ފަހުގެ

ސަފުހާ 169 / 192

ޙަބަރު

ދިވެހިންގެ އެހީ ބޭރުގެ ނިކަމެތިންނާއި އެހީއަށް ބޭނުންވާ ފަރާތްތަކާ ހަމައަށް ގެންގޮސް ދިނުމުގައި އުޅޭ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ބުނީ ޞަދަގާތުގެ ގޮތުގައި އެޗްޑީސީން އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން މިފަދަ ކަންކަމުގައި ދޭ އެއްބާރުލުމާއި އިސްނެގުމަށް އެ ކުންފުންޏަށް ޝުކުރު އަދާކުރާކަމަށް އައިއޭސީން ބުނެފައިވެއެވެ. ޣައްޒާއަށް އެހީވުމަށްޓަކައި އެޗްޑީސީން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފައިވާއިރު ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ޒަކާތު ފަންޑުން 1 ލައްކަ ޑޮލަރު ފޮނުވަން […]

ޙަބަރު

އެމްޕީއެލްއިން ބުނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގައި ދިމާވެފައިވާ ސްޓޯރޭޖްގެ ދަތިކަން ހައްލުކުރުމަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނިން ވަނީ ސީއެސްއާރްގެ ދަށުން އެ ހޮސްޕިޓަލަށް 40 ފޫޓުގެ ދެ ސްޓޯރޭޖް ކޮންޓޭނަރު މިއަދު ހަދިޔާކޮށްފައި ކަމަށެވެ. އެ ސްޓޯރޭޖް ކޮންޓޭނަރުތައް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލަށް ރަސްމީކޮށް ހަދިޔާކުރެއްވުމުގެ ގޮތުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އަދި ކުންފުނީގެ ބައެއް އިސްވެރިން ވަނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު އަހްމަދު އަދި އެ ހޮސްޕިޓަލްގެ […]

ޙަބަރު

ކުޅުދުއްފުށީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު މިއަދު ހެނދުނުން ފެށިގެން އެ ރަށުން ވަނީ އެއްކޮށް ކަރަންޓު ކެނޑިފަ އެވެ. ފެނަކަ ކޯޕަރޭޝަންގެ އެދުމުގެ މަތިން މިއަދު ހަވީރުގެ ވަގުތެއްގައި، ސްޓެލްކޯގެ ގިނަ ދުވަސްވީ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް ވަނީ އެ ރަށަށް ގޮސްފަ އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޓީމުން ކުރި […]

ޙަބަރު

މެޓްއިން ހުދު ސަމާލު ނެރިފައިވަނީ މިރޭ 19:30 އިން ދަންވަރު 1:30 އަށެވެ. ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މިރެއިން ފެށިގެން މާދަމާ ހެނދުނު 6:00 އަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ. ދެކުމުގެ އަތޮލުތަކަށް އިރުދެކުނާއި ދެކުނުން ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް އިރާއި އިރިދެކުނުން ގަޑިއަކު […]

ޙަބަރު

ވަޒީރު އިހުސާން އެހެން ވިދާޅުވީ ރޭ ޕީއެންސީގެ ފަރާތުން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒާންމަތާއި ހަވާލުވެވަޑައިގެންނެވިއިރު ލިބިވަޑައިގެންނެވީ ފާނަކުރުވަނި ރައްޔިތުންގެ މަޖިލީހެއް ކަމަށެވެ. އެ މަޖިލީހުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކާ ކުރެއްވި ހިޔާލުފުޅާ ދެއްވަން ބޭނުންވި ހިދުމަތްތައް ހުރަސްއެޅި މަންޒަރު ފެނިގެން ދިޔަ ކަމަށެވެ. “މި ވަރަށް ނަގިލި ވަށްޓައިގެން ހިފައިގެން ހުއްޓާވެސް އަޅުގަނޑުމެން ރާއްޖެ މި ދަތުރުކުރަމުންދަނީ ބާރު ސްޕީޑްގައި. އެހެންވީމަ […]

ޙަބަރު

މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ރައީސް ޑރ.މުޢިއްޒު މިހާރު ފ.އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ފީއަލީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އާދަމް ޝަރީފް ވިދާޅުވީ ރައީސްގެ އެންމެ ބޮޑު އެއް ވައުދަކީ ޒަމާނުއްސުރެ ރާއްޖޭގައި އޮންނަ ސިޔާސީ ހަމަނުޖެހުންތަކާއި ބަދަލުހިފުމުގެ ރޫހު އެއްކޮށް ކަނޑުވައިލެއްވުން ކަމަށެވެ. ވޭތުވެދިޔަ މުއްދަތުގައި ރައީސް ޑރ.މުޢިއްޒަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެން ހިނގައްޖެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް އެކަން ހިނގައިފި ކަމަށް […]

ޙަބަރު

ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދޭނެ ވާހަކަ ކުރިން ވިދާޅުވެފައިވާނެ ކަމަށާއި އަބަދުވެސް ވާހަކަފުޅު ދައްކަވާނީ ތެދުބަހުން ކަމަށެވެ. ”އަޅުގަނޑަކީ އަބަދުވެސް އަޅުގަނޑު ދައްކާ ވާހަކަތަކުގަ އަޅުގަނޑުގެ ފަރާތުން ރައްޔިތުންނަށް ދަންނަވާ ވާހަކައެއްވިއްޔާ ޒިންމާ ނަގާނެ މީހެއް.” އެހެންކަމުން ވައުދެއްވެވަޑައިގެންފިނަމަ އެ ވައުދެއް ފުއްދަވާނެ ކަމަށާއި އެމަނިކުފާނަކީ އެހެން ބައެއް މީހުން ކަންތައް ކުރާހެން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެއަށްފަހު ރައީސް ދެއްވީ އެއާޕޯޓުގެ މަސައްކަތް […]

ޙަބަރު

ރައީސް މުއިއްޒު ފ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފީއަލީއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންތެރޭގައިވެސް އެރަށުގެ ބިން ހިއްކައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ. އެގޮތުން، އެ ވައުދާ އެއްގޮތަށް އެރަށު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. “އަޅުގަނދު ކެމްޕެއިނުގެ ތެރޭގަވެސް އެ ވައުދުވިން. ވައުދުވީ ފުއްދުމުގެ ބޭނުމުގައި. އެހެންވީމަ ފީއަލީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދާނެ. ހިއްކުނު އެންމެ […]

ޙަބަރު

ސޯލިހް ރޭ ދެއްކި ވާހަކަތަކާއި ގުޅިގެން ހަމްދާން ކުރި އެކްސްއެއްގައި ވިދާޅުވީ، އެންމެ ފަހު 6 މަސް ދުވަސް ހޭދަ ކުރީ ދިވެހި ރައްޔިތުންނާއި އަންނަން އޮތް ސަރުކާރަށް ޖެއްސުމަށް ނަމަކަށް ކަމެއް ކުރަން ކަމަށެވެ. އަދި ސޯލިހްގެ ވެރިކަމުގައި ހިންގީ ޖަރީމާކަން ދިވެހި ރައްޔިތުންނަށް ބޮޑު ތަނުން ސާފު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. “އަދި ކޮށްފަ ހުރި ވައްކަންތަށް ހިސާބުކޮށް ނިމޭ އިރު ދައުލަތަށް ދަރިފަސްކޮޅުގެ މުދާވެސް ނަގާ ހިސާބުގަ ކަން ހުރީ،”. ސޯލިހް ރޭ ވިދާޅުވީ، […]

ޙަބަރު

އައްޑޫ ސިޓީގެ ހިތަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެކުނުގައި ޤާއިމްކުރާ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންގެ ކެޕިޓަލްއަކީ އައްޑޫސިޓީކަމަށާއި ހިތަދޫ ހޮސްޕިޓަލް ތަރައްޤީކުރައްވާނީ އެންމެ މަތީ ފެންވަރުގެ ހުރިހާ ޚިދުމަތްތަކެއް ލިބޭގޮތަށް ކަމުގައެވެ. ހޮސްޕިޓަލަށް ވަރަށް ގިނަ އެކްސްޕޭންޝަން ބޭނުންވާނެ ކަމަށާއި އޭގެތެރެއިން ބައެއް ކަންކަން ފެށުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެކަމަށާއި އޭރުން އެޚިދުމަތްތައް ހޯދުމަށް މާލެދިޔުން ނިމުމަކަށް އަންނާނެކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިމަޝްރޫޢުތަކުގެ ގިނަމަސައްކަތްތަކަކީ އަންނަ އަހަރުގެ […]

ޙަބަރު

ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު ފައިސަލް ވިދާޅުވީ، ލ. އަތޮޅުގައި ޓޫރިޒަމްގެ ގިނަ އެނދުތަކެއް ތަރައްގީކޮށްގެން ނޫނީ ސަސްޓެއިނަބަލް ގޮތަކަށް އެ އަަތޮޅުގެ ޓޫރިޒަމް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ. “ގަމުގައި ވެފައިވާ 700 އެނދުގެ ވައުދާއި، އަދި ކައްދޫގައި އަޅުގަނޑުމެން މި ޕްލޭންކުރާ ޕްރޮޖެކްޓާއި، އަދި ލ. އަތޮޅުގެ ރަށްރަށަށް ދުނިޔޭގެ ބައެއް ވިޔަފާރިވެރިންގެ ޝައުގުވެރިކަން އެބަހުރި، އެހެންކަމުން އެ މަސައްކަތް […]

ޙަބަރު

ރައީސް މުއިއްޒު ލ.މާވަށް ވަޑައިގަތުމުނ،ް މިހާރު އެ ރަށުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ސަރުކާރަށް ކުރިމަތިވި ކަމަށެވެ. މިދިޔަ ސަރުކާރުން ރާވާފައި އޮތީ ރައީސް މުއިއްޒު ވެރިކަމަށް އަންނަތާ 90 ދުވަސްތެރޭގައި ސަރުކާރު ބަނގުރޫޓުވާގޮތަށް ކަމަށް ވިދާޅުވިއެވެ. “މުޅި އެތި ޑިޒައިންކޮށްފައި ރާވާފައި ސީލްކޮށްފައި އެޑިޒައިން ބާއްވާފައި އޮތީ ތިން މަސް ދުވަސްތެރޭގައި ރާއްޖޭގެ ބަނގުރޫޓު ވާނެއޭ. ދެން ބަނގުރޫޓް ވީމަ ކުރީގެ […]