ފަހުގެ

ސަފުހާ 136 / 192

ޙަބަރު

އދ. ދަނގެތީގައި މިހާރު ކުރިޔަށްދާ މަޝްރޫއުތައް ނިމުމުން، އެރަށަށް އުމްރާނީ އަދި އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ. ރައީސް މިފަދައިން ވިދާޅުވީ، އދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުުރުފުޅުގައި ދަނގެއްޗަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ބަނދަރާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަކީ ގުޅިލާމެހިފައި އޮތް ތިން ކަންތައްކަމަށާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މި […]

ޙަބަރު

މިދިޔަ ހުކުރުދުވަހު އެމްޑީޕީން ބޭއްވި އެއްވުމުގައި ފުލުހުން ބޭނުންކުރި، ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސަސް (އެލްރެޑް) އަކީ 2013 ވަަނަ އަހަރުން ފެށިގެން ފުލުހުން ބޭނުންކުރަމުން އަންނަ އެއްޗެއްކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ އެއްވުން ރޫޅާލުމަށް އެލްރެޑް ބޭނުންކުރުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މިނިސްޓަރު އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންމެ ފުރަތަމަ މި ޑިވައިސް ބޭނުންކޮށްފައިވަނީ 2013 ވަނަ އަހަރުގައި […]

ޙަބަރު

ދަނގެތީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް އައު އިމާރާތެއް އެޅުމަށް ފަހި ދިިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދަނގެތީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި، މި މަޝްރޫއުގައި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެވެ. މި […]

ޙަބަރު

ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށް، ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢުއު ކުރިއަށް ގެންދިޔުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ. މި މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިންގ މާކެޓެއް އުފެއްދުމުގެ މަގްސަދުގައިކަމަށް ރައީސް އޮފީހުން ބުނެއެވެ. މި މަޝްރޫއުގެ ދަށުން ތަންފީޒުކުރުމަށް ނިންމާފައިވާ ކަންކަން: އިމާރާތްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމާއެކު، އެ ފަރާތްތަކުގެ އަމިއްލަ ހަރަދުގައި އަތްފޯރާފަށުގެ ބޯހިޔާވަހިކަމުގެ […]

ޙަބަރު

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާ އާންމު ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތްކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސްއަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމަވާފައެވެ. އާންމު […]

ޙަބަރު

އދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފުރާވަޑައިގަންނަވައިފިއެވެ، މިދަތުރުފުޅުގައި، މީހުން ދިރިއުޅޭ 10 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދޫ އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ […]

ލައިފްސްޓައިލް

ތ. ހިރިލަންދޫ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ 78 އިންސައްތަ މަސައްކަތް ނިމިއްޖެ އެވެ. މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރު ފުންކުރުމާއި 1،080 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 80 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއުގެ އަގަކީ 105.19 މިލިއަން ރުފިޔާއެވެ. އެމްޓީސީސީން ބުނީ ހިރިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިމުމާއެކު، އޮޑިދޯނިފަހަރު އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ލިބިގެންދާނެ ކަމަށެވެ.

ޙަބަރު

ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މުހައްމަދު ރިޒްވީ ހަސަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ. ލަންކާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ، އެކަމަށްޓަކައި މިއަދު މެންދުރު، ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާއި ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރުދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ. ރަސްމިއްޔާތަށް ފަހު، ދެ ބޭފުޅުން ވަނީ، ވިޔަފާރި އާއި އިގްތިސާދާއި، […]

ޙަބަރު

ތިނަދޫ ސިޓީގައި، މަގު ހުރަސްކުރި ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި ފަރުވާދޭން ފަށައިފި އެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ، ތިނަދޫ ސިޓީ، އާބާދީ ހިނގުމުން ހުޅަނގަށް އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، ދުވެފައި މަގު ހުރަސްކުރި ކުއްޖާގެ ގައިގައި ޖެހިގެންކަމަށެވެ. މި އެކްސިޑެންޓް ހިންގާފައިވަނީ އިއްޔެ އިރުއޮއްސި 18:16 ހާއިރު އެވެ. މި އެކްސިޑެންޓްގައި، މަގުހުރަސްކުރި ހަ އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން […]

ޙަބަރު

ޕެޕާ ސްޕްރޭއަކީ ހާޓް އެޓޭކެއް ޖެހޭފަދަ ޒާތުގެ އެއްޗެއް ނޫންކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ. އައިޖީއެމްއެޗްއިން މިހެން ބުނެފައި މިވަނީ، އެމްޑީޕީން މިިދިޔަ ހުކުރުދުވަހު ކުރިޔަށްގެންދިޔަ މުޒާހަރާގައި ހުއްޓާ އެމުޒާހަރާގެ ބައިވެރިއެއްގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމުން އޭނައަށް ހާޓް އެޓޭކެއް ޖެހުނުކަމަށް އިދިކޮޅު ކުރާ ތުހުމަތުތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައެވެ. މުޒާހަރާގައި ހުއްޓާ ހާޓް އެޓޭކެއް ޖެހި ފަރުވާ ދެމުންދަނީ، އެމްޑީޕީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް […]

ޙަބަރު

ރަސްމާލެ ޑިޒައިންކޮށް، މާސްޓާ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާވިސް ދޭނެ ފަރާތެއް ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާންކޮށްފި އެވެ. މާލެ ކައިރި ފުށިދިއްގަރު ފަޅުން 1،009 ހެކްޓަރު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި ރަށެއްގެ ގޮތުގައެވެ. ރަސްމާލެ ޑިޒައިންކޮށް މާސްޓާ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓެންޓެއް ހޯދަން އިއުލާންކޮށް ޕްލޭނިން މިނިސްޓްރީން ބުނީ، މި މަސައްކަތުގެ މަގްސަދަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިންގ މޮޑެލް އުސޫލުތަކަށް ފެތޭ، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިގްތިސާދީ […]

ޙަބަރު

ގައުމަށް އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ބާރު އޮތީ މުދައްރިސުންގެ އަތްމަތީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިދަފައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ މުދައްރިއްސުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ، މި ގައުމުގެ ދިދަ މާދަމާ އުފުލާނެ އޒުމު ވަރުގަދަ، ހިތްވަރު ހުރި، މޮޅު ކުދީން މިއަދު ތިބީ މަދަރުސާތަކުގައި ކަމަށާއި ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދީން ތަރުބިއްޔަތު ވާނީ މުދައްރިސުން މިއަދު ދިން […]