ފަހުގެ

ސަފުހާ 164 / 192

ޙަބަރު

ބ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ .މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެއެގޮތުން ބ. އަތޮޅު އޭދަފުށި، ގޮއިދޫ، ކިހާދޫ، ދޮންފަނު، ކަމަދޫ، ކުޑަކިރިލު، ހިތާދޫ، ދަރަވަންދޫ، މާޅޮސް، ތުޅާދޫ އަދި ކަމަދޫ އަށް އެ މަނިކުފާނު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ ރައީސް އޮފީހުން ބުނެފައިވަނީ މި ދަތުރުފުޅުގައި އެ އަތޮޅުގެ […]

އާންމު

ފުލުހުން ބުނެފައި ވަނީ މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ބާރު ދުވެލީގައި ދުއްވާފައި ދިޔަ ކާރު ދުއްވަން އިން ފިރިހެން ކުއްޖާގެ ލައިސަންސެއް ނެތް ކަމަށެވެ ރޭ ހުޅުމާލޭގައި ބާރު ދުވެލީގައި ނުރައްކާތެރިކޮށް ދުއްވަމުން ކާރު ދުއްވި މައްސަލައިގައި ދެ މީހުން ހައްޔަރުކުރިއިރު، އެ ތަނުން އެކަކުގެ ވަނަވަރު ފުލުހުން ހާމަކުރީ މިއަދެވެ. ހައްޔަރުކުރި އަންހެން މީހާ ވަނީ ދޫކޮށްލައިފައެވެ. އަދި އޭނާގެ ވަނަވަރު މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުމުރުން […]

ޙަބަރު

އަމިއްލަ ކުންފުންޏަކުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ސަޕްލައިކުރި މުދަލަށްވާ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ނުދައްކައިގެން ޝަރީއަތަށް ހުށަހެޅުމުން އެ ކުންފުންޏަށް 15 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ .ސިވިލް ކޯޓުގައި 1.2 މިލިއަން ރުފިޔާ ހޯދުމަށް ވެމްކޯ އާއި ދެކޮޅަށް ދައުވާ ކޮށްފައި ވަނީ ސޯލްޓްސް އެންޑް ސޭންޑްސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ .ވެމްކޯއިން ވަނީ މި ދައުވާކުރުމާ އެކު އެއީ ސޯލްޓްސް އެންޑް ސޭންޑްސްއަށް […]

ޙަބަރު

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓް 124،665 އަށް އަރައިފިއެވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެއީ 7 އިންސައްތައިގެ ކުރިއެރުމެކެވެ އެގޮތުން ސީޕްލޭން 92،941 ދަތުރާއި ޑޮމެސްޓިކް 14،110، ދަތުރާއި އިންޓަންޓަނޭޝަނަލް 17،614 ދަތުރު ހިމެނެއެވެ .ޖުމްލަ 4،108،845 ފަސިންޖަރުން އަހަރުގެ ފުރަތަމަ ކުއާޓާގައި ދަތުރުކޮށްފައެވެއޭގެ ތެރޭގައި ޑޮމެސްޓިކުން ދަތުރުކުރި 579،079 ފަސިންޖަރުން ހިމެނޭއިރު އިންޓަނޭޝަނަލްއިން ދަތުރުކުރި 2،669،969 ފަސިންޖަރުން ހިމެނެއެވެ. އަދި […]

ޙަބަރު

ފުލުހުންގެ ސައިކަލެއްގައި ޖައްސާފައި ވަނީ މަޑުކުރަން ބުނުމުން މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރެކެވެހުޅުމާލޭގައި ކާރެއްގެ ފަހަތުން ފުލުހުންގެ ވެހިކަލާއި ސައިކަލުތަކެއް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ އާންމު ވަމުންނެވެ ފުލުހުން އެ ވީޑިއޯއާ ގުޅޭގޮތުން މީޑިއާތަކަށް ހިއްސާކޮށްފައި ވަނީ ހުޅުމާލޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑު ކުރަން ފުލުހުން ބުނި ނަމަވެސް މަޑު ނުކޮށް، ބާރު ދުވެލީގައި ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި ދުއްވާފައިވާ […]

ތަރަައްގީ

ތުރުކީއިންނހަދިޔާ ކުރާ މަނަވަރު ރާއްޖެއަށް ގެނެސްފި އެވެ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިން ފަރުމާ ކޮށްފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މި މަނަވަރަކީ އެޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާ އެކު ތައްޔާރުކުރި ފުރަތަމަ ގިންތީގެ އުޅަނދުތަކުގެ ތެެރެއިން އުޅަނދެކެވެއަދި 20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީވިލާތުގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރި އުޅަނދުތަކުގެ ތެރެއިންވެސް އުޅަނދެކެވެ ރާއްޖޭގެ ދިފާއީ ވުޒާރާއިން މީގެ […]

ޙަބަރު

އެންއައިއިސީ އިން ބުނެފައިވަނީ ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި މީގެ 11 މަސް ކުރިން ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅޭ ތަހުގީގުގައި ފުލުހުން އިހުމާލު ވެފައިވާ ކަމަށް ގަބޫލު ކުރެވޭތީ ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާ ފަށާފައިވާކަމަށެވެ ޕީޖީ އޮފީހުގެ އޮފިޝަލެއް މިއަދު ބުނެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާކަންހާއިރު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލު ކޮށްފައިވާ […]

ޙަބަރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފައި ވަނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ކުދިންގެ ޑޮލަރު ލިމިޓަށް ބަދަލެއް ނުގެންނަ ކަމަށޭވެ މިދިޔަ އަހަރު ނޮވެމްބަރުން ފެށިގެން ބޭރުގައި ކިޔަވާ ދަރިވަރުންގެތެރެއިން ބީއެމްއެލް ޑެބިޓް ކާޑު ބޭނުންކުރާ ދަރިވަރުންނަށް ލިބޭ ޑޮލަރު 750 އިން 1200 އަށް ވަނީ ބަދަލުކޮށްފަ އެވެ. ނަމަވެސް ބޭންކުން މިއަދަދު އަނެއްކާވެސް ކުޑަކޮށްފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަދައްކަމުންނެވެ މިއަދު ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ ދަރިވަރުންނަށް ސަރުކާރުން ދޭން ނިންމާފައިވާ ޑޮލަތު […]

ޙަބަރު

ކުރިމަތިވި ޓެކްނިކަލް މައްސަލައެއް ހައްލުކޮށް މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދީފި އެވެ ގާތްގަނޑަކަށް ހެނދުނު 9:45 ހާއިރު މުޅި މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. އަދި މައްސަލަ ހައްލުކުރަން އެކުންފުނިން ވަގުތުން މަސައްކަތް ފަށައި މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދިނެވެ. އޭގެ ފަހުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދީ އިތުރު ސަރަހައްދުތަކަށްވެސް ކަރަންޓު ދިނުމުގެ މަސައްކަތް އެކުންފުނިން އައީ […]

އާންމު

ރޭ ގެވެށި އަނިޔާގެ މައްސަލައެއްގައި ހިޔާ ފްލެޓެއް ފާސްކުރަނިކޮށް ފެނުނު 242 ވޭޕް ފްލޭވާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ ފުލުހުން ބުނީ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް ރޭ 9:14 ގައި ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން، ހިޔާ ފްލެޓުގެ އެޕާޓްމަންޓެއް ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅި ފެނިފައިވާ ކަމަށެވެރާއްޖެ އަށް ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން […]

ސިޔާސީ

ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ނ. ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އަކީ ބުއްދި ސަލާމަތުން ހުރި މީހެއް ކަމާމެދު ޝައްކު ކަމަށެވެ ފަލާހު މިފަދައިން ވިދާޅުވީ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކެއް ކަމަށް ބުނެ އައްބާސް ދޮގު ވާހަކަތަކެއް ފެތުރުމާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ ފިތުނަވެރި ނުބައި ވާހަކަތައް ފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެއްކަމުގައި ދެކުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށާއި، […]

ސިއްޙީ

މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވަނީ 1.8 ބިލިއަން ރުފިޔާއެވެމާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން މިދިޔަ ޖުލައި މަހުގެ 31 ގެ ނިޔަލަށް އާސަންދައިން މިއަހަރު ވަނީ 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެއެހެންކަމުން އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓުގައި މިހާރު ބާކީ އޮތީ ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާއެވެ މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 21.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު […]