ރަނގަޅު ޞިއްޙަތަކީ ތަޢުލީމާއި އިޤްތިޞާދީ ކުރިއެރުމުގެ އަސާސީ ބިންގާ ކަމުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. “ތަރޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯރ ހެލްތްކެއަރ ޕްރޮފެޝަނަލްސް 2026” އިފްތިތާޙްކޮށްދެއްވަމުން، ޞިއްޙީ ޚިދުމަތަކީ ކޮންމެ ރައްޔިތަކަށްމެ ފަސޭހައިން ލިބެންޖެހޭ އަސާސީ ޙައްޤެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.މި މަހުގެ 7 އިން 9 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ މި ބައްދަލުވުމުގެ މައިގަނޑު ޝިއާރަކީ “އެވިޑެންސް، އެމްޕަވަރމަންޓް އެންޑް އެޑިއުކޭޝަން: ލީޑިންގ ދަ ފިއުޗަރ އޮފް ހެލްތްކެއަރ ފޯރ ސަސްޓެއިނަބަލް […]
ފަހުގެ
މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ އައު ޤާނޫނާއި ގަވާއިދުތައް ތަންފީޒުކޮށް، ދާޚިލީ ބޭންކިންގް ނިޒާމު ވަރުގަދަކޮށް ބޭރު ފައިސާގެ އާމްދަނީ ހިފެހެއްޓުމުގެ މަސައްކަތް ހަލުވިކޮށްފިއެވެ. އެމްއެމްއޭގެ އެންމެ ފަހުގެ ރިޕޯޓްތައް ދައްކާގޮތުން، ބޭރު ފައިސާގެ އައު ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ރާއްޖޭގެ މާލީ ދާއިރާގެ ދެމެހެއްޓެނިވިކަން ވަނީ އިތުރަށް ވަރުގަދަވެފައެވެ. ރާއްޖޭގެ ބޭންކިންގް ނިޒާމުގެ ތެރޭގައި ޑޮލަރު ހިފަހައްޓައި ބޭރު ފައިސާގެ މާކެޓް ވަރުގަދަކުރުމަށްޓަކައި، 1 ޖެނުއަރީ 2025 އިން ފެށިގެން އަމަލުކުރަން […]
ސަރުކާރުން ދެމުން އަންނަ ސަބްސިޑީތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުނު ނަމަވެސް، ރާއްޖޭގެ ބާޒާރުގައި އަގުތައް ކޮންޓްރޯލްކޮށް އިންފްލޭޝަން 4 އިންސައްތައިގައި ހިފެހެއްޓިފައިވާ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އާއި މޯލްޑިވްސް މޮނިޓަރީ އަތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މަތީ އަދަދެއް ނަމަވެސް، ސަބްސިޑީގެ ނިޒާމަށް ބަދަލު ނުގެނައިނަމަ މިއަށްވުރެ މާ ބޮޑަށް އަގުތައް އުފުލިގެންދާނެ ކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ. މީގެ ކުރިން ކަރަންޓާއި، ތެލާއި، އަސާސީ ކާބޯތަކެތި […]
ސްކޫލްތަކަށް ކުދިން ހާޒިރުނުވާ މައްސަލަ ބޮޑުވެފައިވާތީ، އެކަށީގެންވާ ސަބަބެއް ނެތި ސްކޫލަށް ހާޒިރުނުވާ ކުދިންނާ މެދު ފިޔަވަޅު އެޅުމަށް ހުރިހާ ޕްރިންސިޕަލުންނަށް އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. މިފަދައިން މިނިސްޓަރު ވިދާޅުވީ،ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ހާމަކުރެއްވި ގޮތުގައި މި ދުވަސްވަރު ގަވާއިދުން ސްކޫލަށް ހާޒިރުނުވާ 8،000 އެއްހާ ދަރިވަރުން އެބަތިއްބެވެ. މީގެ ތެރެއިން 40 އިންސައްތައަކީ މާލޭ […]
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާޙައުލުން ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ކުންފުނިތަކާއި މުއައްސަސާތަކުގައި ވަކި ޚާއްޞަ ވަޒީފާތަކެއް އެފަރާތްތަކަށް ކަނޑައެޅުން މަޖުބޫރުކުރާ އިޞްލާޙެއް ސަރުކާރުން ދިވެހިސަރުކާރުގެ ގެޒެޓް ގައި ޝާއިޢުކޮށްފިއެވެ. މި ބަދަލަކީ “ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު” އަށް ގެނެވުނު ފުރަތަމަ އިޞްލާޙެވެ. އިޞްލާޙުގައި ހިމެނޭ މުހިންމު ނުކުތާތައް: ވަޒީފާ ޚާއްޞަކުރުން: ކޮންމެ އޮފީހަކުން އަދި ކުންފުންޏަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަދާކުރެވޭނެ ވަޒީފާތަކެއް […]
ރާއްޖެއާއި މެކްސިކޯގެ ބާޒާރުން ކެންސަރު ބައްޔަށް ބޭނުންކުރާ ނުރައްކާތެރި ފޭކު (ނަކަލު) ބޭސްތަކެއް ފެނިގެން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން މުޅި ދުނިޔެއަށް ސަމާލުވުމަށް އެދި ބައިނަލްއަގުވާމީ މެޑިކަލް ޕްރޮޑަކްޓް އެލާޓެއް ނެރެފިއެވެ. ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި މި އެލާޓް ނެރެފައިވަނީ މަލްޓިޕްލް މައިލޯމާ (ލޭގެ ކެންސަރުގެ ބާވަތެއް) ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ، ‘ޑަރްޒަލެކްސް’ ކިޔާ އިންޖެކްޝަނެއްގެ ފޭކު ދެ ބެޗެއް ފެނުމާ ގުޅިގެންނެވެ . ނުރައްކާތެރި މައްސަލަ ރާއްޖޭގެ މޯލްޑިވްސް ފުޑް […]
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ ރަސްމީ މަޢުލޫމާތާއި އެންމެ ފަހުގެ އަދާހަމަތައް ރައްޔިތުންނަށް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ހައުސިންގް މިނިސްޓްރީން 4 ވައިބަރ ކޮމިއުނިޓީއެއް ރަސްމީކޮށް އުފައްދައިފިއެވެ. ހައުސިން މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މި ކޮމިއުނިޓީތައް ބަހާލެވިފައިވަނީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް ޚާއްޞަކޮށްގެންނެވެ. މީގެ ތެރޭގައި “ބިންވެރިޔާ ސްކީމް” ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްޞަ 3 ކޮމިއުނިޓީއެއް ހިމެނެއެވެ. އުފެއްދި 4 ވައިބަރ ކޮމިއުނިޓީ: “ބިންވެރިޔާ ހުޅުމާލެ”: ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް. […]
އިކޮނޮމިކް މިނިސްޓްރީން ދެމުންދާ އެއްގަމު ދަތުރުފަތުރާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް އަންނަ އޮގަސްޓް މަހުގެ ނިޔަލަށް އެއްކޮށް ޑިޖިޓަލްކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސް އަދި ލުއިފަސޭހަ ކުރުމަށްޓަކައި ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އޮގަސްޓް […]
ރާއްޖޭގައި ބޭރު ފައިސާގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ނުލިބިގެން އުޅެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑޮލަރުގެ ރޭޓަށް ގެނައި ބަދަލުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެން މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ،ޑޮލަރުގެ އަގު އުފުލި، ބޭރު ފައިސާގެ ތާށިކަން ބޮޑުވުމުގެ އަސްލަކީ އޭރުގެ ސަރުކާރުން ގެންގުޅުނު މާލީ ސިޔާސަތުތަކެވެ. އެގޮތުން ޑޮލަރުގެ ރޭޓު ވަކި ބޭންޑެއްގެ ތެރޭގައި ހިފެހެއްޓުމަށް […]
ސްޓޭޓް ފާމާ (ކުރީގެ އެސްޓީއޯ) ހެންވޭރު ފާމަސީން ކަސްޓަމަރަކަށް ބޭސް ދޫކުރި އަގާ ގުޅުވައިގެން މީސްމީޑިއާގައި ފެތުރެމުންދަނީ ކަނޑައެޅިގެން ދޮގު މަޢުލޫމާތެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ. ސްޓޭޓް ފާމާއިން ހާމަކޮށްފައިވާ ގޮތުގައި، ހެންވޭރު ފާމަސީން ކަސްޓަމަރަކަށް ދޫކުރި ބޭސްތަކުގެ ޖުމްލަ އަގަކީ 2,977.15 (ދެހާސް ނުވަސަތޭކަ ހަތްދިހަ ހަތެއް ރުފިޔާ ފަނަރަ ލާރި) އެވެ. މި ބޭހަކީ އާސަންދައިގެ ދަށުން ކަވަރުކުރާ ބޭހަކަށް ނުވާއިރު، ބޭސް ދޫކޮށްފައިވަނީ ކަސްޓަމަރުގެ އިންޝުއަރެންސް ޕާޓްނަރ ސްލިޕަށެވެ. އެހެންކަމުން، ކަސްޓަމަރުގެ […]
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10އަހަރު ފުރުމުގެ މުނާސަބާ މިއަދު ފާހަގަކޮށްފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު އެވެ.މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވީ، މާލޭސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ. މީގެއިތުރުން، ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމެއްގެ ގޮތުގައި “ކާޑިއޯ ވެސްކިއުލަރ ސައިންސާ ބެހޭ […]
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ ބޮޑު އިންތިޚާބުގައި ޕާޓީގެ އެކި މަޤާމުތަކަށް 2,500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެކަން އެ ޕާޓީން ހާމަކޮށްފިއެވެ. އިންތިޚާބާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ، ވޯޓުލުން ކުރިއަށްދާނީ ހޮވަންޖެހޭ އަދަދަށްވުރެ ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު އިތުރުވި ދާއިރާތަކުގައި އެކަނި ކަމަށެވެ. “މި އިންތިޚާބު މުޅި ރާއްޖޭގައި ނިމިގެންދާއިރު، ޕާޓީގެ އެކި ހަރަކާތްތަކުގައި […]










