މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ހަތަރު ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުތުމަގޭޝް މުރުގާން، އިންޑިއާ (32އ) އާއި ދޭވާރާޖް ޖެބްރާޖް، އިންޑިއާ (42އ) އާއި ޒެނިތް ފްރެންސިސް، އިންޑިއާ (38އ) އާއި އަބްދުލް މަންނާން، ބަންގްލަދޭޝް (37އ)އެވެޮ މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މި މަހުގެ 11ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުގައެވެކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް […]
ފަހުގެ
ބ. ތުޅާދޫގައި ކަލްޗަރަލް ސެންޓަރެއް އިމާރާތްކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައުދީއެވެ މި މަޝްރޫއުގެ ދަށުން 8,600 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ ކަލްޗަރަލް ސެންޓަރެއް ގާއިމުކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަދި މި ސެންޓަރުގައި ކެފޭއަކާއި ހިތްފަސޭހަކޮށްލަން ތިބޭނެ […]
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބ. ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި މިމަހު ސޮއިކުރައްވާނެކަމަށެވެ ގޮއިދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވަމުން ރައީސް ވިދާޅުވީ ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އަދި މި މަސައްކަތަށް އަލުން އިއުލާން ކޮށްފައި ބަޔަކު ހޯދައި ބިޑް އެވޯޑުކޮށްފައިވާ ކަމަށާއި މި މަހުގެ ތެރޭގައި އެ މަސައްކަތުގައި ސޮއި ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އޭގެ އިތުރުން ސީޕްލޭންއަށް ވަދެވޭ […]
މިއަދު ބ. ތުޅާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގ މަޝްރޫޢުތަކުން ދޫކުރާ ގޯތި ނުވަތަ ފްލެޓް ރައްޔިތުންނާ ހަވާލުކުރުމުގައި އެރަށެއްގެ ރައްޔިތުންގެ ބޭނުންތަކާއި ހާލަތަށް ރިޢާޔަތްކޮށް، ރަށު ކައުންސިލުން ކަނޑައަޅާ އުސޫލުތަކަށް ފުރިހަމަ އިހްތިރާމްކުރައްވާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ ސަރުކާރުން ކޮންމެ ރަށަކަށްވެސް އަމަލުކުރައްވާނޭ ގޮތްކަމަށެވެ ތުޅާދޫގެ ރައްޔިތުން އަމިއްލައަށް ހިއްކާފައިވާ 119 ގޯތި އަމިއްލަކުރެވޭނޭ ގޮތް ހައްދަވައިދެއްވުމަށް އެ ރައްޔިތުން އެދިފައިވާ ކަމަށާއި، އެކަން ސަރުކާރުން […]
ޙައްޖާއި ގުޅޭ ކަންކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންޤިލާބީ ބަދަލުތަކެއް ގެންނަމުންދާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވިއެވެ 1446 .ވަޒީރު ފާހަގަކުރެއްވީ، ޙައްޖުގެ ކަންކަމަށް ލުއިފަސޭހަކަން ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެވަނަ އަހަރު ދިވެހި ޙައްޖުވެރިން ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދިވެހި ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި […]
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު އިތުރު ހަފުތާއަކަށް ދަންމާލަން ފާސްކޮށްފިއެވެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހި ވަގުތު، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ ތެރެއިން 59 މެމްބަރުން ވަނީ ދައުރު ދަންމާލަން ފެންނަކަމަށް ވޯޓު ދެއްވާފައެވެ. ނުފެންނަކަމަށް 10 މެމްބަރަކު ވޯޓު ދެއްވި ނަމަވެސް، އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، މި ދައުރުގައި […]
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ދަތުރުފުޅުގައި އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވަމުން ވިދާޅުވީ، ހިއްކުމަށްފަހު ބޭނުންނުކުރެވި ހުރި ބިންބިމުގައި އަސާސީ ބިނާރު ޤާއިމުކުރުމުގެ ބިޔަ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވެފައިވާ ދުވަސްވީ މައްސަލައެއް ކަމަށާއި، ނިއު ޕޮލިސީ އިނީޝިއަޓިވެއްގެ ގޮތުގައި ވަކި ތަރުތީބަކުން އެ މައްސަލަ ޙައްލުކުރައްވާނޭކަމަށެވެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޭދަފުށީގެ ތަރައްޤީއަށް ވެވަޑައިގަންނަވާފައިވާ ރިޔާސީ ވަޢުދުތަކާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. […]
ބ. އަތޮޅު އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ރޭގައި ވަނީ ހަވާލުކޮށްފައެވެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އޭދަފުއްޓަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ނިމުމުން އާބަން ސެންޓަރުތަކުގައި ހުންނަންވާ ފެންވަރަށް ސިއްހީ ހިދުމަތް އޭދަފުށިން ލިބޭނެ ކަމަށެވެއޭގެ އިތުރުން ރައީސް ވިދާޅުވެފައިވަނީ އޭދަފުށި ހޮސްޕިޓަލުގައި މާދަމާ މެމޮގްރަފީގެ ހިދުމަތް […]
ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ ރަސްމީކޮށް އާރުޓީއެލް ފެރީގެ ހިދުމަތް ރައީސް ފައްޓަވައިދެއްވީ އެކަމަށްޓަކައި އޭދަފުށީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެމި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އާރުޓީއެލް ފެރީގެ ހިދުމަތް މިއަދު ބ. އަތޮޅުގައި ފަށާފައިވާއިރު މިއީ އެމްޓީސީސީ އިން އާރުޓީއެލްގެ ހިދުމަތް ފެށި 11 ވަނަ އަތޮޅެވެ .މިދިޔަ ޖޫން މަހުގެ ތެރޭގައި، ރ. އަތޮޅުގައިވެސް އާރުޓީއެލް ފެރީގެ […]
ބ. ތުޅާދޫ އެއާޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުންއެމްޓީސީސީއާ ހަވާލުކޮށްފިއެވެތުޅާދޫ އަކީ 3000 އަށް ވުރެ ބޮޑު އާބާދީ އެއް އޮންނަ ރަށެކެވެ. މަސްވެރިކަމާއި ފަތުރުވެރިކަމަކީ ތުޅާދޫ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި އާއްމުކޮށް ކޮށްއުޅޭ މަސައްކަތްތަކެވެއެމްޓީސީސީ އިން ބުނެފައި ވާގޮތުގައި ތުޅާދޫގައި އެއާޕޯޓެއް ތަރައްޤީވެގެން ދިއުމަކީ މިރަށު ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެކެވެއެގޮތުން ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެން ދިއުމާއި އެކިއެކި ބޭނުންތަކުގައި […]
މޯލްޑިވިއަނުން ހޯކްސް ހޮޓެލްއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ބ. ކަމަދުއަށް ސީޕްލޭންގެ ހިދުމަތް ފަޝާށެވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅުގެ 13 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ކަމަދުއަށެވެ. ކަމަދޫގައި މި ހިދުމަތް ފަށަން ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތެވެ ކަމަދޫގެ ގިނަ ބަޔަކު ބައިވެރިވި ރަސްމިއްޔާތުގައި ހޯކްސް ހޮޓެލްގެ ފަރާތުން ސޮއި ކުރެއްވީ ހޯކްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަމާންއެވެ. މޯލްޑިވިއަންގެ ފަރާތުން ސޮއި ކުރެއްވީ […]
ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ގޮނޑިއަށް ބޭފުޅަކު ހޯދަމުން އެ މަގާމަށް ކުރިމަތިލައްވައިފި އެވެ ހައި ކޯޓުން ހުސްވި ދެ ގޮނޑިއަށް ފަނޑިޔާރުން ހޯދަން އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި 17 ބޭފުޅުންގެ ތެރެއިން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ މިހާރު ވަނީ އައްޔަންކޮށް ފަނޑިޔާރުކަމުގެ ހުވާ ވެސް ކުރައްވައިފަ އެވެ. ނަމަވެސް އޭނާއާ އެކު ދެން ފަނޑިޔާރު ކަމަށް […]











