ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް، ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ހާސިލް ކުރެވޭނެ ޕްލޭނެއް އެކުލަވާލައި ކެބިނެޓަށް ހުށަހަޅުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. ރައީސް އޮފީހުން މިރޭ ބުނީ، އެ ޕްލޭން ހުށަހަޅުއްވާނީ މި މަހުގެ 27 ގައި ބާއްވާ ކެބިނެޓްގެ ބައްދަލުވުމަށް ކަމަށެވެ. އެއީ ކެބިނެޓްގެ ލަފާގެ މަތިން ކުރައްވާ ކަމެއް ކަމަށް އެ އޮފީހުން ބުންޏެވެ. ރައީސް […]
ފަހުގެ
ޕީޕީއެމްގެ ނައިބު ރައީސަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު އައްޔަންކޮށްފި އެވެ. ހަލީލް އެ މަގާމަށް އައްޔަންކުރީ ސަރުކާރު ހިންގާ ޕީއެންސީއާ އެކު މަސައްކަތްކުރާ ޕީޕީއެމްގެ ސެނެޓް ނުބާއްވާތާ ގިނަ ދުވަސް ދުވަސްތަކަކަށް ފަހު ބޭއްވި ޕީއެންސީގެ ސެނެޓްގެ ބައްދަލުވުމުގަ އެވެ. ޕީއެންސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިއްތިފާގުން ވަނީ ވަނީ އެ ޕާޓީގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ހަލީލް އައްޔަންކޮށް އަދި ސެކްރެޓަރީ ޖެނެރަލަކަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް […]
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ކަމަށް ތުހުމަތުކުރާ ދެ ޕެންޓްހައުސް އަތުލުމުން އެކަމާ ދެކޮޅަށް ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފި އެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން، ހުޅުމާލޭގައި ހުންނަ ބައްސާމްގެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން އެންގުމުން މިމަހުގެ ކުރީކޮޅު ބައްސާމް ވަނީ އެ އެންގުމާ އެއްގޮތަށް އެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކޮށްފަ އެވެ. […]
ޗައިނާ ސަރުކާރުގެ ހިލޭއެހީގައި ވިލިމާލޭގައި އިމާރާތްކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ. އެ ހޮސްޕިޓަލް އިމާރާތްކުރުމުގެ ދިރާސާ ނުވަތަ ފީސިބިލިޓީ ސްޓަޑީ ނިމުމުން އެ ދިރާސާގެ ހޯދުންތަކާ ގުޅޭ މެމޮރެންޑަމް އޮފް ފީސިބިލިޓީ ފައިންޑިންގްސްގައި ދެ ގައުމުން މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެ މެމޯގައި ސޮއިކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މެމޯގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. […]
ޑްރަގް ވިޔަފާރީގައި އުޅުނު ހަތަރު މީހަކު އުމުރަށް ޖަލަށް؛ ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ނަގައިފި
ޑްރަގު ޓްރެފިކިންގެ މައްސަލައެއްގައި ހަތަރު މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ މީހުން ކުށް ކޮށްގެން ހޯދި ފައިސާތައް ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. އެންމެ ދިގު މުއްދަތުގެ ޖަލު ހުކުމް ކަމަށްވާ 25 އަހަރުގެ ހުކުމް އައީ ހަސަން ލޫތު، ރަންގަލް ގދ. ތިނަދޫ އާއި ހަސަން ރަޝީދު، ފްލެޓް ނަންބަރު 01-ޖީ-45 އާއި އިސްމާއިލް ޝަރީފް، ވައިޓްރޯސް، ތ. ތިމަރަފުށި އަދި ޝާނިޔާ އިބްރާހިމް، މއ. […]
ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ކާން އިން 13 އަހަރުގެ ކުއްޖަކު މިއަދު ނިޔާވެއްޖެ އެވެ. ހުޅުމާލެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ސްކޫލަކުން އަންހެން ކުއްޖަކު އިމަޖެންސީގައި އެތަނަށް މިއަދު ގެންދިޔަ ކަމަށެވެ. އެތަނަށް ގެންދިޔައިރު ވެސް ކުއްޖާ ނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހުރަވީ ސްކޫލްގައި ނިޔާވީ ނ. ލަންދޫ، ފާތިމަތު ޝިމާ މުހައްމަދެވެ. ސްކޫލްގެ އިންޓަވަލްގަޑީގައި، އެ ކުއްޖާ ކާން އިންދައި ނިޔާވީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ޔަގީނެއް ނޫނެވެ. އެނގިފައިވާ […]
މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ. ފިލިޕީންސްގެ މެނީލާގައި މިހާރު ކުރިއަށް ގެންދާ “ޑިޒާސްޓާ ރިސްކް ރިޑަކްޝަން އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް” ގައި މިނިސްޓަރު ޣައްސާން ވިދާޅުވީ، ރާއްޖެ ފަދަ ކުދި ގައުމުތަކަށް މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ބޮޑު ކަމަށެވެ. އެފަދަ ކަންކަމުން ރައްކާތެރިވުމަށް ރާއްޖެ އިން އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުން […]
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތާއި އިމިގްރޭޝަނާ ގުޅުން ހުރި އެހެން މައްސަލަތައް ރިޕޯޓްކުރެވޭ ގޮތަށް ތައާރަފް ކުރި އޮންލައިން ޕޯޓަލް “އިމިގްރޭޝަން ވޮޗް” އަށް ތިން މަސް ތެރޭގައި 840 މައްސަލަ ހުށަހަޅައިފި އެވެ. “އިމިގްރޭޝަން ވޮޗް” ގެ ނަމުގައި އެ ޕޯޓަލް ތައާރަފުކުރީ މިދިޔަ ޖުލައި 17 ގަ އެވެ. އިމިގްރޭޝަނުން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ބިދޭސީން ވިޔަފާރިކުރާ މައްސަލަ އެވެ. ބިދޭސީން […]
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަށް ބަދަލުކޮށްފި އެވެ. އެ ބަދަލު ގެނެސްފައިވާކަން ޔަގީން ކޮށްދެއްވައި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ފައިރޫޝް އެ މިނިސްޓްރީގެ ވަޒީފާއަށް ނުކުންނަވަން ފައްޓާފައިވާ ކަމަށެވެ. ފައިރޫޝް، ހޯމްލޭންޑް މިނިސްޓްރީގައި ވެސް އަދާކުރައްވަނީ ސްޓޭޓް މިނިސްޓަރުގެ މަަގާމެވެ. ފައިރޫޝް އަކީ ފުލުހުންގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެންމެ […]
ވިޔަފާރިވެރިންނާއި ރިސޯޓުތައް ހިންގާ މީހުން ގަޔާނުވިޔަސް ޓޫރިޒަމް ޓެކްސް ނުވަތަ ޓީޖީއެސްޓީ ބޮޑުކުރުމަކީ މިވަގުތަށް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ. ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ފަލާހު އެހެން ވިދާޅުވީ، އަހަރުން އަހަރަށް ޓެކްސް ބޮޑުކުރަމުން ގެންދާ ނަމަ ގައުމު އިނދަ […]
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯގެ މަގާމަށް އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯކަން ކުރިން ކުރެއްވި މުހައްމަދު ޝަރީފް މިއަދު އައްޔަންކޮށްފި އެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ސީއީއޯގެ މަގާމަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. ބީއެމްއެލް އިން މިއަދު ބުނީ ސީއީއޯގެ މަސްއޫލިއްޔަތުތަކާ ޝަރީފް ހަވާލުވެ ވަޑައިގަންނަވާނީ މާދަމާ އިން ފެށިގެން ކަމަށާއި އެ މަގާމަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަން ކުރުމަކީ ރާއްޖޭގެ ބޭންކިން ދާއިރާގައި ހާސިލް ކުރެވުނު މުހިންމު […]
ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ކާން އިން 13 އަހަރުގެ ކުއްޖަކު މިއަދު ނިޔާވެއްޖެ އެވެ. ހުޅުމާލެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ސްކޫލަކުން އަންހެން ކުއްޖަކު އިމަޖެންސީގައި އެތަނަށް މިއަދު ގެންދިޔަ ކަމަށެވެ. އެތަނަށް ގެންދިޔައިރު ވެސް ކުއްޖާ ނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހުރަވީ ސްކޫލްގައި ނިޔާވީ ނ. ލަންދޫ، ފާތިމަތު ޝިމާ މުހައްމަދެވެ. ސްކޫލްގެ އިންޓަވަލްގަޑީގައި، އެ ކުއްޖާ ކާން އިންދައި ނިޔާވީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ޔަގީނެއް ނޫނެވެ. އެނގިފައިވާ […]











