިޒިބަލް ޑިސްއެބިލިޓީސް) ހުންނަ ފަސިންޖަރުންނަށް ޚާއްސަކޮށްގެން “ކާމް ރޫމް” އެއް މިއަދު ހުޅުވައިފި އެވެ. މި ކާމް ރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުއެވެ. މިހަފުލާގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، އޯޓިޒަމް ކެއާ މޯލްޑިވްސް އަދި މި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން، ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ […]
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، މޫސާ ޒަމީރު މަޤާމުން އިސްތިއުފާދެއްވައިފިއެވެ. ރައީސްއޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، މޫސާ ޒަމީރު މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރު އެކުލަވައިލިއިރު، 17 ނޮވެމްބަރު 2023 އިން ފެށިގެން މޫސާ ޒަމީރު ފުރަތަމަ ހުންނެވީ މިނިސްޓަރ އޮފް ފޮރިން […]
ދިވެހިރާއްޖޭގައި 2014 ވަނަ އަހަރު ރައިޓް ޓު އިންފޮމޭޝަން (އާރް.ޓީ.އައި) ޤާނޫނު ވުޖޫދަށް އައި ފަހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހުރިހާ ވުޒާރާތަކަކުން، މައުލޫމާތު އިސްވެ ހާމަކުރުމުގެ މާއްދާއަށް 100 އިންސައްތަ އަމަލުކޮށް ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިފަދަ ފުރިހަމަ ކާމިޔާބީއެއް ހާސިލުވި ފުރަތަމަ ފަހަރެވެ. މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެ ކުރިން އާންމުންނަށް ލިބުން ދަތިވެފައި ހުރި ގިނަ މައުލޫމާތުތަކެއް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ދެފުށް ފެންނަ ގޮތަށް […]
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފ.ނިލަންދޫގައި ފާހަގަކޮށްފިއެވެ. މި އަހަރުގެ ދުވަހުގެ ޝިޢާރަކީ ފުޑް އެވްރި”ފްރޮމް ބަރޑަން ޓު ސޮލިއުޝަން – ސޭފްވެއަރ” (ތަކުލީފުން ޙައްލުތަކަށް – ރައްކާތެރި ކާބޯތަކެތި ހުރިހާތަނަކަށް) އެވެ. ނިލަންދޫގައި ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެވެ. މީގެ އިތުރުން ހެލްތު މިނިސްޓަރު ޖީލާ ޢަލީއާއި، އެ ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި އެމް.އެފް.ޑީ.އޭގެ ލޯގޯ އިފްތިތާހުކުރުމާއި، ކާބޯތަކެތީގެ […]
މޯލްޑިވްސް އިިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު ބޮޑުކޮށްފިއެވެ. މިފްކޯއިން މަސްގަންނަ އަގުތަކަށް ގެނައި ބަދަލާއެކު، މިހާރު ކަޅުބިލަމަސް ކިލޯއެއް އެކުންފުނިން ގަންނަނީ، 18.50 ރުފިޔާއަށެވެ.މިއީ ކުރިން މަސް ގަންނަމުންދިޔަ އަގަށްވުރެ ބޮޑު އަގެކެވެ.ނަމަވެސް، ކަންނެލި ގަންނަ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އައު އަގުގައި މަސްގަތުމުގެ މަސައްކަތް މިފްކޯގެ މައިގަނޑު ބޯޓުފަހަރާއި މަރުކަޒުތައް ކަމަށްވާ ފެލިވަރު، ކޫއްޑޫ، އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ރާއްޖޭގެ އެކި […]
ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.އެމަނިކުފާނުގެ ޚިޠާބުގައިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ޢަޒުމް ކަނޑައެޅުމަށް ވިދާޅުވިއެވެ. ރާއްޖޭގެ ތަރައްޤީއާއި މޫސުމީ ބަދަލުތަކާ އެކު ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މާލީ […]
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ކުރިމަތިލި 1,785 ޒުވާނުންގެ ތެރެއިން ހޮވުނު ފުރަތަމަ 352 ބައިވެރިން، ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނުތަކަށް ފުރައިފިއެވެ. ރައީސް ޑރ މުހަެްމަދު މުއިއްޒު ހިއްސާކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ، އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ.މާފިލާފުށީގައި ކުރިއަށްދާ މި ތަމްރީނުތަކަކީ ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ޕްރޮގްރާމެއް ކަމަށެވެ. މީގެ އިތުރުން، މި ތަމްރީނުތަކުގެ މައިގަނޑު ބޭނުމަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ […]
ކަނޑުތަކާބެހޭ ޢިލްމް ފުޅާކޮށް ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ މަސްވެރިކަން ހަރުދަނާކޮށް، ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށް ރައީސްޑރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. ދުނިޔޭގެ ކަނޑުތަކުގެ މުނާސަބަތުގައި ރައީސް ވިދާޅުވީ،ދިވެހިރާއްޖޭގެ ފަރުތައް ހިމާޔަތްކުރުމާއި، މަސްވެރިކަން ވިލަރެސްކުރުމާއި، މެރިން ސައިންސް ކުރިއެރުވުމާއި، ވިލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ބިނާކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ މުސްތަޤުބަލާއި ދިވެހި ކަނޑުތަކާ އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނާއި، އިޤްތިޞާދާއި، ވެށީގެ ދުޅަހެޔޮކަން ބަރޯސާވަނީ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ރައީސް […]
އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށްފަހު، ވެރިކަންކުރާ ޕީއެންސީގެ ސަޕޯޓަރުންނާއި ކެމްޕެއިން ޓީމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ސާބިތުކަމާއެކު ތިބިކަމަށް މަޖިލިސް ނައިބު ރައީސް އަބްދުއްރަހީމް އަބްދުއް الله ވިދާޅުވެއްޖެއެވެ. މި ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި ކެނޑިޑޭޓް އަޙްމަދު ސަޢީދަށް ވޯޓްދެއްވި ހިތަދޫ އުތުރު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ޕާޓީގެ ސަޕޯޓަރުންނަށް އަބްދުއްރަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އިންތިޚާބުގެ ޖުމްލަ ނަތީޖާ […]
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ ފ.ދަރަނބޫދޫގައި ގާއިމުކޮށްފައިވާ ފުޓްސަލް ދަނޑު ހުޅުވައި ދެއްވައިފިއެވެ. އެކަމަނާ އެ ރަށަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެކަމަނާ ދަނޑު ހުޅުވައި ދެއްވީ އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްތުގައި ހެލްތު މިނިސްޓަރު ގީލާ އަލީއާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ބައިވެރިވެވަޑައި ގެންނެވިއެވެ. އެކަމަނާ ވަނީ މި ދަނޑު ހުޅުވުވުމުގެ މުނާސަބަތު ގައި ބޭއްވި 12 އަހަރުން ދަށުގެ […]
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ، ޚިދުމަތުގައި ހުރި ފުލުސް އޮފިސަރެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ، މި މަހުގެ 1 ވަނަ ދުވަހު ފުލުހުންގެ އިދާރާއަށް ހުށަހެޅި މި މައްސަލައިގައި ތުހުމަތު ކުރެވެނީ އެ މުއައްސަސާގެ އޮފިސަރެއްގެ މައްޗަށް ކަމަށެވެ. މި މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރިއަށްގެންދާއިރު، އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ […]











