ފަހުގެ

ސަފުހާ 166 / 192

ޙަބަރު

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ. އެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅަކަށް ވާތީ، އާންމު އުސޫލުގެ ދަށުން ރައީސް އޮފީހުން މި ދަތުރުފުޅުގެ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ. އެ ހަފްތާގެ މުއްދަތަކަށް ކުރެއްވި މި ދަތުރުފުޅަށް ފުރާވަޑައިގެންފައި ވަނީ މިދިޔަ ޖޫލައި މަހުގެ 30 ވަނަ ދުވަހު އެވެ. އަދި ރާއްޖެ ވަޑައިގެންނެވީ މިއަދު އެވެ. ޖޫން މަހުގެ […]

އާންމު

ސަރުކާރުގެ “މަގޭ ސޯލާ” މަޝްރޫއުއާ އެކު ކަރަންޓުގެ އަގު ބަދަލުވެ އެފްޝިއެންޓް ކުރެވޭނެ ކަމަށް އެންވަޔަރަމެންޓް ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ތޯރިގް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނާޒިލް ކުރެއްވި ސުވާލުގައި ވިދާޅުވީ ކަރަންޓުގެ ހޭދައަށް ބޮޑު ހޭދައެއް ކުރަމުންދާއިރު ރައްޔިތުންގެ ޝަކުވާއަކީ ބިލް ބޮޑުވެގެން ދިއުން ކަމަށެވެ. އެކަމާ ގުޅިގެން އެނާޖީ އޮތީރިޓީއާ މަޝްވަރާ ކުރައްވާފައިވޭތޯ އާއި […]

އާންމު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ އެހެން ވިދާޅުވީ ދައުލަތުގެ ބެޖެޓުން ހަރަދުކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދާ ރެކޯޑު ނުކޮށް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށް މި ސަރުކާރުން ބުނުމުން، އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ވާހަކަތަކަށް ދެއްވި ރައްދެއްގަ އެވެ. […]

އާންމު

މި އަހަރުގެ ޖުމްހޫރީ ދުވަހާ ގުޅުވައިގެން ނޮވެމްބަރު 10 ވާ އާދިއްތަ ދުވަސް ވެސް ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު ސޮއިކުރައްވައި ނެރުއްވި ދެންނެވުމުގައި ވަނީ، އަންނަ ނޮވެމްބަރު މަހުގެ 10 ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރު 11 ވަނަ ދުވަސް ބަންދު ދުވަހަކަށް ވާތީ އެވެ. އެހެންވެ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނެތި […]

އާންމު

ޖަރުމަނުގައި މަރުވި ދިވެހި މީހާ އަށް ތުހުމަތުވަނީ އޭނާގެ އަނބިމީހާ މަރާލިކަން ކަމަށް އެނގިއްޖެ އެވެ. ޖަރުމަނުގައި މަރުވި ދިވެއްސަކީ ނ. މަނަދޫ، އާދަމް ނަސީރު ކިޔާ 44 އަހަރުގެ މީހެކެވެ. ޖަރުމަނުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގީ މިދިޔަ މަހުގެ 24 ގަ އެވެ. އެ ދެމަފިރިން ދިރިއުޅުނީ ޖަރުމަނުގެ ސިޓީއެއް ކަމަށްވާ ޔާނަތަލްގައި ހުންނަ ގެއެއްގަ އެވެ. އުމުރުން 44 އަހަރުގެ ޖަރުމަނުގެ އަންހެން މީހާގެ ފުރާނަ ނެތް ހަށިގަނޑު […]

ޙަބަރު

ދައުލަތަށް ދައްކަންޖެހޭ ބޮޑެތި އަދަދުތަކުގެ ފައިސާ ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ހިފެހެއްޓުމުގެ އުސޫލު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަރުކަށިކޮށްފި އެވެ. މީރާއިން ހަދާފައިވާ އުސޫލު ކުރިން އޮންނަ ގޮތުން އެކައުންޓް ފްރީޒް ކުރެވޭނީ ފައިސާ ދެއްކުމަށް 60 ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު އެ މުއްދަތުގައި ފައިސާ ނުދައްކާނަމަ އެވެ. ނަމަވެސް މިއަދު ގެނައި އިސްލާހު އޮތްގޮތުން 60 ދުވަސް ހަމަނުވި ނަމަވެސް ނޯޓިސް މުއްދަތު ހަމަވުމުން އެކައުންޓް ފްރީޒް ކުރެވިދާނެ އެވެ. […]

ޙަބަރު

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އެބަތިބި ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ. އެންޑީއޭ އިން ބޭއްވި މީޑިއާ ބްރީފިންއެއްގައި، މިދިޔަ ފަސް އަހަރު ދުވަހުގެ ފުލުހުންގެ ތަފާސްހިސާބުތަކަށް އިޝާރާތް ކުރައްވައި ލުބްނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާ ގުޅޭ އެއްވެސް މައްސަލައެއް ނުހިނގާ އެއްވެސް ރަށެއް ނެތެވެ. “ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައިގެ އިންސިޑެންޓެއް […]

އާންމު

އަންނަ ނޮވެމްބަރު 1 އިން 15 ގެ ނިޔަލަށް ރާއްޖެ އަށް އެތެރެކުރާ ވޭޕުން ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ. އެ މުއްދަތުގައި ރާއްޖެ އަށް އެތެރެކުރާ ވޭޕްގެ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ނިންމިއިރު ނޮވެމްބަރު 15 އިން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކުރުމަށް އަދި ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ. […]

އާންމު

ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ފަހު ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދާ ރެކޯޑް ނުކޮށް ދެ ބިލިއަންއަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށާއި އެކަމުގައި އިހުމާލުވާ މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ. ދައުލަތުގެ މާލީ ހާލަތު ބުނެދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސްގެ ނަމުގައި ކޮންމެ ހަފުތާއަކު ފިނޭންސް މިނިސްޓްރީން ގަވާއިދުން ނެރެމުންދިޔަ ރިޕޯޓު، މިދިޔަ ޖޫން މަހުން ފެށިގެން ނެރެފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް […]

އާންމު

ރާއްޖެއާއި ޗައިނާގެ ގުޅުން ރަމްޒުކޮށްދޭ ޕާކެއް މިއަދު ހުޅުވައިފި އެވެ. މާލެއިން ބްރިޖަށް އަރާ ހިސާބުގައި ތަރައްގީކުރި ކުޑަ ޕާކު ހުޅުވައިދެއްވީ ކޮންސްޓްރްކަޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަދި ޗައިނާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ވަންގް ލީޝިން އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ބްރިޖް ޕާކަކީ މުޖުތަމައު ގުޅުވާލުމަށް ޗައިނާގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫއުތަކާއި ދެ ގައުމުގައި އޮތް ޒަމާންވީ ގާތް ގުޅުން ދައްކުވައިދޭ ތަނެއް ކަމަށެވެ. އިށީނދެވޭ ގޮތަށް ތަރައްގީކޮށްފައިވާ ޕާކުގެ ތެރޭގައި، ސިނަމާލެ […]

އާންމު

ވަޒީފާގެ މާހައުލުގައި ވަޒީފާ ދިން ފަރާތުގެ އިހުމާލުން މުވައްޒަފެއްގެ ފުރާނަ ގެއްލިއްޖެ ނަމަ، 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ބަދަލެއް ވާރިސުންނަށް ދޭން ޖެހޭ ގޮތަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ގަވާއިދެއް ހަދައިފި އެވެ. މިދިޔަ ބުދަ ދުވަހު އަމަލުކުރަން ފެށި “މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގަވާއިދު”ގައި ވަނީ ވަޒީފާގެ މާހައުލުގައި މީހަކަށް ނުކުޅެދުންތެރިކަމެއް ލިބެއްޖެ ނަމަ ނުވަތަ މީހެއްގެ ފުރާނަ ގެއްލިއްޖެ ނަމަ ބަދަލު ދޭނެ ގޮތުގެ އުސޫލުތައް ހިމަނައިފަ […]

އާންމު

ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން ހުޅުމާލެއަށް “ބައިކް ޝެއަރިން” ސްކީމެއް ތައާރަފުކުރުމުގެ މަސައްކަތް ފަށައިފި އެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ސަރުކާރުގެ “ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓް” ނުވަތަ ދަތުރުފަތުރު ކުރަމަށް ބޭނުންކުރާ އުޅަނދުފަހަރުން ޖައްވަށް ބޭރުވާ ވިހަ ގޭސްތައް މަދުކުރުމަށްޓަކައި ހިންގާ މަޝްރޫއުތަކުގެ ދަށުން ހުޅުމާލޭގައި ބައިކް ޝެއަރިން ސްކީމެއް ވަރަށް އަވަހަށް ފަށަން ނިންމާފައިވާ […]